22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މަގޭ ރިޕޯޓް

އެކްސިޑެންޓުތައް ގިނަވެ، މަރުތައް އިތުރުވުން: ފާޑުކިޔުން ސަރުކާރަށް!

 • ޖޫން މަހުގެ ފުރަތަމަ 10 ދުވަހު އެކަނިވެސް ހުޅުމާލޭގައި ނުރައްކާތެރި 3 އެކްސިޑެންޓް ހިނނގާފައިވޭ
 • އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ
 • މަގުތައް މަރާމާތުކޮށް ބަލަހައްޓާ ފަރާތްތަކުގގެ އިހުމާލުވެސް ބޮޑު
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 10 ޖޫން 2018 | އާދީއްތަ 04:32 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު ގެންދަނީ -- އާކައިވް

ވޭތުވެދިޔަ މަހެއްހާ ދުވަހަށް ބަލާލާއިރު މަގުމަތީ އެކްސިޑެންޓުތަކުގެ އަދަދު މަދެކޭ ނުބުނެވޭނެ އެވެ. އާދައިގެ އެކްސިޑެންޓުތަކުން ފެށިގެން ސީރިއަސް ޒަހަމްތަކާއި މީހުން މަރުވެފައިވާ އެކްސިޑެންޓުތައް ހިންގާފައި އެބަ ހުއްޓެވެ.

ޖޫން މަސް ފެށިގެން ފުރަތަމަ 10 ދުވަސް ނިންމާލިއިރު، ހަމައެކަނި ހުޅުމާލޭގައިވެސް ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އެ އެކްސިޑެންޓްތަކުގައި ޒުވާނަކު މަރުވިއިރު، ބައެއް ޒުވާނުން އަދިވެސް ތިބީ ހޮސްޕިޓަލުގަ އެވެ. ލިބިފައިވާ ބޮޑެތި ޒަހަމްތަކާއިއެކު އެ ޒުވާނުންގެ ހާލު ސީރިއަސްކަމަށް ޑޮކްޓަރުން ބުނެ އެވެ. 

ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، އެކަމުގައި ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ސަރުކާރަށެވެ. ނަމަވެސް ފާޑުކިޔާ ހުރިހާ ފަރާތްތަކުންވެސް އިއްތިފާޤްވާ އެއްކަމެއް އޮވެ އެވެ. އެއީ ވެހިކަލް ދުއްވާ ފަރާތުން ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ދުއްވާކަމުގައިވާނަމަ އެކްސިޑެންޓުތައް ހިނގުމަކީ ނާދިރުކަމެއް ކަމަށް އެ ފަރާތްތަކުންވެސް ގަބޫލުކުރެއެވެ. 

އެކަން އެގޮތަށް އޮތްކަމުުގައިވީނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި އެކްސިޑެންޓުތައް އިތުރުވުމުގައި ސަރުކާރުގެ އިހުމާލްތައް ގިނަ އެވެ. އެގޮތުން ފުލުހުން، އެންމެ އެކަށީގެންވާ ގޮތުގައި މަގުތައް ނުބެލެހެއްޓުމަކީ އެއް މައްސަލަކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެހެނީ ހުޅުމާލެއަށް އެކަނި ބަލާކަމުގައިވާނަމަވެސް ދެތިން ސަރަހައްދެއްގައި ބެރިކޭޑްތައް ތަރުތީބް ކޮށްލުމުގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން މާ ގިނަ ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނެވެ. އެ ބެރިކޭޑްތައްވެސް އިރުއޮއްސި ފިނި ބުރައް ނުކުންނަންވާއިރަށް ނައިގައި، މަގުތައް ހުޅުވާލަ އެވެ.

ހުޅުމާލޭގައިި އެކްސިޑެންޓެއް ހިނގި ސަރަހައްދެއްގައި އާންމު ބަޔަކު -- ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވިގޮތުގައި ސިޔާސީ މީހުންގެެ ފަހަތުން ދުވުމަށް ފުލުހުންގެ ވަސީލަތްތައް ބޭނުންކުރުމުގެ ބަދަލުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ވަކިން ހާއްސަކޮޮށް މަގުމަތީގެ ސަލާމަތްތެރިކަމަށް ފުލުުހުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އޭނާ ވަނީ އިދާރާތަކުގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކުރިމަތިވާ އިހުމާލްގެ މައްސަލަތަކުގައި އަދާރާތައް ޖަވާބުދާރީ ނުކުރެވޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަމީތެކޭ އެއްފަދައިން، އެކްސިޑެންޓުތައް އިތުރުވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްވެސް ވަނީ ކަންބބޮޑުވުުން ފާޅުކުރައްވާފަ އެވެ. ފައިސަލްވެސް ދެކިވަޑައިގަންނަވާ ގޮތުގައި އެކްސިޑެންޓުތައް ހުއްޓުވުމަށް ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަންޖެހެ އެވެ. 

ފައިސަލް ވވިދާޅުވީ މަގުމަތީގައި ހިނގަމުންްދާ ނުރައްކާތެރި އެކްސިޑެންޓުތަކާއިމެދު ފުންކޮށް ވިިސްނާ ސަމާލުވުން އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންވެސް ހާއްސަ ފިޔަވަޅުތަކެއް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭކަމަށާއި، މަގުތައް ޑިޒައިން ކުރެވޭއިރު، އެކްސިޑެންޓުތައް މަދުކުރެވޭނެ ވިސްނުންތައް ގެނންގުޅެންޖެހޭކަމަށް ފައިސަލް ވިދާޅުވި އެވެ.

އެކްސިޑެންޓުތައް ހުއްޓުވުމަށް ފުލުހުންގެ ޒިންމާ ބޮޑުކަމާއެކު، މަގުތައް ބަލަހައްޓާ ސަރުކާރުގެ އިދާރާތަކުގެ ޒިންމާވެސް ބޮޑު އެވެ. އެހެނީ ވެރިރަށް މާލެއާއި، ހުޅުމާލޭގެ މަގުތަކުގައި ހުންނަ މަގުމަތީ ނިޝާންތައް ފެންނަން ހުންނަނީ ކިތައް މަގުގައިތޯ އެވެ. ބައެއް ބޯޑުތަކުގެ ކުލަ ވެއްޓި، އެއްކޮށް ހަލާކުވެފައި ހުންނައިރު، ރަނގަޅަށް އިންނަ ބޯޑެއް ކަމުގައިވާނަމަ އިންނަނީ ކޮންމެވެސް ގޮތަކުން ނިވާވެފައެވެ. ދުއްވާ ފަރާތަށް އެއިން ބޯޑެއް ނުފެންނާނެ ގޮތަށެވެ. 

ހަމަޔަށް ފެންނަން އިންނާނީ މަދު ބޯޑެކެވެ. 

މަގުމަތީގައި ހުންނަ މަގު ހުރަހެއް، ސްޕީޑް ބްރޭކަރެއް ފެންނާކަށް ނުހުރެ އެވެ. ހުޅުމާލޭގައިނަމަ ރޭގަނޑުގެ ވަގުތުގައި ސްޕީޑް ބްރޭކަރެއް ފެންނަނީ ވަރަށް ގަދަޔަށް އަވިދޭ ދުވަހެއްގަ އެވެ. ނުވަތަ ސްޕީޑް ބްރޭކަރުގެ މައްޗަށް އެރުމުންނެވެ. އެހެން ނޫންކަމުގައިވާނަމަ ކުލަވެއްޓި ހަލަކުވެފައި ހުންނަ ސްޕީޑް ބްރެކަރުތައް ހުންނަނީ ދުއްވާ މީހާއަށް ފެންނަގޮތަކަށް ނޫނެެވެ.

އެކްސިޑެންޓުގައި ސައިކަލެއް ހަލާކުވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ސްޕީޑް ބްރޭކަރުތަކުގެ އިިތުރުން މަގު ހުރަސްތަކުގެ ހާލަކީވެސް ހަމައެއީ އެވެ. އެއިން ކުރެހުމެއްގެ ކުލައެއް އަައު ކޮށްލުމަކީ ކަމާއިބެހޭ އިދާރާތަކަށް ކޮށްލެވޭ ވަރުގެ ކަަމަކަށް އޮންނަނީ ނުވެފަ އެވެ. އޭގެއިތުރުން ކޮންސްޓްރަކްސަން ސައިޓުތަކުންނާއި، ބޮޑެތި ވެހިކަލްތަކުން ފައިބާ ހިލަތަށްވެސް އޮންނަނީ މަގުމަތީގައެވެ. ކަމާއިބެހޭ އިދާރާތަކަށް އެކަމަށް ހައްލެއް ހޯދައިނުދެވޭއިރު، ހިލަތަށް މަގުތަކުގައި އޮންނަތާ އެތަށް ދުވަހެއްވާއިރުވެސް ސާފުކޮށްލެވޭކަމަކަށް ނުވެ އެވެ. 

މިއިން ކޮންމެކަމަކީވެސް އެެކްސިޑެންޓުތައް މަދުކުރުމަށް ކޮންމެހެން ހައްލުކުރަންޖެހޭ ކަންތައްތަކެވެ. އިދާރާތަކުގެ އިހުމާލްތައް އެކަމުގައިވާކަންކަމެވެ.

އެކްސިޑެންޓްތަކާއި ގުޅިގެން ފާޑުކިޔާ ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަނީ މި ދެންނެވި ކަންކަން އެގޮތަށް ހުރުމާއި ގުޅިގެންނެވެެ. ރޯޑްވާދިނަސް އާއި، އެކި ނަންނަމުގައި ރައްޔިތުން ސަރުކާރަށް ފައިސާ ދައްކަނީ މަގުތަށް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓުމަކަށް ކަމަށްވަތީ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާ ނަގައިގެން ތިބެމެ، އެކަންކަން ހައްލުުނުކޮށްދޭތީ އެވެ.

އޭގެއިތުރުން ފާޑުކިޔާފަރާތްތަކުން ގަބޫލލުކުރާގޮތުގައި "އެއްލަކިން ލައިސެންސް"ގެ ނަމުގައި ސަރުކާރުން ސިޔާސީ މަންފާއެއް ހޯދުމަށް ކުރިއަށްގެންދިޔަ ލައިސެންސް ޕްރޮގްރާމަކީވެސް މަގުތައް އިތުރަށް ނުރައްކަލުގެ ތެރެޔަށް ވައްޓުވާލިކަމެކެވެ.

ލައިސެންސް ދޫކުރުމަށް މީގެކުރިން އޮންްނަނީ ހަރަކުށި އުސޫލުތަކެއް ނަމަވެސް، ސަރުކަރުން ކުރިއަށްގެންދިޔަ "އެއްލަކިން ލައިސެންސް" ޕްރޮގްރާމްގައި ހަމައެކަނި ބަލާފައިވަނީ ސައިކަލު ކޮންޓްރޯލްކޮށްލެވޭތޯ އެކަނި އެވެ. ކިތަންމެ ނުފަރިތަ ނަމަވެސް، ރައީސް އޮފީސް ވަށައި ބުރެއްޖެހުމުން ލައިސެންސް ވަނީ ދޫކޮށްފަ އެވެ. ގަވައިދުން ސިޤްނަލްދޭތޯއެއް ޕާކްކުރެވޭތޯ އެއް ނުވަތަ އެހެންކަމަކަށް ބެލުމެއް ނޯވެއެވެ. 

އެއްލަކިން ލައިސެންސް ޕްރޮގްރާމްގައި ބައިވެރިވުމަށް ބަޔަކު ކިއޫގައި -- ފޮޓޯ: ސޯޝަލް މީޑިއާ

އެކްސިޑެންޓުތައް މަދު މުޖުތަމައުއަކަށް ވާސިލްވުުމަށް ހުރިހާ ފަރާތްތަކުންވެސް އެ ފަރާތްތަކުގެ ޒިންމާ އަދާކުރަންޖެހެ އެވެ. ވެހިކަލް ދުއްވާ މީހާއިން ފެށިގެން ދައުލަތުގެ އިދާރާތަކުގެ ވެރިންވެސް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހެ އެވެ. އެހެން ނޫންކަމުގައިވާނަމަ ކުރިއަށް އޮތް މުސްތަޤުލުގައިވެސް އެކްސިޑެންޓުތައް އިތުރުވެ، އިތުރު ޒުވާނުންތަކެއް އަޅުގަނޑުމެންގެ މި މުޖުތަމައުއިން ގެއްލިގެން ދިއުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހިއަމަ

9 މަސް ކުރިން

ހުސް ދޮގު

0
1