19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އިސްރާއީލާއި ފަލަސްތީނު މައްސަ

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

  • ރައީސް އައްބާސް ވިދާޅުވީ އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ހަދައިފިނަމަ ދެ ދައުލަތް ގާއިމްކުރަން ހުރަސް އެޅޭނެކަމަށް
އަބުދުﷲ މުހައްމަދު | 8Abbo

| 15 ޖެނުއަރީ 2017 | އާދީއްތަ 00:00 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


ރައީސް އައްބާސް: އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ހަދައިފިނަމަ ދެ ދައުލަތް ގާއިމްކުރަން ހުރަސް އެޅޭނެކަމަށް އައްބާސް ވިދާޅުވި. -- ގޫގުލް

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފި ނަމަ އިސްރާއީލަކީ ދައުލަތެއްކަމަށް ބަލައިގެންފައި އޮތް އޮތުން އަނބުރާ ގެންދަން ޖެހިދާނެކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބް ވެފައިވާ ޑޮނަލްޑް ޓްރަމްޕަށް ލިއުއްވި ސިޓީއެއްގައި، އައްބާސް ވިދާޅުވީ އެގޮތަށް އަމަލު ކުރައްވައިފިނަމަ އދ. އިން އެ މައްސަލައިގައި އަދާކުރާ ދައުރުގެ ހައިސިއްޔަތާމެދު ސުވާލު އުފެދުމުގެ އިތުރުން ދެ  ދައުލަތް އުފެއްދުމަށް ކުރާ މަސައްކަތްވެސް ނާކަމިޔާބު ވެގެންދާނެކަމަށެވެ.

ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަގާމާ ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމުގައި ހަމަޖައްސައި ތެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް ލަފާ އަރުއްވާނެކަމަށެވެ.

އެމެރިކާ އަދި އދ.ގެ މެމްބަރު ގައުމުތަކުންވެސް އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ނުދެކޭއިރު އިސްރާއީލާ ފަލަސްތީނުގެ ޒަމާންވީ ހަމަނުޖެހުމުގައި ގުދުސްގެ ހައިސިއްޔަތަކީ އެންމެ ބޮޑު އެއް ބަހުސެވެ.

ޓްރަމްޕްގެ ވާހަކައަށް އިސްރާއީލުން ތާއީދު ކުރާއިރު އެމެރިކާގެ ކުރީގެ ރައީސުންނަށްވެސް އިސްރާއީލުން އެ ފިޔަވަޅު އެޅުމަށް ހިތްވަރު ދީފައިވެއެވެ. ނަމަވެސް އެކަމަށް ތާއީދެއް ލިބިފައެއް ނުވެއެވެ.

އައްބާސް ވިދާޅުވީ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފިނަމަ އެޅޭނެ އެތައް ފިޔަވަޅުތަކެއް ހުންނާނެ ކަމަށާއި އެކަމާ އަރަބި ގައުމުތަކާ ވާހަކަދައްކާނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ފިޔަވަޅަކީ އިސްރާއީލަކީ ދައުލަތެއްކަމަށް ބަލައިގެންފައި އޮންނަ އަތުން އަނބުރާ ގެންދިއުންކަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެހިސާބަށް ކަންތައް ނުދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެމެރިކާއަށް ދެން  އަންނަ ސަރުކާރާއެކުވެސް މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް އައްބާސް ވިދާޅުވި އެވެ. 

އިސްރާއީލް އަދި ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން(ޕީއެލްއޯ) އިން އެއްބަޔަކު އަނެއްބަޔަކު ބަލައިގަތީ 1993ގައި އޮސްލޯ އެއްބަސްވުމުގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް