22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެންބީއޭ ފައިނަލްސް

ހަތަރު އަހަރުތެރޭ ތިން ވަނަ ފަހަރަށް ވޯރިއާރސް ޗެމްޕިއަންކަން ހޯދައިފި

  • މިފަހަރުގެ ތަށި ވޯރިއާރސް ގެންދިޔައީ ފުރަތަމަ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 ޖޫން 2018 | ހޮނިހިރު 21:37 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ވޯރިއަރސްގެ ކުޅުންތެރިން ތަށި ހޯދުމަށް ފަހު -- ގެޓީ އިމޭޖާސް

އެމެރިކާގެ ނެޝެނަލް ބާސްކެޓްބޯލް އެސޯސިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ހަތަރު އަހަރުތެރޭ ތިން ވަނަ ފަހަރަށް ގޯލްޑެން ސްޓޭޓް ވޯރިއާރސް އިން ހޯދައިފިއެވެ.

އެންބީއޭގެ ޗެމްޕިއަންކަން ވޯރިއާރސް އިން ހޯދީ ފައިނަލުގައި ލެބްރޮން ޖޭމްސްގެ ކްލީވްލެންޑް ކެވެލިއަރސް ބަލިކޮށްގެންނެވެ. ކެވެލިއަރސްގެ މައްޗަށް ވޯރިއާރސް އިން ވަނީ ހަތަރު މެޗުގައި ވެސް ކުރި ހޯދާފައެވެ. އެންބީއޭ ފައިނަލްސް ކުޅޭ ގޮތުން ކުޅޭ ހަތް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ތަށި ޔަގީންވެއެވެ. މިފަހަރުގެ ތަށި ވޯރިއާރސް ގެންދިޔައީ ފުރަތަމަ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.  

އަމިއްލަ ކޯޓުގައި ކުޅުނު ފައިނަލްގެ ފުރަތަމަ މެޗު ވޯރިއާރސް އިން ގެންދިޔައީ 124 ޕޮއިންޓް އަދި 114 ޕޮއިންޓްއިންނެވެ. ދެވަނަ މެޗުގައި އެ ޓީމު ކުރި ހޯދީ 122 ޕޮއިންޓް 103 ޕޮއިންޓްއިންނެވެ. ފައިނަލްސްގެ ތިންވަނަ މެޗުގައި ކެވެލިއަރސްގެ ކޯޓުގައި ކުޅުނު މެޗު 110 ޕޮއިންޓް 102 ޕޮއިންޓް އިން ކާމިޔާބުކުރީ ވޯރިއާރސްއެވެ. އެންބީއޭގެ ތަށި ވޮރިއާރސް އިން ޔަގީކުރީ ހަތަރުވަނަ މެޗު 108 ޕޮއިންޓް 85 ޕޮއިންޓްއިން ކާމިޔާބުކޮށްގެންނެވެ.

މިފަހަރުގެ އެންބީއޭ ފައިނަލްސް އެމްވީޕީއަކަށް ހޮވުނީ ވޮރިއާރސްގެ ކެވިން ޑިޔުރަންޓްއެވެ. މިއީ އެންމެ މޮޅު ކުޅުންތެރިޔަކަށް ޑިޔުރަންޓް ޖެހިޖެހިގެން ހޮވުނު ދެވަނަ ފަހަރެވެ.

ފައިނަލްސްގެ ފަހު ތިން މެޗުގައި ޖޭމްސް ކުޅެފައި ވަނީ އަތަށް ލިބިފައިވާ އަނިޔާއަކާއެކުއެވެ. މިފަހަރުގެ ފައިނަލްސްއަކީ އޭނާ ކެވެލިއަރސްއަށް ކުޅޭނެ އެންމެ ފަހު ފައިނަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް