19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ހުރަވަޅި ވޮލީ މުބާރާތް

ހުރަވަޅި ރަމަޟާން ވޮލީ މުބާރާތް ފަށައިފި

 • މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރު
 • އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ހުރަވަޅި
 • މުބާރާތުގެ ފައިނަލް މެޗު ޖޫން މަހުގެ 12 ވަނަ ދުވަހު ކުޅޭނެ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 ޖޫން 2018 | ހޮނިހިރު 20:02 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
 5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


މުބާރާތުގައި ވާދަކުރާ ހުރަވަޅީގެ ޓީމު -- ފޮޓޯ : ރާއްޖެ އެމްވީ

ހުރަވަޅި ރިސޯޓުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހުރަވަޅި ރަމަޟާން ވޮލީ މުބާރާތުގެ ކުޅުން ފަށައިފިއެވެ.

މިއީ އެ ރިސޯޓުގެ ފަރާތުން މި މުބާރާތް ކުރިޔަށްގެންދާ ތިންވަނަ ފަހަރަށްވާ އިރު މިއަހަރުގެ މުބާރާތުގެ ފަސް ޓީމަކުން ބައިވެރިވެއެވެ. އެއީ ހުރަވަޅި ރިސޯޓާ ކުރެއްދޫ އައިލެންޑް ރިސޯޓާއި ކޮމަންޑޫ އައިލެންޑް ރިސޯޓުގެ އިތުރުން ޕާމް ބީޗް އަދި ސަން ސިޔާމް އިރުފުށްޓެވެ.

މުބާރާތުގެ ފުރަތަމަ މެޗު ޕާމް ބީޗާ ވާދަކޮށް ސީދާ ތިން ސެޓުން ހުރަވަޅި ކާމިޔާބުކުރިއިރު މުބާރާތުގެ ދެވަނަ މެޗުގައި ކުރެއްދޫ އިން ވަނީ ސީދާ ތިން ސެޓުން ކޮމަންޑޫ ބަލިކޮށްފައެވެ. ފުރަތަމަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހުރަވަޅިގެ ޖާޒީ ނަމްބަރު ނުވައެއް ލޫސީ ހޮވުނުއިރު ދެވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކުރެއްދޫގެ އަހުމަދު ޔާމިންއެވެ.

 ހުރަވަޅި ވަނީ އެ ޓީމުގެ ދެވަނަ މެޗުގައި ސީދާ ތިން ސެޓުން އިރުފުށި ވެސް ބަލިކޮށްފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރަވަޅިގެ ހަސަން އާމިރުއެވެ.

ހަމައެހެންމެ ޕާމް ބީޗު ވަނީ ސީދާ ތިން ސެޓުން ކުރެއްދޫ އަތުން ބަލިވެފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކުރެއްދޫގެ އިނާޒްއެވެ.

އިރުފުއްޓާއި ކުރެއްދޫ ކުޅުނު މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކުރީ ކޮމަންޑޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިރުފުށީގެން އަލީ މުހައްމަދުއެވެ.

ހުރަވަޅި އަދި ކުރެއްދޫ ކުޅުނު މެޗު ސީދާ ތިން ސެޓުން ކުރެއްދޫ ކާމިޔާބުކުރިއިރު ޕާމް ބީޗުން ވަނީ އިރުފުށި ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މުބާރާތުގެ ހަވަނަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ކުރެއްދޫގެ އަހުމަދު ޔާމީން ހޮވުނުއިރު ހަތްވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕާމް ބީޗްގެ ޝަފްރާޒްއެވެ.

މުބާރާތުގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްނައިގައި ކުރެއްދޫ އޮތްއިރު ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ހުރަވަޅިއެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ޕާމް ބީޗް އޮތްއިރު ދެ ޕޮއިންޓާއެކު އިރުފުށި އޮތީ ހަތަރު ވަނައިގައެވެ. ތާވަލުގެ ފުލުގައި އެންމެ ޕޮއިންޓަކާއެކު އޮތީ ކޮމަންޑޫއެވެ.

މުބާރާތުގެ ފައިނަލް މެޗު ޖޫން މަހުގެ 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މިއީ ޅ. އަދި ނ. އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. ފާއިތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހުރަވަޅިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް