| 14 ޖެނުއަރީ 2017 | ހޮނިހިރު 23:47 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އިސްލާމްދީން އެންމެ ބޮޑަށް ނިކަމެތި ކޮށްލެއްވި ބޭފުޅަކަށް ރައީސް ޔާމީން ވެވަޑައިގަންނަވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މިނިސްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ މިރައީސް ޕްރޮގްރާމްގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސް ޔާމީން ދައްކަވަނީ އިސްލާމްދީން ޙިމާޔަތް ކުރައްވަން އުޅޭ ބޭފުޅަކު ދައްކާ ކަހަލަ ވާހަކަތަކެއް ނޫންކަމަށެވެ.
"އަޅުގަނޑު މިހެން މިބުނަނީ، އެއް ތަނެއްގަ ވިދާޅުވެއްޖެ ހަރާމެއް ހަލާލެއް ބަލާނެ ކަމެއް ނެތޭ. ދިވެހި ރާއްޖޭގަ އިސްލާމްދީން ޙިމާޔަތް ކުރަން އުޅޭ ރައީސަކު އެހެން ވިދާޅުވެއްޖެއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް" އާޒިމް ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، އެހެންނަމަވެސް، މިއަދު ފެނިގެން މިދަނީ ސިޔާސީ ކުށްވެރިންނާއި އެހެނިހެންވެސް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަނިޔާވެރިވާ މަންޒަރު ކަމަށެވެ. އަދި ދިވެހިރާއްޖެއިން އިސްލާމްދީން ނައްތާލާ ނިކަމެތި ކޮށްލުމަށް މަސައްކަތްކުރާ ތަން ވެސް ޝައްކެތް ނެތް މިންވަރަށް ފެންނަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ދީނުގެ އަސްލަކީ އިންސާފު ހޯދައިދިނުން ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ތިން ބާރު ވަކިކުރެވިފައިވާ މައިގަނޑު ސަބަބަކީވެސް އިންސާފު ހޯދައިދިނުން ކަމަށެވެ. އަދި ކުށްވެރިއެއްކަން ކަނޑައެޅުމަށް ޝައްކެތް ނެތް މިންވަރަށް ސާބިތުކުރަން ޖެހޭ ކަން ފާހަގަކުރައްވާ ޝައްކެތް ނެތް މިންވަރަކީ ކޮބައިކަން ހާމަކޮށްދެއްވުމަށް މިސާލެއްގެ ގޮތުން ނެންގެވީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްސަލަ ފާހަގަ ކުރެއްވެވި އެވެ. އެގޮތުން ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަދީބުގެ ޑީއެންއޭ ފެނުން އެއީ ޝައްކު އުފެދޭ ކަމަކަށް ވުމުން އެކަން ބަލައިދިނުމަށް އެދި ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ޚަތިމުގައި އަތްލާ ހުވާކުރުމަށްފަހު ފުލުހުން ކާނަލް ނާޒިމްއާއި ދެކޮޅަށް ދިނީ ދޮގު ހެކިބަސް ކަން ކަނޑައެޅިގެން ދަންނަވަން ކެރޭނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް ހައި ކޯޓު މަރުޙަލާގައި ފުލުހުންނާއި ސިފައިން ދެއްކި އެއްވެސް ވާހަކައެއް ހުކުމުގައި ނުހިމަނާ ހުކުމް ކޮށްފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިޤައުމުގައި އެއްވެސް ރައްޔިތަކަށް ރައްކާތެރިކަން ނެތްކަން މިފަދަ އެތައް ކަމަކުން ހާމަވެގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް