17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އިނގިރޭސި ގައުމީ ޓީމު

ޕްރެޝަރު އޮތުމަކީ ރަނގަޅު ކަމެއް: ކެޕްޓަން ކޭން

  • މިފަހަރު އިނގިރޭސިވިލާތުގެ ކެޕްޓަނަކީ ކޭން
  • އޭނާ ބުނީ މިހާރު ހުރި މަގާމަށް އައުމަށް ބުރަކޮށް މަސައްކަތްކުރި ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 ޖޫން 2018 | ހޮނިހިރު 18:05 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކޭން އިނގިރޭސި ޖާޒީގައި -- ގެޓީ އިމޭޖާސް

ވޯލްޑް ކަޕަކަށްދާއިރު ޕްރެޝަރު އޮތުމަކީ ރަނގަޅު ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

އޭނާގެ ކްލަބް ކަމަށްވާ ޓޮޓެންހަމްއާ އެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކޭން ސޮއިކުރިއިރު އޭނާއަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. ފާއިތުވެދިޔަ ސީޒަންތަކުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕަށްދާ އިނގިރޭސި ޓީމުގެ ކެޕްޓަން ބޭންޑް ވެސް ދީފައި ވަނީ އޭނާއަށެވެ.

ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކޭން ބުނީ މިފަދަ ބޮޑު މުބާރާތަކަށް ދާއިރު ޕްރެޝަރު އޮންނާނެ ކަމަށާއި އެއީ ކެޕްޓަނެއްގެ ގޮތުގައި ވަކިން ބޮޑަށް އޮންނާނެ އެއްޗެއް ކަމަށެވެ. އޭނާ ބުނީ މިހާރު ހުރި މަގާމަށް އައުމަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށެވެ. އިނގިރޭސި ޖާޒީލާ ކޮންމެ ފަހަރަކު ވެސް އޭނާއަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ވެސް ކޭން ބުނެފައިވެއެވެ.

ގެރެތު ސައުތުގޭޓްގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް މިއަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އެކުޅުންތެރިން ކުޅޭނެ އެންމެ ފުރަތަމަ ވޯލްޑް ކަޕަށެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ކޭން ބުނީ އިނގިރޭސި ކުޅުންތެރިންނަށް ވުމާއެކު ވަރަށް ބޮޑު ޕްރެޝަރެއް އޮންނާނެ ކަމަށާއި ހަމައެކަނި ޕްރެޝަރު އޮންނާނީ އިނގިރޭސި ކުޅުންތެރިންނަށް ނޫން ކަމަށެވެ. މިއީ ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި ޕްރެޝަރުގެ ބޭނުން ހިފައިގެން މޮޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށް ކޭން ބުނެފައިވެއެވެ.

ކޭން ބުނީ އޭނާ ހުރީ ވޯލްޑް ކަޕަށް ވަރަށް ކެތްމަދުވެފައި ކަމަށާއި ވޯލްޑް ކަޕްގައި ކެޕްޓަންކަން ކުރުން ވެގެންދާނީ ލިބޭ ވަރަށް ހާއްސަ ޝަރަފަކަށް ކަމަށެވެ. ކޭން ބުނީ އިނގިރޭސި ގައުމީ ޓީމަކީ އެޓޭކް ކުރާނެ ޓީމެއް ކަމަށާއި އުއްމީދަކީ ގިނަ ލަނޑުތަކެއް ޖެހުން ކަމަށެވެ. އޭގެތެރޭގައި އޭނާގެ ބޮޑު ހިއްސާއެއް ވެސް އޮންނަން ބޭނުންވާ ކަމަށް ކޭން ބުނެފައިވެއެވެ. އޭނާ ބުނީ އަބަދުވެސް ފޯކަސް ދެނީ ޓީމަށް ކަމަށާއި އެހެން ނަމަވެސް ފޯވާޑެއްގެ ހައިސިއްޔަތުން އަބަދުވެސް ރަން ބޫޓު ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް ކޭން ބުނެފައިވެއެވެ.

އުމުރުން 24 އަހަރުގެ ކޭން މިދިޔަ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގައި 30 ލަނޑު ޖެހިއިރު އެންމެ ފަހުން ނައިޖީރިއާއާ ދެކޮޅަށް އިނގިރޭސިވިލާތް ކުޅުނު އެކުވެރި ކަމުގެ މެޗުގައި ވެސް އޭނާ ލަނޑުޖެހިއެވެ. ވޯލްޑް ކަޕްގެ ކޮލިފައިން ބުރުތަކުގައި ކޭން އިނގިރޭސިވިލާތަށް ފަސް ލަނޑު ޖަހައިދިނެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައި ވަނީ ބެލްޖިއަމް ޕެނަމާ އަދި ޓިއުނީޝިއާ އާއެކު ގްރޫޕް ސީގައެވެ. އިނގިރޭސި ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކޭން ވަނީ އެ ގައުމަށް 24 މެޗު ކުޅެދީ 13 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ އަހަރު ހޮވި އިނގިރޭސިވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް