17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މުހައްމަދު ސަލާހު

ސަލާހުގެ ރައްދު ރާމޯސްއަށް: ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ ޔަގީންކަންދެވޭނެ؟

 • ރާމޯސް މިހާރު ދައްކަނީ މަޖާ ވާހަކަ
 • ބިންމައްޗަށް ވެއްޓުނު ވަގުތު އިހުސާސްވީ ރުޅިވެރިކަމާއި ދެރަ ކަމަށް ސަލާހު ބުނި
 • ސަލާހުގެ މި އަނިޔާގެ ސަބަބުން ރާމޯސްއަށް މަރުގެ އިންޒާރު ވެސް ދީފައިވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 ޖޫން 2018 | ހޮނިހިރު 17:42 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރާމޯސް ސަލާހުއާ އެކު ވެއްޓެނީ -- މައިކަލް ރީގަން/ގެޓީ އިމޭޖަސް

ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ރައްދުދީފިއެވެ.

ރާމޯސްއަށް ސަލާހު ރައްދުދީފައި ވަނީ އިންޖެކްޝަން ޖެހި ނަމަ ސަލާހުއަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ކުޅެވޭނެ ކަމަށް ރާމޯސް މީޑިއާގައި ބުނުމުގެ ސަބަބުންނެވެ.

ރާމޯސް އިޝާރާތްކުރީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 3-1 އިން ލިވަޕޫލް ބަލިވި މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވުމުގެ ސަބަބުން ސަލާހު ބަދަލުކުރަން ޖެހުނު ހާދިސާއަށެވެ. އެ މެޗުގައި ސަލާހުއަށް އަނިޔާވީ ރާމޯސްއާ އެކު ބޯޅަ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ދެ ކުޅުންތެރިން އެއްކޮށް ވެއްޓުނު ވަގުތެވެ. ގިނަ ބަޔަކު ތުހުމަތުކޮށްފައި ވަނީ މި އަނިޔާއަކީ ރާމޯސް ގަސްތުގައި ދިން އަނިޔާއެއް ކަމަށެވެ. މިކަމުގެ ސަބަބުން ރާމޯސްއަށް ބޮޑު ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މެޑްރިޑަށް ނިސްބަތްވާ ނޫހެއް ކަމަށްވާ މާސާއާ ވާހަކަ ދައްކަމުން ސަލާހު ބުނީ އެންމެ ފުރަތަމަ ހެއްވާލާ މީހަކީ އަނިޔާދޭ މީހާއަށްވުމަކީ ރަނގަޅު ކަމެއް ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. އިންޖެކްޝަން ޖެހި ނަމަ ފައިނަލުގައި ކުޅެވޭނެ ކަމަށް ރާމޯސް ބުނެފައިވާ ބުނުމަށް އިޝާރާތްކޮށް ސަލާހު ބުނީ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ވެސް ރާމޯސް ދޭނެ ކަމަށެވެ.

ސަލާހު ބުނީ އޭނާ ރާމޯސް އަތުގައި އޭނާގެ އަތް ނާޅުވާ ކަމަށާއި ރާމޯސް މިހާރު ދައްކަނީ މަޖާ ވާހަކަ ކަމަށެވެ. ރާމޯސް މެސެޖެއް ފޮނުވި ކަމަށާއި އެހެން ނަމަވެސް އޭނާ ގާތުގައި އެއީ އެންމެ ރަނގަޅުވާނެ ކަމެއް ކަމަށް ބުނެފައިނުވާނެ ކަމަށް ސަލާހު ބުނެފައިވެއެވެ.

ސަލާހު ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދަނޑުން ފައިބަން ޖެހުމަކީ އޭނާގެ ކެރިއަރުގައި އެންމެ ދެރަވި ދަނޑިވަޅު ކަމަށާއި ބިންމައްޗަށް ވެއްޓުނު ވަގުތު އިހުސާސްވީ ރުޅިވެރިކަމާއި ދެރަ ކަމަށެވެ. އެވަގުތު ކޮޑުހުޅަށްވި ތަދަށް ވުރެ އޭނާ ކަންބޮޑުވީ ފައިނަލުގައި ނުކުޅެވޭތީ ކަމަށް ވެސް ސަލާހު ވަނީ ބުނެފައެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ވޯލްޑް ކަޕް ވެސް ގެއްލިދާނެ ކަމަށް ހީކުރި ކަމަށް ސަލާހު ބުންޏެވެ.

ސަލާހުގެ މި އަނިޔާގެ ސަބަބުން ރާމޯސްއަށް މަރުގެ އިންޒާރު ވެސް ދީފައިވެއެވެ. ހަމައެހެންމެ އޭނާ އަތުން އެއް ބިލިއަން ޑޮލަރު ހޯދުމަށް ވެސް މިސްރުގެ ގާނޫނީ ވަކީލަކު ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ރާމޯސްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތިން ލައްކައަށްވުރެ ގިނަ މީހުން ޕެޓަޝިނެއްގައި ވެސް ސޮއިކޮށްފައިވެއެވެ.

މިއަހަރުގެ ވޯލްޑް ކަޕް ވެސް ސަލާހުއަށް ގެއްލުމުގެ ބިރު އެންމެ ފުރަތަމަ އޮތް ނަމަވެސް މިސްރުން ވަނީ އެ ގައުމުން ނެގި 23 ކުޅުންތެރިންގެ ސްކޮޑްގައި އޭނާ ހިމަނާފައެވެ. މިސްރުގެ ކޯޗު ބުނީ ސަލާހުއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އެކަމާ ގުޅިގެން ސަލާހު ބުނީ މިހާރު އަނިޔާ ވަރަށް ރަނގަޅު ކަމަށާއި އަނިޔާގެ ކަންކަން އެއްކޮށް ރަނގަޅުވެއްޖެ ނަމަ ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި އޭނާ ކުޅެން ބޭނުންވާ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މިސްރު ހިމެނިފައި ވަނީ އުރުގުއޭ އަދި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް