26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޓްރާންސްފާ މާކެޓް

ޑަގްލަސް ކޮސްޓާ ޔުވެންޓަސްއަށް ގެންގޮސްފި

  • އޭނާ އެ ޓީމާއެކު ސޮއިކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި
  • ޔުވެންޓަސްއިން ވަނީ އައު ކީޕަރެއްގެ ސޮއި ވެސް ހޯދާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 ޖޫން 2018 | ހޮނިހިރު 17:23 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ޑަގްލަސް ކޮސްޓާ -- ސޯޝަލް މީޑިއާ

ބަޔާން މިއުނިކްގެ ވިންގަރ ޑަގްލަސް ކޮސްޓާ ޔުވެންޓަސްގެ ދާއިމީ ކުޅުންތެރިޔެއްގެ ގޮތުގައި އެ ޓީމަށް ގެންގޮސްފިއެވެ.

މިދިޔަ ސީޒަނުގައި ވެސް ކޮސްޓާ ކުޅެފައި ވަނީ ޔުވެންޓަސްއަށެވެ. އޭނާ މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ޔުވެންޓަސްއަށް ބަދަލުވީ އޭރު ބަޔާންގެ ކޯޗެއްގެ ގޮތުގައި ހުރި ކާލޯ އަންޗެލޯޓީ އަދި އެ ޓީމުގެ ބޯޑާއި މައްސަލަ ޖެހުމާއި ގުޅިގެންނެވެ. ބަޔާން އާއި ކޮސްޓާއާ ދެމެދު މައްސަލަ ޖެހުނީ އޭނާއަށް ފުރަތަމަ އެގާރަ އިން ފުރުސަތު ނުދޭން ފެށުމާ ގުޅިގެންނެވެ. ބަޔާންއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ފުރަތަމަ ސީޒަނަށް ފަހު ވަކި އަދަދެއް ދައްކައިގެން ޔުވެންޓަސްއަށް ކޮސްޓާއަކީ އެ ޓީމުގެ ދާއިމީ ކުޅުންތެރިއެއްގެ ގޮތުގައި ހެދުމުގެ ފުރުސަތު އޮތެވެ.

ކޮސްޓާ ޔުވެންޓަސްގެ ދާއިމީ ކުޅުންތެރިއެއްގެ ގޮތުގައި ހެދުމަށް އެ ޓީމުން ވަނީ ބަޔާންއަށް 40 މިލިއަން ޔޫރޯގެ ފީއެއް ދައްކާފައެވެ. އެ ޓީމުން މި އަދަދު ދައްކާނީ ދެ އަހަރަށް ބަހާލައިގެންނެވެ. މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ލޯނު އެއްބަސްވުމެއްގެ ކުޅުނު ކޮސްޓާ ވަނީ އެ ޓީމަށް 47 މެޗު ކުޅެދީފައެވެ. އޭނާގެ މޮޅު ކުޅުމާއެކު ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޔުވެންޓަސްއިން އިޓާލިއަން ސެރީއޭގެ ތަށި ހޯދިއިރު ކޮޕާ އިޓާލިއާ ވެސް އެ ޓީމުން ކާމިޔާބުކުރިއެވެ. ހަމައެހެންމެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް އޭނާ ޔުވެންޓަސްއަށް މޮޅު ކުޅުމެއް ދެއްކިއެވެ.

ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް ކޮސްޓާ ދެމިހުންނާނެއެވެ.

ކޮސްޓާ މިވަގުތު ހުރީ ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް ބްރެޒިލްގެ ގައުމީ ޓީމާއެކުއެވެ. ޖޫން މަހުގެ 10 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލް ނުކުންނައިރު އެ މެޗުގައި އޭނާ ކުޅޭނެ ކަމަށް ބެލެވެއެވެ. ރަޝިއާގައި ފަށާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބްރެޒިލް ނުކުންނާނީ އޭގެ ހަތްފާއެއް ފަހުން ސްވިޓްޒަލޭންޑާ ދެކޮޅަށެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ކޮސްޓާއަށް ފުރުސަތު ލިބޭނެ ކަމަށް ނުބެލެވެއެވެ.

ކޮސްޓާގެ އިތުރުން ޔުވެންޓަސް އިން ވަނީ ޖެނޯއާގެ ކީޕަރު މަޓިއާ ޕެރިން ވެސް އެޓީމަށް ގެނެސްފައެވެ. އޭނާ އެ ޓީމަށް ގެނެސްފައި ވަނީ 12 މިލިއަން ޔޫރޯއަށެވެ. މިދިޔަ ސީޒަނުގައި ސެރީއޭގައި ޖެނޯއާއަށް 37 މެޗު ކުޅުނު ޕެރިން ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޔުވެންޓަސްއަށް އައު ކީޕަރަކު ގެނެސްފައިވަނީ 17 އަހަރަށް ފަހު އެ ޓީމުގެ ގޯލު ޖިއަންލުއީޖީ ބުފޮން ދޫކޮށްލުމާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް