16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

"މިރައީސް" ޕްރޮގްރާމް

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

  • ޖުޑީޝަރީއިން ކުރާ ހުކުމަކަށް ރައީސް ޔާމީނަށް ފޯރުވޭނެ އެއްވެސް ބާރެއް ނޯންނާނެ: އައްސަދު
  • ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ޤާނޫނުތައް ތަންފީޒުނުކޮށް އަނބުރާ ފޮނުވާލާފައިވެސް އެބަހުރި: އައްސަދު
އާލާ އިބުރާހިމް | aalu_aala

| 14 ޖެނުއަރީ 2017 | ހޮނިހިރު 23:42 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ދާންދޫ ދާއިރާގެ މެމްބަރު އަޙްމަދު އައްސަދު، މިރައީސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

މަސްތުވާތަކެތި ބޭނުންކޮށްގެން، މަސްތުވާތަކެތި ރެޑްހޭންޑުކޮށް ހިފާ މީހުންނަކީވެސް ކުށެއް ނެތް ބައެއްކަމަށް ޤާނޫނު އަސާސީގައި ލިޔެލުމުން މިސަރުކާރަށް ތަންފީޒު ކުރަން ކެރޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ބަހުގެ މާނައަކީ ދިވެހިރާއްޖޭގެ ޤާނޫނުގައި އޮންނަ ގޮތަށް ޖުޑީޝަރީއިން ކުރާ ހުކުމަކަށް އެމަނިކުފާނަށް ފޯރުވޭނެ އެއްވެސް ބާރެއް ނޯންނާނެ ކަމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަޙްމަދު އައްސަދު ވިދާޅުވެއްޖެއެވެ.

 

ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ މިރައީސް ޕްރޮގްރާމްގައި އައްސަދު ވިދާޅުވީ ހދ. ނެއްލައިދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އެ ވިދާޅުވި ބަހުގެ ޙަޤީޤީ މާނައަކީ މީހަކަށް ކޮށްފަ އޮންނަ ހުކުމަކަށް ނުވަތަ ޤާނޫނަކަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެކަމުގައި ރައީސް ޔާމީނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނެއްވެސް ތަންފީޒުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވާ ބަހުގެ މާނައަކީ ކޮބައިތޯ ސުވާލަކަށް ޖަވާބު ދެއްވަމުން އައްސަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ޤާނޫނުތައް ތަންފީޒު ނުކޮށް އަނބުރާ ފޮނުވާލާފައިވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން ދެ ފަހަރަށް ފާސްވެއްޖެ ނަމަ، ޤާނޫނަކަށް ވެގެންދާނެ ކަމަށް ރާއްޖެ ޓީވީއިން ދެންނެވުމުން އައްސަދު ވިދާޅުވީ، އެހެން ކަމުގައި ވަނީނަމަ އެ ކަން އެޅޭނީ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ބޮލުގައި ކަމަށާއި އެއީ ރައީސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

 

ދިވެހިރާއްޖޭގައި އިންސާފު ޤާއިމް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ޝަކުވާކުރަމުންދާ ކަން ރާއްޖެ ޓީވީއިން ފާހަގަކުރުމުން އައްސަދު ވިދާޅުވީ، ޖުޑީޝަރީއިން ނިންމާ ކަމަކަށް ރައީސުލް ޖުމްހޫރިއްޔާއަށްވެސް އަދި އެހެންވެސް މީހަކަށް ފާޑު ނުކިޔޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް