25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ދަޅަކް

އިޝާން އާއި ޖާންވީގެ ދަޅަކް ޓްރެއިލާ އަންނަ ހޯމަ ދުވަހު

  • ދަޅަކް ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 20 ގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 9 ޖޫން 2018 | ހޮނިހިރު 15:00 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


އިޝާން އާއި ޖާންވީ -- ޓްވިޓަރ

ކުރިއަރަމުން އަންނަ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އިޝާން ޓައްކަރު އަދި ޖާންވީ ކަޕޫރުގެ ފިލްމު ދަޅަކް ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 20 އެވެ.

މި ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިންމާލާފައިވާއިރު ފިލްމުގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ރިލީޒްކުރާނެ ކަމަށް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވަނީ ހާމަކޮށްފައެވެ.

ޝަޝާންކް ޚައިތަން ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. މަރާތީ ފިލްމެއް ކަމަށްވާ "ސައިރާތު" އަސްލަކަށް ބަލައިގެން އުފައްދާ "ދަޅަކް"އަކީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅަކާއި ސިޔާސީ މީހެއްގެ އަންހެން ދަރިއަކާ މެދު އުފެދޭ ލޯބީގެ ފިލްމެކެވެ. "ސައިރާތު" ސިނަމާތަކަށް އައިސްފައި ވަނީ 2016 ވަނަ އަހަރުގައެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ދެ ފިލްމުގައި މައިގަނޑު އެއްގޮތް ވިނަމަވެސް "ސައިރާތު" އާ ޚިލާފަށް "ދަޅަކް" ގައި ފެނިގެންދާ ލޯބީގެ ވާހަކަ ނިސްބަތްވަނީ އިންޑިއާގެ ރާޖަސްތާނަށެވެ. "ސައިރާތު"ގެ ވާހަކައަކީ އިންޑިއާގެ މަހަރާޝްތްރަގައި ހިނގައިދާ ލޯބީގެ ފިލްމެކެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފުވާ މިފިލްމުގެ 25 މިނިޓް އޭނާގެ މަންމަ ސްރީދޭވީ މަރުވުމުގެ ކުރިން ބެލި ކަމަށް ބުނެ ދާދި ފަހުން ޖާންވީ ދީފައިވާ އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. ޖާންވީ ބުނީ އޭނާގެ މަންމަ މަރުވުމުގެ ކުރިން ފިލްމުގެ އިންޓަވަލް ކުރީގެ ފުރަތަމަ 25 މިނިޓް ބެލި ކަމަށާއި ފިލްމާއި ދޭތެރޭ ވަރަށް އުފަލުން ހުރިކަމަށެވެ. އަދި ރަނގަޅު ކުރަންވީ ކަންތައްތައް އޭނާއަށް ސްރީދޭވީ ކިޔައިދިންކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީގެ މަންމަ އަދި މަޝްހޫރު އެކްޓްރެސް ސްރީދޭވީ މަރުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް