14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ވޮލީބޯލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

  • ގައުމީ ޓީމަށް މުޅިން އަލަށް މަޒިއްޔާ ވަނީ ނަގާފަ
ނާފިއު ރަޝީދު | NaphiuR

| 14 ޖެނުއަރީ 2017 | ހޮނިހިރު 23:30 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު އަހުމަދު އަދީލް (ބޭބެ) -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

މިމަހުގެ 27 އިން 29 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކޮލިފިކޭޝަނުގައި އަމާޒަކަށް ވާނީ ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދިނުން ކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ކޮލިފައިންއަށް ތައްޔާރުވާ ގައުމީ ޓީމުގެ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް ފޭދޫ ފިނޮޅަށް ކުރި ދަތުރު ނިންމާލުމަށްފަހު މީޑީއާތަކަށް މައުލޫމާތު ދެމުން އަދީލް ބުނީ ކޮލިފައިންއަށް ތައްޔާރުވުމަށް ވަރަށް ދުރާލާ ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މިހާރު ވަރަށް ދުވަސް ވެފައިވާ ކަމަށާއި އެގޮތުން ކުޅުންތެރިންގެ ހުނަރަށް ބަލާއިރު، ވަރަށް ބޮޑުތަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

އަދީލް ބުނީ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާ ދެ ގައުމަކީ ވެސް ވޮލީގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ގައުމުތަކެއް ކަމަށާއި އެހެން ކަމުން އެ ގައުމުތަކާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށެވެ.

އަދީލް ބުނީ އީރާނަކީ ރާއްޖެއަށްވުރެ މާ ވަރުގަދަ ގައުމެއް ކަމަށާއި، ނަމަވެސް މޮޅުވާން ނޫން ގޮތަކަށް ޓީމް ނުނިކުންނާނެ ކަމަށެވެ. އެހެން ކަމުން ކޮލިފައިންގައި ރާއްޖެ ނުކުންނާނީ ނޭޕާލް ބަލިކޮށް އިރާނަށް ރަނގަޅު ފައިޓެއް ދޭން ކަމަށް ވެސް އަދީލް ބުންޏެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކޮލިފިކޭޝަންގައި ބައިވެރިވާ ރާއްޖޭގެ ޓީމުން ވަނީ އެޓީމުގެ ސްކޮޑުވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން މިފަހަރުގެ ސްކޮޑުގައި މުޅިން އަލަށް ފާތިމަތު މަޒިއްޔާ ވަނީ ހިމަނާފަ އެވެ. މަޒިއްޔާ އަކީ އެންމެ ފަހުން ބޭއްވި ގައުމީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާ އެވެ.

ގައުމީ ޓީމުގެ ސެލެކްޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަދީލް ބުނީ މި ވޭތުވެދިޔަ ދުވަސްތަކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އައީ 19 ކުޅުންތެރިންނާއެކު ކަމަށާއި އަދި އެއަށްފަހު 15 ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު ކޮލިފިކޭޝަނަށް 12 ކުޅުންތެރިންނަށް ސްކޮޑު މަދުކޮށްލާފައިވާނެ ކަމަށެވެ.

އަދީލް ބުނީ މިފަހަރު ޓީމް އެކުލަވާލުމަށް ވަރަށް އުނދަގޫވި ކަމަށާއި، ހާއްސަކޮށް ޓީމުން ޖާގަ ނުލިބި ބޭރުވި ކުޅުންތެރިންނަކީ ވެސް މޮޅު ކުޅުންތެރިންތަކެއް ކަމަށެވެ. މިހާރު އެކުލަވާލާފައިވާ ޓީމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާހަގަ ކުރަމުން އަދީލް ބުނީ މި މުބާރާތާ ކުރިމަތިލާއިރު، ކުޅުންތެރިންތިބީ އެއް އަޒުމެއްގައި ކަމަށެވެ.

މިފަހަރުގެ ޓީމުން ޖާގަ ހޯދި ކުޅުންތެރިންނަކީ ހައްވާ ރާޝިދާ އާއި އާމިނަތު އަރީޝާ އާއި ޖޫޒާން ޒަރީރާއި ފާތިމަތު ޒީނިޔާ އާއި ޝައުފާ އާދަމާއި ސިލްމާ ޒާހިރާއި އާމިނަތު ރިޔާޝާގެ އިތުރުން ހައްވާ ސަހާ އާއި ނުހާ ވަހީދާއި އައިޝާތު ޝައްފަ އާއި އައިޝަތު މާޖިދާ އަދި އޭނާގެ ދައްތަ ފާތިމަތު މަޒިއްޔާ އެވެ. މިފަހަރު އެކުލަވާލި ޓީމުން ބާކީވީ މަރިޔަމް އަޒުމާ އާއި ހަލީމަތު ސަމާ އަދި އައިޝަތު އިމްތިނާން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް