15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޕާކްސައިޑުގެ ގޮވުން

'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'

  • އެކަކު ފިހި، ދެ މީހެއްގެ ހަށިގަނޑުން ބައެއް ކަފައިގެންދިޔަ
  • އެއްޗެހި 300 ފޫޓު ދުރަށް ބުރައިގެން ދިޔަ
  • ސަރަހައްދުގައި އުޅޭ މީހުންނަށް ބޮޑު ސިހުމެއް
ޙުސައިން ޙަސަން | hucenhassan

| 9 ޖޫން 2018 | ހޮނިހިރު 12:05 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ހ. ޕާކްސައިޑުގައި ހިނގި ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

އެތައް ބަޔަކު ތިބީ ގަދަ ނިދީގައެވެ. ފަތިސް ނަމާދަށް ދިޔަ މީހުން ވެސް އެނބުރި ގެއަށް އައިސް ޖައްސާލި ވަގުތެވެ. ރޯދަ މަހުގެ އިރުއެރި ވަގުތަށް ވުމުން، މަގުތައް އޮތީ ހުހަށެވެ. ދުއްވާ އެއްޗެއް، މީހެއްގެ ހަރަކާތެއް މަގު މައްޗަކު ނެތެވެ. އެ ހަމަހިމޭން ވަގުތު، އެންމެން ހޭލައްވާލީ އަޑިޕާކު ސަރަހައްދުގައި ހުންނަ، 10 ބުރީގެ ހ. ޕާކްސައިޑުގައި ގޮވުމެއް ގޮވުމުންނެވެ. އެ ހާދިސާ ހިނގީ ޝެލްބީންސުން ބަދިގެއެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތުގެ ދެ ފަންގިފިލާއެއްގައެވެ.

ހާދިސާ ހިނގުމުގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިން، ޕާކްސައިޑު އިމާރާތުގެ ކައިރިން ލާފައި އަންހެނަކު ހިނގާފައި ދިޔައެވެ. އާންމުކޮށް ހެނދުނު ވަގުތު ނުކުމެ، އުޅޭ އެ އަންހެން މީހާ، "ރާއްޖެއެމްވީ"އާ ވާހަކަ ދައްކަމުން ބުނީ އެ އިމާރާތުގެ ކައިރިން ލާފައި ހިނގާފައި ދިޔައިރު، އެ ދިމާލުން ގޭސް ވަސް ދުވި ކަމަށެވެ.

"ހިނގަމުން ހިނގަމުން ކަންމައްޗާ ހަމައަށް ދިޔައިރު، ގޭސް ވަސް ދުވާ. ގޭސް ވަސްކަން ޔަގީން. އެ ގަޑީގައި ވެސް ހިތަށް އެރި ކާކުބާއޭ މިގަޑީގައި އެއްޗެއް ކައްކަނީ ވެސް. އަދި ގޭސް ފުޅިއެއް ވެސް ދޫކޮށްގެން އުޅެނީ ވެސް،" ހާދިސާއާ ގުޅިގެން ލިބުނު ސިހުމާއެކު، އައިޖީއެމްއެޗުން ފަރުވާ ހޯދި އަންހެން މީހާ ބުންޏެވެ.

އިމާރާތުގެ އެންމެ ތިރީ ބުރީގައްޔާއި ފުރަތަމަ ފަންގިފިލާގައި ހިންގަނީ ޝެލްބީންސްގެ ބަދިގެއެއް-- ފޮޓޯ/ މުހައްމަދު ޝަރުހާން

ހޮނިހިރު ދުވަހުގެ ހެނދުނު 6:15 އެހާކަންހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން، އެމްއެންޑީއެފުން ބެލި ބެލުމުން އެނގުނު ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ގޭސް ހޮޅިއެއް ފަޅައިގެން ދިއުމުންނެވެ. ހާދިސާ ހިނގިއިރު، އެތަނުގެ ތެރޭގައި ސްރީލަންކާގެ ދެ މީހަކު ތިއްބެވެ. އުމޭޝް ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ ލަންކާ މީހަކު ފިހިފައިވާއިރު، އުމުރުން 24 އަހަރުގެ މިރާދު ނަމަކަށް ކިޔާ ލަންކާ މީހެއްގެ ފައި ވަނީ ކަފައިގެން ގޮސްފައެވެ.

ގޮވި ތަނުގެ ތެރޭގައި ހުރި ތަކެތި ބުރައިގެން ގޮސް މަގުމަތީގައި-- ފޮޓޯ/ ރާއްޖެއެމްވީ

ދެން އަނިޔާވެފައި ވަނީ ޕާކްސައިޑުގެ ކައިރީގައި ހުރި އިމާރާތެއްގެ ފުރަތަމަ ފަންގިފިލާގައި ނިދާފައި އޮތް 18 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް އަނިޔާވީ ހާދިސާގައި އޭނާ ދިރިއުޅޭ ގޭގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، އޭނާއަށް ފަޔަށް ބިއްލޫރި ހެރުމުންނެވެ.

"ނިދާފަ އޮއްވާ ޝެލްބީންސްގެ ތަން ގޮވިކަން އެނގެނީ. ފުރަގަސް ދީގެން އޮވެވުނީ. ފަޔަށާއި މޫނަށް ވެސް ބިއްލޫރި ހެރުނު،" ހ. މޮސްކޯގޭގައި ނިދާފައި އޮއްވާ އަނިޔާވި އަކުރަމް އަބްދުލް ޣަނީ ބުންޏެވެ.

ބަދިގެއެއްގެ ގޮތުގައި ޝެލްބީންސުން ބޭނުންކުރާ އެތަން ގޮވުމުގެ ސަބުބުން، އެތަނުގެ ތެރޭގައި ހުރި ސާމާނުތައް ބުރައިގެން ގޮސްފައިވެއެވެ. އެތަނުގެ ބޭރުގައި ޖަހާފައި ވާ ބިއްލޫރިތައް 300 ފޫޓަށް ވުރެ ދުރަށް ބުރައިގެން ގޮސްފައިވެއެވެ.

ހާދިސާ ހިނގި އިމާރާތުގެ ވެރިފަރާތް، އިބްރާހިމް ޝަރީފު (ގަރޭ) "ރާއްޖެއެމްވީ"އަށް ބުނީ ހާދިސާ ހިނގިތާ ފަސް ވަރަކަށް މިނެޓް ތެރޭ އޭނާ އެތަނަށް އެޓެންޑުވި ކަމަށާއި ފުލުހުންނާ ސިފައިން މެދުވެރިކޮށް، އަނިޔާވި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ކަމަށެވެ.

"ހާދިސާ ހިނގިތާ 10 ވަރަކަށް މިނެޓް ތެރޭ ފުލުހުންނާއި ސިފައިން އަތުވެއްޖެ. މުޅި ގެ ގުޑައިގެން ދިޔައީ. އަޅުގަނޑު ހީކުރީ މި ބުރިޖު މިހާ ބާރަށް ނިންމުންދާތީ، ބުރިޖުގެ މާ ބާރު މިނެއްގައި މަސައްކަތް ކުރާތީ، އައި ގުޑުމެއް ކަމަށް،" ގަރޭ ބުންޏެވެ.

ބުރައިގެން ދިޔަ ބިއްލޫރިތައް-- ފޮޓޯ/ މުހައްމަދު ޝަރުހާން

ހާދިސާގެ އަޑުއިވިގެން ހޭލެވިގެން، ބޭރަށް ނުކުތް ހ. ބްލޫބަރޑު ފާތުމަތު ރޫމާ ބުނީ އޭނާ ބޭރަށް ނުކުތީ ބޮޑު އަޑަކާއެކު ގުޑުމެއްގެ އަސަރު ކޮށްގެން ކަމަށާއި ބޭރަށް ނުކުމެ، ބެލިއިރު ގޮވިތަނުން ކޮންމެ ވެސް ވަރަކަށް ދުން ވެސް އެރި ކަމަށެވެ.

"ހީކުރީ ގުގުރިއެއް ކަމަށް. ފުރަތަމަ ހީކުރެވުނީ އެގޮތަށް. ބޭރަށް ނުކުތީ އެއްޗެހިތަކެއް ފައިބައިގަތް އަޑަށް. ބެލިއިރު، ދުން އަރައި، އެއްޗެހިތައް ފައިބަމުންދަނީ. އެހެންވެ، ގޭގައި ނުތިބެ ނުކުތުމަށް އެންހެން މީހުންނަށް ވެސް ގޮވިިން،" ރޫމާ ބުންޏެވެ.

އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި ނަަމަވެސް، ގިނަ ބަޔަކަށް ގެއްލުން ނުވެ، ސަލާމަތްވެފައި ވަނީ ހެނދުނު ވަގުތު އެ ހާދިސާ ހިނގުމުންނެވެ. މަގުމަތި ކާރުބާރު ބޮޑުވަގުތެއްނަމަ، އެ ހާދިސާގައި ގެއްލުވި މީހުންގެ އަދަދު އިތުރުވީހެވެ. ސަބަބަކީ އެތަނުގެ ބޭރުގައި ޖަހާފައިވާ ބިއްލޫރި ބާރު މިނުގައި، އެހާ ދުރަށް ބުރައިގެން ގޮސްފައިވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް