26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އެންތޮނީ ބޯޑެއިން

ސެލެބްރިޓީ ޗެފް އަދި ޓީވީ ޕްރެޒެންޓަރ އެންތޮނީ ބޯޑެއިން މަރުވެއްޖެ

  • އޭނާ މަރުވެފައިވަނީ 61 އަހަރުގައި
  • މަރުވެފައި ހުއްޓާ ފެނިފައިވަނީ ހޮޓެލް ރޫމްގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 ޖޫން 2018 | ހޮނިހިރު 11:53 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


އެންތޮނީ ބޯޑެއިން -- ޓްވިޓަރ

އެމެރިކާގެ ސެލެބްރިޓީ ޗެފް އަދި ޓީވީ ޕްރެޒެންޓަރ އެންތޮނީ ބޯޑެއިން މަރުވެއްޖެ އެވެ.

އުމުރުން 61 އަހަރުގެ އެންތޮނީ މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ފްރާންސްގައި އޭނާހުރި ހޮޓެލް ރޫމް ގައެވެ.

އެންތޮނީ މަރުވެފައި މިވަނީ  އޭނާ މިހާރު ޝޫޓް ކުރަމުންދާ ސީރީޒް "ޕާޓްސް އަންނޯން" ގެ ސޫޓިން އަށް ގޮސް އުޅެނިކޮށެވެ.

ޚާއްސަކޮށް ސީއެންއެންއެންގެ ބެލުންތެރިންގެ މެދުގައި މަގުބޫލު މޫނެއް ކަމުގައިވާ އެންތޮނީ ވަނީ ގިނަ ޓީވީ ޝޯތަކެއް ހުށަހަޅައިދީ އެކި ގައުމުތަކުގެ ކާބޯތަކެތީގެ ދިރާސާތައް ކޮށް، އޭގެ ވާހަކަތައް އާންމުންނަށް ގެނެސްދީފައެވެ.

ކާއެއްޗެހި ތައްޔާރުކުރާނެ ގޮތުގެ ރެސިޕީ ފޮތްތަކުގެ އިތުރުން އޭނާގެ ދަތުރުތަކުގެ ތަޖުރިބާ އާއި އެހެން ގައުމުތަކުގެ ކާއެއްޗެހީގެ ވާހަކަތައް އޭނާގެ ފޮތްތަކުގެ އެންތޮނީ ވަނީ ގެނެސްދީފަ އެވެ.

2017 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅުގައި ހޮޓަލަކަށް ވަދެ އެންތޮނީ އާއި އެކު ފަރިއްކުޅުވައިފައި ވެއެވެ. އެ ހަނދާންތައް އާކުރައްވައި އޮބާމާ ވަނީ އެންތޮނީގެ މަރުގެ ހަބަރާ އެކު ޓްވީޓެއް ވެސް ކުރައްވަފައެވެ.

މީގެ އިތުރުން އެމެރިކާގެ މިހާރުގެ ރައީސް ވަނީ އެންތޮނީގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އަދި އޭނާގެ ޝޯވަރަށް ކަމުދާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހު އެންތޮނީ މަރުވެފައި ވާއިރު އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރ ކޭޓް ސްޕޭޑް ވަނީ ދާޑީ ފަހުން މަރުވެފއި އޮއްވާ ފެނިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް