17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މަގޭ ރިޕޯޓް

ދަރަނި ބޮޑުވެ، މިއަދު އުފަންވި ކުއްޖާ ވެސް ދޮޅު ލައްކަ ރުފިޔާއިން ދަރައިފި!؟

  • ބޮލަކަށް ޖެހޭ ދަރަނި 144،784ރ. އަށް އަރާ
  • ސަރުކާރުގެ ދަރަނި 35 އަހަރުގެ ދަރަންޏާ ނުބައްދަލު
  • ބޭރުގެ ދަރަނީގެ 75 ޕަސެންޓް ޗައިނާއަށް
ޙުސައިން ޙަސަން | hucenhassan

| 9 ޖޫން 2018 | ހޮނިހިރު 09:48 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ށ. ފުނަދޫ ރައްޔިތުން: ސަރުކާރުގެ ދަރަނި ބޮޑުވުމުން، ކޮންމެ ދިވެއްސެއްގެ ބޮލަކަށް ޖެހޭ ދަރަނި 145،000 އަރާ -- ފޮޓޯ : ޙުސައިން ޙަސަން

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީއަކީ 338،434 އެވެ. އެއީ 171،962 ފިރިހެނުންނެވެ. އަދި އަންހެނުންގެ އަދަދު 166،472 އެވެ. މި ކުޑަ އާބާދީ ދެ ބައި ކުޅަ އެއްބައި މީހުން މާލޭގައި ގަނަތެޅެމުންދާއިރު، އުފުލަންޖެހޭ ބުރަ އަނެއްކާ ވެސް ބޮޑުވެގެންދާނެއެވެ. ތަރައްގީގެ ކުލަވަރުތައް ފެނުނަސް އުފުލަންޖެހޭ ބުރަ ކުޑަވެގެން ނުދާނެއެވެ. މިއަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި 49 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހޭ ދަރަނި 144،784 ރުފިޔާއަށް އަރާނެއެވެ.

ނަމަވެސް މަޝްރޫއުތައް ކުރިއަށް އެބަދެއެވެ. މާލޭގެ މަލަމަތިން މާކަނައެއްގެ ކަރު ދިގު ކޮށްލާހެން، ކެރޭނުތައް ވެސް އެބަ ފެނެއެވެ. ކަނޑު ހުރަސްކޮށް، މާލެ އާއި ހުޅުލެއާ ފާލަމަކުން ގުޅާލާތަން ވެސް އެބަ ފެނެއެވެ. ދަރަނި ބޮޑު، ލޯނުތަކާ އެކު ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫތައް ވެސް އެންމެން ދެކޭނެއެވެ. އެ މަޝްރޫތަކުން ވާނެ ފައިދާ އެންމެނަށް ވެސް އިނގެއެވެ. ނަމަވެސް މަޝްރޫތަކުން ލިބޭ ފައިދާއަށް ވުރެ، ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަން އިނގޭ ހެއްޔެވެ؟ އޭގެ ސަބަބުން ޖީލުތަކަށް ދިގު ދެމިގެންދާ ގޮތަށް އުފުލަންޖެހޭ ބުރަ އިނގޭ ހެއްޔެވެ؟

ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ އިގްތިސާދީ މަޝްރޫއުތަކުގެ ސަބަބުން، ދުވަހަކު ވެސް ރާއްޖޭގެ ދަރަނި މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި 1.1 ބިލިއަން ޑޮލަރަށް އަރައި، މީގެ ކުރިން ދަރަނި ހުރި ވަރަށް ވުރެ 26 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޫޑީސްއިންނާއި މަޝްހޫރު ހޮންކޮންގެ ކްރެޑިޓް ރޭޓިން ކުންފުނި "ފިޗް" ވެސް ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނީގެ 70 ޕަސެންޓު ދައްކަން ޖެހިފައި ވަނީ ޗައިނާއަށެވެ. ޗައިނާގެ ބޭންކުތަކަށެވެ. ވަކި ގައުމަކަށް ދައްކަންޖެހޭ ދަރަނި އިންތިހާއަށް ބޮޑުވެގެން ދިއުމަކީ މައްސަލައެކެވެ. ޗައިނާއިން ބޮޑެތި މަޝްރޫތަކެއް ރާއްޖޭގައި ހިންގަމުންދާއިރު، ރާއްޖޭގެ ބޭރުގެ ދަރަނީގެ 70 ޕަސެންޓް އެ ގައުމަށް ދައްކަން ޖެހިފައި ވުމަކީ ރާއްޖޭގެ މާލީ މިނިވަންކަމަށް އެކަމުގެ ނުރައްކާ ފޯރާފާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

މާލިއްޔަތު ކޮމެޓީގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވީ ރާއްޖެއިން 11 ބިލިއަން ރުފިޔާ ޗައިނާއަށް ދައްކަން ޖެހިފައިވާ ކަމަށެވެ. އެއީ ބޭރުގެ ދަރަނީގެ ޖުމްލަ އަދަދު ކަމަށްވާ 14 ބިލިއަން ރުފިޔާގެ 70 ޕަސެންޓު ކަމަށް އިބޫ ވިދާޅުވިއެވެ.

"14 ބިލިއަން ރުފިޔާގެ ތެރެއިން ހަމައެކަނި ޗައިނާއިން ނަގާފައި އެބަ އޮތް 11 ބިލިއަން ރުފިޔާ. ދައުލަތުގެ ބޭރުގެ ދަރަނީގެ 70 ޕަސެންޓު މި ވަނީ އެންމެ ގައުމެއްގެ ދަށުވެފައި،" އިބޫ ވިދާޅުވިއެވެ.

ށ. ފުނަދޫ ރައްޔިތުން މަގެއްގައި އިށީންދެގެން: ދިވެހި ދައުލަތުގެ ބޭރުގެ ދަރަނީގެ 75 ޕަސެންޓް ދައްކަންޖެހިފައި ވަނީ ޗައިނާއަށް-- ފޮޓޯ/ ޙުސައިން ޙަސަން

ބޭރުގެ ދަރަނީގެ ބޮޑު ނިސްބަތެއް ވަކި ގައުމަކަށް ބަރޯސާވެފައި ވުމަކީ ކިހާ ބޮޑު ނުރައްކަލެއް ހެއްޔެވެ؟ ޗައިނާގެ މާލީ ދަންތުރާގައި ޖެހި، އަވަށްޓެރި ސްރީލަންކާއަށް ވެގެން ދިޔައީ ކިހިނަކުން ހެއްޔެވެ؟ ރައްޔިތުންގެ މަސްލަހަތަށް ވުރެ, ބޭރު ގައުމެއްގެ މަސްލަހަތު އިސްކުރަން ޖެހޭ ހާލަތަށް ރާއްޖެ ވެސް ހިނގައިދާނެއެވެ. ގައުމުގެ ބޮޑު ބިމެއް، ބައެއްގެ ވިޔަފާރި މުދަލަކަށް ދޫކޮށްލަން ޖެހިފައިވުމަކީ ރާއްޖެއަށް ވެސް މުސްތަގުބަލުގައި ކުރިމަތިވެދާނެ ނުރައްކަލެކެވެ. މިޔަންމާ އާއި ބަންގުލަދޭޝް އާއި ޕާކިސްތާނަށް ވެސް ޗައިނާއިން ޖައްސާފައި އެފަދަ ދަންތުރައެކެވެ. އެފަދަ ނުރައްކަލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓުން ދައްކާ ގޮތުން މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 49 ބިލިއަން ރުފިޔާއަށް އިތުވެގެންދާނެއެވެ. މިދިޔަ އަހަރު ދައުލަތުގެ ދަރަނި ހުރީ 42 ބިލިއަން ރުފިޔާގައެވެ. އަހަރުން އަހަރަށް ދައުލަތުގެ ދަރަނި ހަލާސް ނުކުރެވި، ދައުލަތް ވަނީ ބަރުހެލިވެފައެވެ. ނުރައްކަލުގެ ރަތް ރޮނގު ވަނީ ހުރަސްކޮށްފައެވެ. ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށް އުފުލަންޖެހޭ ބުރައަކަށް ދަރަނި ވަނީ ވެފައެވެ.

ދައުލަތުގެ ދަރަނި 49 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދިޔުމަކީ ކޮންމެ ދިވެއްސެއްގެ ބޮލަކަށް ޖެހޭ ދަރަނި ދޮޅު ލައްކައަށް އިތުރުވެގެން ދިއުމެވެ. އެގޮތުން މިއަދު އުފަންވި ތުއްތު ކުއްޖާގެ ބޮލަށް ވެސް ދަރަނީގެ ގޮތުގައި 144،784 ރުފިޔާ ދައުލަތަށް ދައްކަން އެ ވަނީ މަޖުބޫރުވެފައެވެ. ދަރިންނާއި ދަރިންގެ ދަރިންނަށް ނުއުފުލޭ ވަރުގެ ދަރަންޏަކާ ދިވެހި ދައުލަތަށް ކުރިމަތިލާން މި ވަނީ ޖެހިފައެވެ.

މަޖިލީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުން ރައީސް މައުމޫންގެ ވެރިކަން ނިމުނުއިރު، ދައުލަތުގެ ދަރަނި ހުރީ 10 ބިލިއަން ރުފިޔާގައެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނުއިރު، ދައުލަތުގެ ދަރަނި ހުރީ 24 ބިލިއަން ރުފިޔާގައެވެ. ރައީސް ޔާމީންގެ ވެރިކަން ނިމޭއިރު، ވޭތުވެދިޔަ 40 އަހަރުގެ ދަރަންޏާ އެންމެ ހަތަރު އަހަރުގެ ދަރަނި ވަނީ ނުބައްދަލުވެފައެވެ. ސަރުކާރުގެ ދަރަނި އެ ވަނީ ދެ ގުނަ ބޮޑުވެ، 49 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޔާމީންގެ ވެރިކަމުގެ ހަތަރު އަަހަރު ދުވަހުގެ ތެރޭގައި ދަރަނި އެ ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ރައްޔިތުންނަށް ދަޅަ ދައްކަމުންދިޔަ ތަރައްގީގެ މަޝްރޫތަކުން އާހިރުގައި، އުފުލަން ޖެހޭ ބުރަ އެ ވަނީ ބޮޑުވެފައެވެ. ތަރައްގީގެ ނަމުގައި މަޝްރޫއެއް ހިންގައިފިނަމަ، ކޮރަޕްޝަން އިންތިހާއެއެވެ. އެންމެ އުހަށް ނެގި އައިޖީއެމްއެޗް އިމާރާތް ވެސް ހަދާފައި އެ ވަނީ ދައުލަތަށް 89 މިލިއަން ޑޮލަރު (1.3 ބިލިއަން) ރުފިޔާ ގެއްލުންވާ ގޮތަށެވެ. އަދަދު ނުކުރެވޭހާ ފަޅު ރަށްތަކާއި ފަޅުތައް ވިއްކާލައި، ތާރީހު ނުދެކޭހާ ކޮރަޕްޝަން އެ ވަނީ ހިއްކާފައެވެ. އެތައް ބިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެ، ފަސާދައިގެ ހުޅު ޖަހާފައި އެ ވަނީ ދިވެހި މާލިއްޔާގައެވެ.

ދިވެހިންގެ ކުރިމަތީގައި މި ހުރިހާ ކަމެއް ނިއުޅެމުންދާއިރު، ތަރައްގީގެ ނަމުގައި ދައްކާ ކުލަވަރަކަށް ދިވެހިން ދީލައި ނުލާނެއެވެ. ވަރިހަމަކޮށްގެން ނުތިބޭނެއެވެ. ގޮތް ނިންމާނީ ޖީލުތަކަށް ބުރައަކަށް ނުވާނެ ގޮތަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފީކުދާނު

5 މަސް ކުރިން

Hajamukuran neygey bayaku liyaanee mikahala thaakunthaaku nugehey liyun

3
0