20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

މާލޭގެ ނަރުދަމާގެ މައްސަލަ

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

 • ޖަންކްޝަންތައް މައްސަލަޖެހި މުޅި މަގުމައްޗަށް ނަޖިސް ބޭރުވޭ
 • މައްސަލަ ދިމާވާ ސަބަބެއް އެމްޑަބްލިޔޫއެސްސީއަކަށް ނޭނގޭ
 • މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 14 ޖެނުއަރީ 2017 | ހޮނިހިރު 23:16 | |

މަގުބޫލް

 1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
 4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
 8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


މާލޭގެ ޖަންކްޝަންއަކުން ނަޖިސް ބޭރުވަނީ -- ރާއްޖެއެމްވީ ފޮޓޯ : އަބުދުﷲ ނަސީރު އިބްރާހިމް

މާލޭގެ އެކި ސަރަހައްދުތަކުގެ ޖަންކްޝަންތައް މައްސަލަ ޖެހި، ނަޖިސް ބޭރުވާން ފަށައިފި އެވެ.

ފުރަތަމަ މައްސަލަ ޖެހި، ނަޖިސް ބޭރުވާންފެށީ މަޖީދި މަގުގައި އަލަށް ހެދި ސަރަހައްދުގެ ޖަންކްޝަންތަކެވެ. އެ ޖަންކްޝަންތައް މައްސަލަޖެހި ނަޖިސް ބެރުވާން ފެށުމާއެކު، އެމްޑްބަލިޔޫއެސްސީން ވަނީ އެ ސަރަހައްދު ސާފުކޮށްފަ އެވެ.

ބުރާސްފަތި ދުވަހު، މަޖީދިމަގުގެ ޖަންކްޝަންތައް މައްސަލަ ޖެހުމަށްފަހު، ހުކުރު ދުވަހާއި، ހޮނިހިރު ދުވަހު ވަނީ މާލޭ އެކި ސަރަހައްދުތަކުގެ ޖަންކްޝަންތައް މައްސަލަޖެހި ނަޖިސްތައް ބޭރުވެފަ އެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ ވެސް އެމްޑަބްލިޔޫއެސްސީގެ ޓީމުތަކުން ވަނީ ނަޖިސް ބޭރުވާ ސަރަހައްދުތަކުގެ ޖަންކްޝަންތައް ހައްލުކޮށް، ސަރަހައްދަށް ބްލީޗް ޖަހައި ސާފުކޮށްފަ އެވެ.

އެއަށްފަހު ހޮނިހިރު ދުވަހުވެސް ވާނީ މާލޭގެ އެކި ސަރަހައްދުތަކުގެ ޖަންކްޝަންތައް މައްސަލަޖެހި ނަޖިސް ބޭރުވެފަ އެވެ.

އެމްޑަބްލިޔޫއެސްސީގެ އޮފިޝަލަކު ވިދާޅުވީ ނަޖިސް ބޭރުވުމުގެ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަޖިސް ބޭރުވާ ވަކި ސަބަބެއް ބުނަން ނެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް، މާލޭގެ ހުރިހާ ސަރަހައްދެއްގެ ޖަންކްޝަންތައްވެސް މައްސަލަ ޖެހެ އެވެ. ސަރުކާރުން ހާމަކޮށްފައިވަނީ، މާލޭގެ ނަރުދަމާ ނިޒާމަކީ އާބަދީއަށް އެންމެ އަކަށޭނެ ފަންވަރުގެ ނަރުދަމާ ނިޒާމެއް ނޫން ކަމަށެވެ. އެގޮތުން މާލޭގެ ނަރުދަމާ ނިޒާމަކީ 75،000 މީހުންގެ އާބަދީއަކަށް ޑިޒައިންކުރެވިފައިވާ ނިޒާމެއް ކަމަށާއި، ނަމަވެސް މިހާރު މާލޭގެ އާބަދީ އެއްލައްކައަށް ވުރެ މަތީގައި އުޅޭއިރު މައްސަލަތައް ދިމާވާކަމަށް ސަރުކާރުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް