20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އުތުރު ކޮރެއާ - އެމެރިކާ

ކިމް މާ ކުރިން ސިންގަޕޫރަށް ވަޑައިގަތީ!!

  • ރައީސް ޓްރަމްޕް އާއި ރައީސް ކިމްގެ ސަމިޓް އޮންނާނީ ޖޫން 12 ވާ އަންގާރަ ދުވަހު
ރާއްޖެ އެމްވީ | raajjemv

| 8 ޖޫން 2018 | ހުކުރު 17:25 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ


އުތުރު ކޮރެއާގެ ރައީސް އާ ސިފަ ވައްތަރު ހޮންކޮންގ ގެ ރައްޔިތެއް ކަމަށްވާ ހޮވާޑް -- ޔޫޓިއުބް

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްށް ޓްރަމްޕްގެ ތާރީޚީ ސަމިޓް ސިންގަޕޫރުގައި އޮންނާނީ އަންނަ އަންގާރާ ދުވަހުއެވެ. އެކަމަކު ސަމިޓުގެ މާ ކުރިން ކިމް ސިންގަޕޫރުގެ މަގުމަތިން ފެންނަން ފަށައިފިއެވެ. މުޅި ދުނިޔޭގެ ސަމާލުކަން މި ސަމިޓަށް ހުއްޓިފައި އޮއްވާ އަދި ޓްރަމްޕް އާއި ކިމްގެ އިންތިޒާރުގައި އެތައް ނޫސްވެރިންނެއް ތިއްބާ ކުއްލި އަކަށް ސިންގަޕޫރުން ކިމް ފެނުމަކީ އާދައިގެ ކަމަކަށް ނުވާނެއެވެ.

މަގުމަތިން ކިމް ފެނުމުން މީހުންނަށް ވެސް ލިބެނީ ބޮޑު ޝޮކެކެވެ. އެތައް ބަޔަކު އަވަސް އަވަހަށް އުޅެނީ ކިތަންމެ ދުރުން ނަމަވެސް ފޮޓޯ އެއް ނެގޭތޯއެވެ. ވަރަށް ނަސީބު ރަނގަޅިއްޔާ ކިމް އާ އެކު ބައެއް މީހުންނަށް ސެލްފީ ވެސް ނެގެއެވެ.

އެކަމަކު މިއީ އުތުރު ކޮރެއާގެ ރައީސް ކަމުގައި ހުންނެވި ކިމް އެއް ނޫނެވެ. އަދި މިއީ އުތުރު ކޮރެއާގެ މީހެއްވެސް ނޫނެވެ. އޭނާ އަކީ ހޮންކޮންގެ ރައްޔިތެކެވެ. އަސްލު ނަމަކީ ހޮވާޑް އެކްސް އެވެ.

ހޮވާޑް އާއި އުތުރު ކޮރެއާގެ ރައީސް ކިމް އިންތިހާ އަށް ވައްތަރު ވުމުގެ ސަބަބުން، ކިމްގެ ސޫރަ ތަމްސީލް ކުރުމުގައި ހޮވަޑް އަށް ލިބިފައިވާ ފުރުސަތާ އެކު އޭނާ އަށް ވަރަށް ބޮޑު މަޝްހޫރު ކަމެއްވެސް ވަނީ ލިބިފައެވެ.

ޕިޔޮންގް ޔަންގ ގައި ނިމިގެން ދިޔަ ވިންޓަރ އޮލިމްޕިކްސްގައި ވެސް ހޮވަޑް ވަނީ އުތުރު ކޮރެއާގެ ރައީސް ތަމްސީލް ވާ ގޮތައް ހަރާކާތްތަކެއް ދައްކާލާފައެވެ. އަދި ހޮވަޑް އާއެކު އެމެރިކާގެ ރައީސް ތަމްސީލް ކުރާ ފަރާތެއްވެސް ހަރަކާތް ކޮށްފައިވެއެވެ. ވިންޓަރ އޮލިމްޕިކްސްގެ ތެރޭގައި ޕިޔޮންގް ޔަންގް ގައި އުތުރު ކޮރެއާގެ ޗިއަރލީޑަރުންގެ ކުރިމައްޗަށް އައިސް އުތުރު ކޮރެއާގެ ރައީސް ހެދިގެން އުޅެނިކޮށް އެފަހަރު ފުލުހުން ހޮވާޑް ވަނީ އެތަނުން ދުރައް ޖައްސާ ފައްސާލާފައެވެ.

ހޮވާޑް ސިންގަޕޫރަށް އައިސް އުޅެނީ "ޓްރަމްޕް – ކިމް" ސަމިޓަކަށެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ކަމަށް ބެލޭ މި ފޭކް ސަމިޓް ސްޕޮންސަރ ކޮށްފައިވަނީ ސިންގަޕޫރުގެ ހޮޓަލަކުންނެވެ. ހޮވާޑް އާ އެކު ސަމިޓްގައި ޓްރަމްޕް ތަމްސީލް ކުރާ ސިފަ އެއްގޮތް މީހަކު ބައިވެރިވާނެއެވެ.

ހޮވާޑް އަކީ ހޮންކޮންގ އަށް އުފަން އެހެން ނަމަވެސް އޮސްޓްރޭލިއާގައި އުޅެ ބޮޑުވެފައިވާ މީހެކެވެ. އަދި އޭނާ އަކީ މިޔުޒިކް ކުޅޭ މީހެކެވެ. އެކަމަކު މިހާރު މިޔުޒިކް ކުޅުން ހުއްޓާލާ އޭނާގެ މައިގަނޑު މައްސަކަތަކީ އުތުރު ކޮރެއާގެ ރައީސްގެ ސޫރައިގައި އިވެންޓުތަކުން ފެނިލުމެވެ.

ހޮވާޑް ބުނީ އޭނާ އަށް އަލަށް މި ވަދެވުނު ދާއިރާ ގައި ކުރިއަށް ދިއުމަށް އާއިލާ އިން އެހާ ބޮޑަކަށް ގަބޫލެއް ނޫނެވެ. އާއިލާގެ ކަންބޮޑުމަކީ ހަށިގަނޑަށް، ފުރާނަ އަށް ނުރައްކަލެއް ވެދާނެ ކަމަށެވެ.

އުމުރުން 30 ގެ އަހަރުތައް ގުނަމުންދާ ހޮވާޑް ބުނީ ކިމް ތަމްސީލް ކުރަން އާއްމުންގެ ތެރެއަށް ނުކުންނަ އިރު ވަރަށް ބޮޑަށް ތައްޔާރުވާ ކަމަށާއި، އެ ގޮތުން މޫނުގައި ވަރަށް ބޮޑަށް ފައުންޑޭޝަން އުނގުޅާ ކަމަށާއި ބުމަ ހިމަކުރަން ޖެހޭ ކަމަށެވެ.

ހެދުން އަޅާ، ބޯހަދާފައި ހޮވަޑް ހުންނަނީ ކިމްގެ ސްޓައިލަށެވެ.

ކިމް ދެކޭ ގޮތުގައި އޭނާ ދިރިއުޅުމަށް ކުރަން މި ލިބުނު މަސައްކަތަކީ ކުރިމަގު އޮތް އަދި ރަނގަޅު އާމްދަނީ އެއްވެސް ލިބޭނެ ކަމެކެވެ. އެއީ ކިމް އަކީ އުމުރު ދުވަހަށް ވެރިކަމުގައި ހުންނަވާނެ ފަރާތެއް ކަމަށް ގަބޫލު ކުރެވުމާއެކު ވެރިކަމުގައި ކިމް ހުންނެވިހާ ދުވަހަކު ހޮވާޑް އަށް ފުރުސަތު ތައް ލިބޭނެ ކަމަށް އޭނާ ދެކޭތީއެވެ.

އިޝްތިހާރު ތައް ކުޅެގެންނާއި، މަޖާ ވީޑީއޯ ހަދައިގެން އަދި ޚާޢްސަ އިވެންޓުތަކުގައި ކިމްގެ ސޫރަ ތަމްސީލް ކޮށްގެން އެކަށީގެންވާ އާމްދަނީ އެއް ލިބޭ ކަމަށް ހޮވާޑް އޭއެފްޕީ އަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ. އެކަމަކު ހޮވާޑް ބުނީ ކިމް އާ ކިތަންމެ ވައްތަރު ވިޔަސް އަދި އެބޭފުޅާ ތަމްސީލް ކޮށްގެން އާމްދަނީ ކިތަންމެ ވަރަކަށް ލިބުނަސް، ކިމްގެ ވެރިކަމުގެ ފަސްސަފާ އަށް ތާއީދު ނުކުރާ ކަމަށާއި، މުޅި އާބާދީ ހިސާރުކޮށްގެން ކިމް ކުރައްވާ ޒާތުގެ ވެރިކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް