21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ދިރާގު ހިދުމަތްތައް

ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަސް ދިރާގުން ފާހަގަކޮށްފި

  • ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރުމަށް ވަނީ ގޮވާލާފައި
  • ޚާއްސަ ކޮތަޅުތަކެއް ވަނީ މުވައްޒަފުންނަށް ހަދިޔާ ކޮށްފައި
  • ފިހާރަތަކުން ވެސް "ޚާއްސަ" ކޮތަޅު ލިބޭނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 8 ޖޫން 2018 | ހުކުރު 14:39 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ަބައިނަލް އަގުވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން ނެރުނު ކޮތަޅު މުވައްޒަފުންނަށް ހަދިޔާ ކުރަނީ -- ދިރާގު

ބައިނަލްއަގުވާމީ ކަނޑުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހަރަކާތްތަކެއް ހިންގައިފިއެވެ.

ތިމާވެއްޓާ ގުޅޭ މެސެޖްތައް ދިނުމުގެ ގޮތުން މީގެ ކުރިން ވެސް ދިރާގުން ވަނީ ތަފާތު އެކި ހަރަކާތްތައް ހިންގާފައެވެ. އެ ގޮތުން އެކުންފުނިން ގެނެސްދޭ ބައެއް އިސްތިހާރުތަކުގައި ތިމާވެއްޓާ ގުޅޭ މެސެޖްތައް ހިމަނާފައި ވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ދިރާގުން ދެއްކި އިސްތިހާރެއްގައި އިވިގެންދިޔައީ ކަނޑު ރޯ އަޑެވެ. ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރާ އިރު ދިރާގުން ބުރާސްފަތި ދުވަހު ނެރުނު ވީޑިއޯގައި ކަނޑުން ފޮނުވަނީ މެސެޖެކެވެ.

 

2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޕާލޭ މޯލްޑިވްސްއާ ގުޅިގެން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމަޢުއަށް، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށް ގޮވާލައި ގިނަ ފަހަރު ބޭނުން ކުރެވޭނެ ކޮތަޅު ގެންގުޅުމަށް ބާރުއަޅާފައިވެއެވެ.

 އެގޮތުން ދިރާގުގެ ކޮންމެ މުވައްޒަފަކަށް މި ކަމުގައި އެއްބާރުލުން ދިނުމުގެ ގޮތުން މި ޚާއްޞަ ދުވަހާ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅު ވަނީ ހަދިޔާކޮށްފައެވެ.

މިއީ ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅެއް

ދިރާގުން ބުނީ ކޮތަޅުތައް މުވައްޒަފުންނަށް ހަދިޔާކުރި އެންމެ ބޮޑު މަގުސަދަކީ އެ މުވައްޒަފެއްގެ ފަރުދީ ޒިންމާ އަދާކުރަން ބާރު އަޅައި، ޕްލާސްޓިކު ކޮތަޅު ގެންގުޅުން މަދު ކުރުމަށް އެއްބާރު ލުމުގެ ގޮތުންނެވެ. މީގެ އިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަދި ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅު ބޭނުންކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމުގެ ގޮތުން ދިރާގުން ވަނީ ބައެއް ސުޕަމާކެޓްތަކުން މި ކޮތަޅުތައް ލިބޭނެ ގޮތް ހަމަޖައްސާފައިއެވެ. އަދި ދިރާގު ހެޑް އޮފީސް ލޮބީން އަދި ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރ ބިޝާރާ ޙަމީދު ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. ދިގު މުއްދަތަކަށް ދިރާގުން ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމުގެ ނުރަގަނޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކުންފުނީގެ ސީއެސްއާރްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް