23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ފުޓުބޯޅަ

ގާނާގެ ފުޓުބޯޅަ އެސޯސިއޭޝަން އުވާލައިފި!

  • އެސޯސިއޭޝަންގެ އިސް ފަރާތައް ރިޝްވަތު ނަގާ މަންޒަރު ފެންނަ ޑޮކިއުމެންޓްރީއެއް ވަނީ އާންމުވެފަ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 8 ޖޫން 2018 | ހުކުރު 14:34 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ގާނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ވެސީ ޔަންތަކްޔީ -- އޭޕީ

ގާނާއިން އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން އުވާލައިފިއެވެ.

ގާނާގެ ސަރުކާރުން މިގޮތަށް ނިންމީ ގާނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސްވެސް ހިމެނޭ ގޮތަށް، އެ އެސޯސިއޭޝަންގެ އިސް ފަރާތައް ރިޝްވަތު ނަގާ މަންޒަރު ފެންނަ ޑޮކިއުމެންޓްރީއެއް އާންމު ވުމާއި ގުޅިގެންނެވެ.

ގާނާގެ މަޝްހޫރު އިންވެސްޓިގޭޓިވް ޖަރނަލިސްޓް، އަނަސް އަރެމިޔައު އަނަސް، 'ވެން ގްރީޑް އެންޑް ކޮރަޕްޝަން ބިކަމް ދި ނޯމް' ގެ ނަމުގައި ތައްޔާރުކޯށްފައިވާ 2 ގަޑިއިރުގެ މި ޑޮކިއުމެންޓްރީ އާންމުކޮށްފައިވަނީ މި ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. އޭގެ ކުރިން، މޭ މަހު އޭނާ ވަނީ އެ ޑޮކިއުމެންޓްރީ ކަމާއިބެހޭ ފަރާތްތަކާއިވެސް ހިއްސާކޮށްފައެވެ.

މި ޑޮކިއުމެންޓްރީގައި ގާނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ވެސީ ޔަންތަކްޔީވެސް ރިޝްވަތު ހިފާތަން ފެނިގެންދާއިރު މި މައްސަލައާއި ގުޅިގެން އޭނާ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ގާނާގެ ފުޓުބޯޅަ އެސޯސިއޭޝަން އުވާލުމުގެ ކުރިން އެ އެސޯސިއޭޝަނުން ވަނީ މި މައްސަލައިގެ ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ފުޓުބޯޅަ ޖަމުޢިއްޔާ، ފީފާގެ ކައުންސިލްގައިވެސް ހިމެނޭ ޔަންތަކްޔީ، ހޮޓަލެއްގެ ކޮޓަރިއެއްގައި ގާނާގެ ފުޓުބޯޅަ ޓީމު ސްޕޮންސަރ ކުރަން ބޭނުންވާ ކަމަށް ބުނާ ވިޔަފާރިވެރިއެއްގެ އަތުން 65،000 އެމެރިކާ ޑޮލަރުގެ ރިޝްވަތު ހިފާ މަންޒަރު މި ޑޮކިއުމެންޓްރީގައި ވަނީ ދައްކާފައެވެ.

މި މައްސަލައާއި ގުޅިގެން ގާނާގެ އިންފޯމޭޝަން މިނިސްޓަރ މުސްޠަފާ ޢަބްދުލްހާމިދު ވިދާޅުވީ ޑޮކިއުމެންޓްރީން ހާމަވި ކަންކަމައި ގުޅިގެން ގާނާގެ ސަރުކާރު ސިހިފައިވާ ކަމަށާއި، މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެންނާއި ދެކޮޅަށް ޖިނާއީ ތަހުޤީޤުތައް ހިންގާނެ ކަމަށެވެ.

ގާނާގެ ފުޓުބޯޅަ އެސޯސިއޭޝަން އުވާލުމާއި ގުޅިގެން އެޤައުމުގެ ފުޓުބޯޅަ އާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް ވަގުތީ އިންތިޒާމެއް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށްވެސް މިނިސްޓަރ ޢަބްދުލްހާމިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް