14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

އިގިރޭސިވިލާތުގެ މިސްކިތެއް

އިގިރޭސިވިލާތުގެ މިސްކިތަކުން ޒަކާތުގެ ގޮތުގައި ކްރިޕްޓޯ ކަރަންސީ ގަބޫލު ކުރަން ފަށައިފި

  • ބިޓްކޮއިންނާއި އިތީރިއަމް ޒަކާތުގެ ގޮތުގައި ދެއްކޭ
  • ޒަކާތުގެ ފައިސާ ބޭނުން ކޮށްގެން މިސްކިތް މަރާމާތު ކުރާނެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 8 ޖޫން 2018 | ހުކުރު 14:22 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ބިޓްކޮއިންގެ ލޯގޯ: މިއީ ކްރިޕްޓޯ ފައިސާގެ ވައްތަރެއް -- ރޮއިޓަރސް

ފުރަތަމަ ފަހަރަށް އިގިރޭސިވިލާތުގެ މިސްކިތަކުން ޒަކާތުގެ ގޮތުގައި ކްރިޕްޓޯ ކަރަންސީ (ބިޓްކޮއިނާއި އިތީރިއަމް: އިންޓަނެޓް ޒަރިއްޔާއިން ބޭނުން ކުރާ ފައިސާއެއް) ގަބޫލު ކުރަން ފަށައިފިއެވެ. ބެލެވޭ ގޮތުގައި މިއީ ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ޒަކާތުގެ ފައިސާ ކްރިޕްޓޯ ކަރަންސީ އިން ބަލައިގަތް ފަހަރެވެ.

"މަސްޖިދް ރަމަޟާން" ހުންނަ އިރުމަތީ ލަންޑަން ސިޓީގެ އާދަކާދައިގެ ގޮތުން ޒަކާތް ދެއްކުން ހަމަޖެހިފައި އޮންނަނީ އިސްލާމިކް އޯގަނައިޒޭޝަނަކަށް ނުވަތަ މިސްކިތަކަށެވެ. އެހެން ނަމަވެސް މިސްކިތް ހުރި ސަރަހައްދަށް ވުރެ މުއްސަދި ބަޔަކަށް ޒަކާތް ދެއްކުމުގެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި މިސްކިތުން ވަނީ ކްރިޕްޓޯ ކަރަންސީ ގަބޫލު ކުރަން ނިންމާފައެވެ. އެއާ އެކު މިސްކިތުން ވަނީ އެފައިސާ ފޮނުވަން ޚާއްސަ އެކައުންޓެއް ވެސް ގާއިމްކޮށްފައެވެ. މިސްކިތުން ބުނީ މިގޮތަށް ލިބޭ ޒަކާތު ފައިސާ އިން އަވަސް ގޮތެއްގައި މިސްކިތުގައި މަރާމާތު ކުރަން ޖެހޭ ތަންތަން މަރާމާތު ކުރާނެ ކަމަށެވެ. މިއީ މަސްޖިދް ރަމަޟާން އިން ކްރިޕްޓޯ ކަރަންސީ އިން ޒަކާތް ދެއްކުމަށް ހުޅުވާލުމުގެ ދެވަނަ މަގްސަދެވެ.

މިސްކިތުން ގާއިމް ކުރި މި ނިޒާމުގެ ސަބަބުން، ދުނިޔޭގެ ބޭންކުތަކުން ފުރަން ޖެހޭ ފޯމްތަކާއި ސޮއި ކުރަން ޖެހޭ ލިޔެ ކިއުންތައް ނުފުރައި ސީދާ އެ މިސްކިތުގެ އެ ކަމަށް ހަދާފައިވާ އެކައުންޓަށް އެއްވެސް ހުރަހަކާ ނުލައި ކްރިޕަޓޯ ކަރަންސީ ޖަމާ ކުރެވޭނެއެވެ.

މިސްކިތުގެ އަމާޒަކީ މި ވަސީލަތް މެދުވެރި ކޮށް ޒަކާތުގެ ގޮތުގައި ދިހަ ހާސް ޕައުންޑް (13،417.75 ޑޮލަރު) ހޯދުމެވެ. މިސްކިތަށް ކްރިޕްޓޯ ކަރަންސީ ފޮނުވަން ބޭނުންވާ ފަރާތްތަކުން ރަމަޟާން މިސްކިތުގެ ވެބްސައިޓްގައިވާ ކިއު.އާރް. ކޯޑް ސްކޭން ކުރުމުން ހުޅުވޭ އެކައުންޓް ނަންބަރަށް ފޮނުވުމުން މިސްކިތަށް ފައިސާ ލިބޭނެއެވެ. ކްރިޕްޓޯ ކަރަންސީ ފޮނުވާ އެކައުންޓަކީ "ޓުރާންސްޕޭރެންޓް" އެކައުންޓެއް ކަމަށް މިސްކިތުން ބުނެއެވެ. އެހެން ކަމުން އެއްވެސް ކަހަލަ މަކަރެއް ހެދުމުގެ ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީން ކަން ވެސް މިސްކިތުން ދެއެވެ.

ކްރިޕްޓޯ ކަރަންސީ ގެންގުޅޭ ކުންފުންޏެއްގެ ވެރިއެއް ވިދާޅުވީ ދުނިޔޭގައި މުސްލިމުންގެ އަދަދު ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބަޔަށް އަރާ ކަމަށެވެ. އެހެން ކަމުން ދުނިޔޭގެ މުސްލިމުން ބިޓްކޮއިންގެ އެއް އިންސައްތަ ގެންގުޅުނު ކަމުގައި ވީނަމަވެސް ގާތް ގަނޑަކަށް އެއީ 1.04 ބިލިއަން ޕައުންޑް ކަމަށެވެ. އެއިން ޒަކާތް ދައްކަން ޖެހޭ ނިސްބަތަށް ބަލާއިރު އެއީ ގާތް ގަނޑަކަށް 26 މިލިއަން ޕައުންޑް ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން ބިޓް ކޮއިން އިން ޒަކާތް ދެވޭނެ ގޮތެއް ނަހަދައި ހުރި މީހުނަށް އެ ގެއްލެނީ ބޮޑު އެއްޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މިހާތަނަށް ރަމަޟާން މިސްކިތަށް ވަނީ 2000 ޕައުންޑްއަށް ވާ ވަރަށް ޒަކާތުގެ ގޮތުގައި ކްރިޕްޓޯ ކަރަންސީ ލިބިފައެވެ. އެ މިސްކިތުގެ އަމާޒު ހަމަވުމަށް އަދި 8000 ޕައުންޑް ބޭނުންވެއެވެ.

ދުނިޔޭގެ ބައެއް މުސްލިމް އިލްމުވެރިން ދަނީ ކްރިޕްޓޯ ކަރަންސީ ބޭނުންކުރުމާ މެދު ސުވާލު އުފައްދަމުންނެވެ. އިލްމުވެރިން ވަނީ މި ކަރަންސީއަކީ ސަރުކާރެއްގެ ނުވަތަ ބައެއްގެ ދަށުގައިވާ އެއްޗެއް ނޫން ކަން ފާހަގަ ކުރައްވައި މިއެއްޗެހި ގަވައިދާ ޚިލާފަށް ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވެ ފައެވެ. އަދި މީއްޗެހީގެ އަގަކީ ހިފެހެއްޓިފައިވާ އެއްޗެއް ނޫން ކަމަށާއި އެއްދުވަހު ދަށުގައި ހުރެފައި އަނެއް ދުވަހު އޭގެ އަގު މާ މައްޗަށް އަރާ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް