| 14 ޖެނުއަރީ 2017 | ހޮނިހިރު 22:42 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޔުނައިޓެޑް ވޯލްޑް ކޮލެޖް ސްކޮލަޝިޕްގައި ބައިވެރިވުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރާއްޖެ ޓީވީއަށް މައުލޫމާތު ދެމުން ޔޫޑަބްލިޔުސީގެ މާލޭ ގޮފިން ބުނި ގޮތުގައި މިއަހަރު ސްކޮލަޝިޕްގެ ފުރުޞަތު ހަމަވާނީ ޖެނުއަރީ 26ގެ ނިޔަލަށެވެ.
ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕަކީ 2000 ވަނަ އަހަރުން ފެށިގެން އޯލެވެލް އިންތިހާނު ނިންމާ ދިވެހި ދަރިވަރުންނަށް އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީތެރިކަމާއެކު ޚާއްސަކުރެވިގެން ކުރިއަށް ގެންދާ ސްކޮލަރޝިޕް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ގްރޭޑް 10 ނިންމައި ސްކޮލަޝިޕަށް ހޮވޭ ދަރިވަރަކަށް މަތީ ސާނަވީ ތަޢުލީމު ޔުނައިޓެޑް ވޯލްޑް ކޮލެޖެއްގައި ފުރިހަމަ ކުރުމަށް ފުރުޞަތު ލިބެއެވެ.
ޔޫޑަބްލިޔޫސީގައި ދަރިވަރުން ފުރިހަމަ ކުރާނީ އިންޓަރނޭޝަނަލް ބެކަލޯރިއޭޓް (އައި.ބީ) ޑިޕްލޮމާއެވެ. އައިބީ އަކީ އޭލެވެލް އާއި އެއް ފެންވަރުގެ އަދި ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކެއްގައިވެސް ޤަބޫލުކުރާ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ދެ އަހަރުގެ ކޯހެކެވެ.
ޔޫޑަބްލިޔޫސީއަކީ 1962 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ހަމަޖެހުމަށާއި އެއްބަޔަކު އަނެއްބަޔަކާ ސުލްހަވެރިކަމާއެކު ދިރިއުޅުމަށް ބާރުއެޅުމަށް ތަޢުލީމަކީ ބިންގަލެއް ކަމުގައި ދެކި މަތީ ސާނަވީ އުމުރުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން އުފެއްދި ސްކޫލްތަކެކެވެ. މިއަދު ދުނިޔޭގެ އެކި ޤައުމުތަކުގައި ޖުމްލަ 17 ކޮލެޖް ހުރެއެވެ.
2001 ވަނަ އަހަރުން ފެށިގެން ޖުމްލަ 45 ދިވެހި ދަރިވަރުން ވަނީ ފުލް ސްކޮލަޝިޕްގައި ޔޫޑަބްލިޔޫސީތަކުގައި ތަޢުލީމު ޚާސިލްކޮށްފައެވެ. ޔޫޑަބްލިޔޫސީގެ 2 އަހަރު ފުރިހަމަކުރުމަށްފަހު ހުރިހާ ދިވެހި ދަރިވަރުންނަށްވެސް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލަޝިޕް ލިބިފައިވެ އެވެ. މިއީ ދިވެހި ސަގާފަތާއި އާދަކާދަތައް ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ތަމްސީލުކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި ޔޫޑަބްލިއުސީގައި ދިވެހި 4 ދަރިވަރުން މިހާރުވެސް ތައުލީމު ހާސިލުކުރަމުންދާ ކަމަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން ބުނެ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް