20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ބޮލީވުޑް

ޖާންވީގެ 'ދަޅަކް' ގެ އައު ޕޯސްޓަރެއް ނެރެފި

  • މި ފިލްމްގެ ޓްރެއިލާ ވެސް ވަރަށް އަވަހަށް ރިލީޒް ކުރާނެ
  • ޕޯސަޓަރުން ދެ މީހުންގެ ލޯބީގެ އަސަރުގަދަ ޖަޒުބާތު ދައްކުވައިދޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 ޖޫން 2018 | ހުކުރު 11:42 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އިޝާން އާޢި ޖާންވީ -- ގޫގުލް

ސްރީ ދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު އާއި އިޝާން ކައްތަރު ބޮލީވުޑަށް ނިކުންނަ ފިލްމު "ދަޅަކް" ގެ އާ ޕޯސްޓަރު އާންމުކޮށްފިއެވެ.

މި ޕޯސްޓަރ ރިލީޒް ކޮށްފައިވާކަން ހާމަކޮށް ކަރަން ޖޯހަރު ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ މި ފިލްމްގެ ޓްރެއިލާ ވެސް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށެވެ.

ހުދު ހެދުމެއްގައި ދެ މީހުން ތިބި އިރު ދެމީހުންގެ އަތުގައި ކުލަ ހޭކިފައިވާ ކުލަގަދަ މި ޕޯސަޓަރުން ދެ މީހުންގެ ލޯބީގެ އަސަރުގަދަ ޖަޒުބާތު ދައްކުވައިދެއެވެ.

މި ފިލްމު ޑައިރެކްޓަރަކީ ކަރަން ޕްރޮޑިއުސްކުރި ކާމިޔާބު ދެ ފިލްމެއް ކަމަށްވާ "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ބަދްރިނާތްކީ ދުލްހަނިޔާ" ވެސް ޑައިރެކްޓްކޮށްފައިވާ ޝަޝަންކް ކެއިތަންއެވެ.

"ދަޅަކް" އަކީ މަރާޓީ ބްލޮކްބާސްޓާ ފިލްމު "ސައިރާތް" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މިދިޔަ ފެބްރުއަރީ މަހު ޖާންވީގެ މަންމަ ސްރީދޭވީ ކުއްލި ގޮތަކަށް ދުބާއީގައި މަރުވި ނަމަވެސް، އެހިތާމަވެރި ވަގުތުގައި ވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖާންވީ ވަނީ ފިލްމްގެ ޝޫޓިންތައް ފަށާފައެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އޭނާގެ ފުރަތަމަ ފިލްމް "ދަޅަކް" ގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް