16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފްރެންޗް އޯޕަން

ފްރެންޗް އޯޕަން: ސެމީގެ ޖާގައެއް ނަޑާލް ކަށަވަރުކޮށްފި

  • ނަޑާލް ވަނީ ޝްވަޓްޒްމަން ތިން ސެޓު އެއް ސެޓުން ބަލިކޮށް ސެމީއަށް ދަތުރުކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ޖޫން 2018 | ބުރާސްފަތި 19:47 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ނަޑާލް ކުޅުނު މެޗުގެ ތެރެއިން -- ގެޓީ އިމޭޖާސް

ކްލޭ ކޯޓުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގެ ސެމީ ފައިނަލުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށް ސްޕެއިންގެ ރަފައޭލް ނަޑާލް ޖާގަ ހޯދައިފިއެވެ.

މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ނަޑާލް ވަނީ 11 ވަނައަށް ސީޑުކުރެވިފައިވާ އާޖެންޓީނާގެ ޑިއޭގޯ ޝްވަޓްޒްމަން ތިން ސެޓު އެއް ސެޓުން ބަލިކޮށް ސެމީއަށް ދަތުރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ޝްވަޓްޒްމަން ގެންދިޔައިރު ނަޑާލް ވަނީ ފަހުން ކުޅުނު ތިން ސެޓު 6-3، 6-2 އަދި 6-2 އިން ކާމިޔާބުކޮށްފައެވެ. މި މެޗު ވާރޭވެހުމުގެ ސަބަބުން ލަސް ވެސް ކުރެވުނެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނަޑާލް ބުނީ މެދުކަނޑާލުމުން ފައިދާކުރި ކަމަށާއި މުބާރާތް ކާމިޔާބުކުރުމަކީ އުއްމީދެއް ކަމަށެވެ.

ސެމީ ފައިނަލުގައި ނަޑާލް ނުކުންނާނީ ފަސްވަނައަށް ސީޑުކުރެވިފައިވާ ހުއާން މާޓިން ޑެލްޕޮޓްރޯއާއި ދެކޮޅަށެވެ. ޑެލްޕޮޓްރޯ ސެމީއަށް ދަތުރުކުރީ ތިންވަނައަށް ސީޑުކުރެވިފައިވާ ކްރޮއޭޝިއާގެ މަރިން ޗިލިޗް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ޑެލްޕޮޓްރޯ ގެންދިޔައިރު ދެވަނަ ސެޓު 7-5 އިން ގެންދިޔައީ ޗިލިޗްއެވެ. މި މެޗު ޑެލްޕޮޓްރޯ ގެންދިޔައީ ފަހުން ކުޅުނު ދެ ސެޓު 6-3 އަދި 7-5 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ދެވަނަ ސެމީގައި ކުޅޭނީ 7 ވަނައަށް ސީޑުކުރެވިފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އަދި އިޓަލީގެ މާކޯ ސެޗިނާޓޯއެވެ.  

މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ނަޑާލް ނުކުންނާނީ 11 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް