18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ހަސަން ލަތީފުގެ ކެމްޕެއިން

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

 • ހަތް ރަށަކަށް ވަޑައިގެންނެވި
 • ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިދާނެތީ މެމްބަރުން ކަންބޮޑުވޭ
 • އިތުރު އަތޮޅުތަކަށް ވަޑައިގަތުމަށް ވަނީ ރާއްވަވާފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 14 ޖެނުއަރީ 2017 | ހޮނިހިރު 21:15 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
 4. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
 5. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 6. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 7. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


ޅ. ކުރެންދޫގައި ހަސަން ލަތީފު އެމްޑީޕީގެ ސަޕޯޓަރުންނާ ހޮނިހިރު ދުވަހު ބައްދަލުކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ނ. އަތޮޅާއި ޅ. އަތޮޅަށް ކުރި ދަތުރުން އެނގިގެން ދިޔަ އެންމެ މުހިއްމު ކަމަކީ އެމްޑީޕީގެ އާއްމު މެންބަރުންނާއި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް އިތުރު ކުރަން ޖެހިފައިވުން ކަމަށް ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅާ ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަސަން ލަތީފު ވިދާޅުވީ، މި ދަތުރުން ވަރަށް މުހިއްމު ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމާ މެދު އާއްމު މެންބަރުންގެ ގިނަ ބަޔަކުގެ މެދުގައި ސުވާލު އުފެދިފައިވާކަން އެނގިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އާއްމު މެންބަރުންނަށް އެކަމާ މެދު އުފެދިފައިވާ ސުވާލުތައް ވަރަށް ބޮޑަށް ސާފުކޮށްދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ވަރަށް ހަރަކާތްތެރި ޕާޓީ އަކަށްވާއިރު އޭނާ  ޗެއާޕާސަންގެ މަޤާމަށް ވަޑައިގެން އަތޮޅުތަކުގެ އެމްޑީޕީ ގޮފިތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދާނެ ކަމަށެވެ.

މިދަތުރުފުޅުގައި ހަސަން ލަތީފު ވަނީ ދެ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންފަ އެވެ. އެގޮތުން ނ. އަތޮޅު ކުޑަފަރި، މަނަދޫ، މިލަދޫގެ އިތުރުން ވެލިދޫ އަށް ވަޑައިގަތެވެ. އަދި ޅ. ހިންނަވަރާއި ނައިފަރުގެ އިތުރުން ކުރެންދޫ އަށް ވަަޑައިގަތެވެ. މި ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހަސަން ލަތީފު ވަނީ އެމްޑީޕީގެ އާއްމު މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ މެމްބަރުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ވަނީ ހޯއްދަވާފައެވެ. 

ހަސަން ލަތީފު ވިދާޅުވީ، މިފަދަ ދަތުރެއްގެ ސަބަބުން އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ. މިއީ އެ މަނިކުފާނުގެ ކެމްޕެއިން ދަތުރެއް ކަމުގައިވީ ނަމަވެސް ދަތުރުގެ ސަބަބުން މުޅި އެމްޑީޕީގެ ހިންގުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ލަތީފު ވިދާޅުވީ، ނ. އަތޮޅާ ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގައި އާއްމު މެންބަރުންގެ ތަރުހީބު ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު އަތޮޅުތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ދަތުރުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބަށް އާއްމު މެންބަރުން އަހްލުވެރި ކުރެވިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް