22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޓްރާންސްފާ މާކެޓް

ބަޔާންގައި މަޑުކުރަން އަލަބާ ވައުދުވެއްޖެ

  • އަލަބާ ބުނީ 2021 ވަނަ އަހަރާ ހަމަޔަށް ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ޖޫން 2018 | ބުރާސްފަތި 19:03 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ޑޭވިޑް އަލަބާ -- އޭޕީ

ބަޔާން މިއުނިކްގައި މަޑުކުރުމަށް އެޓީމަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ވައުދުވެއްޖެއެވެ.

އަލަބާގެ މުޅި ކެރިއަރު ވެސް އޭނާ ހޭދަކޮށްފައި ވަނީ ބަޔާންގައެވެ. އެ ޓީމާއެކު އޭނާ ހަތް ބުންޑެސްލީގާ ކާމިޔާބުކޮށްފައިވާއިރު ފާއިތުވެދިޔަ ސީޒަންތަކުގައި އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތްކޮށްފައި ވެއެވެ. ހަމަ އެގޮތަށް މި ޓްރާންސްފާ މާކެޓުގައި ވެސް ރެއާލް އިން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރެއާލްއިން އޭނާ އެންމެ ހޯދަން ބޭނުންވަނީ އޭނާއަކީ އެކި މަގާމްތަކަށް ކުޅުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިޔަކަށް ވާތީއެވެ.

ޖަރުމަނުގެ އެންމެ ބޮޑު ކުޅިވަރު މަޖައްލާ ކަމަށްވާ ސްޕޯޓް ބިލްޑާ ވާހަކަ ދައްކަމުން އަލަބާ ބުނީ ބަޔާންގައި މަޑުކުރާނެ ކަމަށާއި 2021 ވަނަ އަހަރާ ހަމަޔަށް އެ ޓީމާއެކު ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށެވެ. އޭނާ ބުނީ ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި ބަޔާންގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ބަޔާންއާ އެކު އަލަބާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދިތާ ފަސް އަހަރު ފުރިފައިވާއިރު މިދިޔަ ސީޒަނުގައި ވެސް އެ ޓީމު ކެޓީ ސެމި ފައިނަލުންނެވެ. އެކަމަށް އިޝާރާތްކޮށް އަލަބާ ބުނީ މިހާރު ބަޔާންގައި އޮތް ސްކޮޑާ އެކު ވަރަށް ދުރަށް ދަތުރުކުރެވޭނެ ކަމަށާއި އައު ކޯޗަކު ހުރި ކަމުގައި ވިޔަސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެކަން މީގެ ކުރިން ވެސް ފެނިފައިވާ ކަމަށެވެ.

މީގެ ކުރިން އުމުރުން 25 އަހަރުގެ އަލަބާގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ކަމަށްވާ ޖޯޖް އަލަބާ ބުނީ އަލަބާ ހޯދުމަށް އަބަދު ވެސް ރެއާލްއިން ބޭނުންވާކަން އެއީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށާއި އެހެން ނަމަވެސް މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ އަލަބާ ޖެހޭނީ ސީޒަން ނިމެން ދެން މަޑުކުރަން ކަމަށާއި މިވަގުތަކީ ޓްރާންސްފާގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ކަމުގައި ނުދެކޭ ކަމަށެވެ.

ބަޔާންއާއެކު އަލަބާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތެވެ. ބެލެވޭ ގޮތުގައި ބަޔާންއިން އަލަބާ ވިއްކާލާނީ ބޮޑު އަގެއްގައެވެ. އަލަބާ ހޯދުމަށް ރެއާލްގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީ އިން ވެސް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޔާންގެ އެކަޑަމީ އިން ތަމްރީންވި އަލަބާ ވަނީ އެ ޓީމަށް 300 މެޗު ކުޅެދީ 26 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ޖުމްލަ 14 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަލަބާއަކީ އޮސްޓްރިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ފަހަރަ ހޯދާފައިވާ ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް