18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ފީފާ ވޯލްޑް ކަޕް 2018

އަހަރެމެންނަކީ ފެވަރިޓުންނެއް ނޫން، ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުމެދާނެ: ރޮނާލްޑޯ

  • ޔޫރޯގެ ތަށި ޕޯޗުގަލްއިން ކާމިޔާބުކުރިއިރު އެކަން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށް
  • އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރާނެ ކަމަށް ރޮނާލްޑޯ ބުނި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ޖޫން 2018 | ބުރާސްފަތި 18:07 | |

މަގުބޫލް

  1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  4. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  5. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  6. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  7. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  8. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!


ް ޕޯޗުގަލްގެ ގައުމީ ޓީމުގެ ޝަރަފުގައި އެގައުމުގެ ރައީސް މާސެލޯ ރެބޭލޯ ޑެސޫޒާ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސޯޝަލް މީޑިއާ

ޕޯޗުގަލްއަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ފެވަރިޓުން ނޫން ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުތުމަކީ ވެދާނެ ކަމެއް ކަމަށް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ޔޫރޯގެ ތަށި ޕޯޗުގަލް އިން ކާމިޔާބުކުރި އިރު އެކަން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ރޮނާލްޑޯ ޓީމާ ގުޅުނުތާ މާ ގިނަ ދުވަސް ނުވި ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ އަލްޖީރިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅޭނެއެވެ.

ރަޝިއާއަށް ފުރުމުގެ ކުރިން ޕޯޗުގަލްގެ ގައުމީ ޓީމުގެ ޝަރަފުގައި އެގައުމުގެ ރައީސް މާސެލޯ ރެބޭލޯ ޑެސޫޒާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ހުރިހާ ކުޅުންތެރިންނާއި ޓެކްނިކަލް ޓީމު ވެސް ވޯލްޑް ކަޕަށްދާނީ ގިނަ އުއްމީދުތަކާ އެކު ކަމަށެވެ. އޭނާ ބުނީ މިފަހަރުގެ ފެވަރިޓުންގެ ތެރޭގައި ޕޯޗުގަލް ނުހިމެނޭ ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުތުމަކީ ވެދާނެ ކަމެއް ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އޭނާ ބުނީ ހުރިހާ ކޮންމެ މެޗަކަށް ވެސް ވިސްނަން ޖެހޭނީ ވަކިވަކިން ކަމަށާއި ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ. އެ މެޗާއި ހުރިހާ ކުޅުންތެރިން ވެސް އިތުބާރާ އެކު ކުރިމަތިލައިފި ނަމަ އެ މެޗު ކާމިޔާބު ކުރެވޭނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ. އޭނާ ބުނީ 2016 ވަނަ އަހަރުގެ ޔޫރޯއެކޭ އެއްފަދައިން އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރާނެ ކަމަށާއި ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް ހުރިހާ ކުޅުންތެރިން ވެސް ގަބޫލުކުރާ ކަމަށެވެ.

ޕޯޗުގަލްގެ ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ހުރިހާ ކުޅުންތެރިން ވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެންމެ މޮޅު ކުޅުން ދައްކައި ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ހިމެނިފައިވަނީ ސްޕެއިން އަދި މޮރޮކޯގެ އިތުރުން އިރާނާއެކު ގްރޫޕް ބީގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އަންނަ ހަފްތާގެ ހުކުރު ދުވަހު ޕޯޗުގަލް ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖޫން މަހުގެ 20 ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު ތިންވަނަ މެޗުގައި ޖޫން މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ އިރާނާ ދެކޮޅަށެވެ.

މިއީ ޕޯޗުގަލް ކުޅޭ ހަތްވަނަ ވޯލްޑް ކަޕަށްވާއިރު އެ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދުމެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްގެ ކަޕްގައި ޕޯޗުގަލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް