22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ފީފާ ރޭންކިން

ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ވެއްޓުމެއް، ސްޕެއިން ވެސް ފަހަތަށް

  • ރާއްޖެއަށް ދެ ދަރަޖައިގެ ވެއްޓުމަކާ އެކު މިފަހަރު ލިބިފައި ވަނީ 150 ވަނަ
  • ސާފް ސަރަހައްދުގެ އެއްވަނައިގައި އޮތީ 97 ވަނައިގައި އޮތް އިންޑިއާ
  • ސްޕެއިން ވެސް ވަނީ ދެ ދަރަޖަ ފަހަތަށް ވެއްޓިފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ޖޫން 2018 | ބުރާސްފަތި 17:42 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު -- އެފްއޭއެމް

ފީފާ ރޭންކިންގައި ރާއްޖެ ދެ ދަރަޖަ ފަހަތަށް ޖެހުނުއިރު ވޯލްޑް ކަޕްގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިން ވެސް ދެ ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ވެއްޓުމަކާ އެކު މިފަހަރު ލިބިފައި ވަނީ 150 ވަނައެވެ. އިންޑިއާގެ ރޭންކިންއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ އިރު އެ ޓީމު އޮތީ އަދިވެސް 97 ވަނައިގައެވެ. ސާފް ސަރަހައްދުގެ އެއްވަނަ އާއި ދެވަނަ އިންޑިއާ އަދި ރާއްޖެއިން ހޯދިއިރު މި ސަރަހައްދުގެ ތިންވަނައިގައި ރޭންކް ކުރެވިފައި އޮތީ 161 ވަނައިގައި އޮތް ނޭޕާލްއެވެ. ބޫޓާނަށް 183 ވަނަ ލިބޭއިރު ބަންގްލަދޭޝް ރޭންކް ކުރެވިފައި ވަނީ 194 ވަނައިގައެވެ. ސްރީ ލަންކާއަށް 200 ވަނަ ލިބޭއިރު މިފަހަރު ވެސް އެންމެ ދަށުން ރޭންކް ކުރެވިފައި ވަނީ ޕާކިސްތާނެވެ.

ފީފާ ރޭންކިންގެ އެއްވަނަ 1533 ޕޮއިންޓާއެކު ޖަރުމަނުން ދިފާއުކުރިއިރު ދެވަނައިގައި އޮތީ ބްރެޒިލްއެވެ. ޕޯޗުގަލް އަށް ހަތަރު ވަނަ މަގާމު ގެއްލިފައިވާއިރު އެ ޓީމު ފަހަތަށް ޖައްސާލުމަށް ފަހު ބެލްޖިއަމްއިން ވަނީ ތިންވަނަ މަގާމަށް ޖެހިލާފައެވެ. އާޖެންޓީނާ ފަސްވަނައަށް ވެއްޓުނުއިރު ސްވިޓްޒަލޭންޑް ވަނީ ހަވަނައަށް ޖެހިލާފައެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ފްރާންސް ހަތްވަނައަށް ޖެހިލިއިރު ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ޕޮލެންޑް ވަނީ އަށް ވަނައަށް ޖެހިލާފައެވެ. ޗިލީއަށް ނުވަވަނަ ލިބޭއިރު ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ސްޕެއިން އޮތީ ދެ ދަރަޖައިގެ ވެއްޓުމަކާ އެކު 10 ވަނައިގައެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 21 ވަނަ ލިބުނު ޓިއުނީޝިއާއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 15 ވަނައިގައި އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 36 ވަނައިގައި ރޭންކް ކުރެވިފައިވާ އޮސްޓްރޭލިއާއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 120 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ އަޒެރްބައިޖާންއެވެ. އެ ޓީމުން ވަނީ 21 ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ 105 ވަނައަށް ޖެހިލާފައެވެ. މިފަހަރުގެ ރޭންކިންގައި 23 ދަރަޖައިގެ ވެއްޓުމަކާ އެކު އެންމެ ބޮޑު ވެއްޓުމެއް ލިބުނީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ ގުޔާނާއަށެވެ.  މިފަހަރުގެ ރޭންކިންގައި އެޓީމު އޮތީ 182 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް