19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ފުޓްބޯޅަ

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

 • ކޯޑޯސް މާޒިޔާއާ ގުޅުނީ އެއް އަހަރަށް
 • ބޭނުންވަނީ މާޒިޔާގައި ވަރުގަދަ ކުޅުމެއް ކުޅުމަށް ދައްކަން
 • ރާއްޖެ އައީ މޫދަށް އެރުމަކަށް ނޫން
ނާފިއު ރަޝީދު | NaphiuR

| 14 ޖެނުއަރީ 2017 | ހޮނިހިރު 20:36 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
 3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
 6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
 8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


މާޒިޔާ އަށް އަލަށް ގުޅުނު ރޫމޭނިއާގެ ޑިފެންޑަރު (ކ)، އެޓީމުގެ ބިދޭސީ ކޯޗު (ވ) -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އުރީދޫ ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ރުމޭނިޔާގެ ޑިފެންޑަރެއް ކަމަށްވާ އަންދްރޭ ކޯޑޯސް ގެނެސްފި އެވެ.

ޔޫރަޕްގެ ގަދަބާރެއް ކަމަށްވާ އިންޓަ މިލާނާ ދެކޮޅަށް ޔޫރޮޕާ ލީގުގައިވެސް ކުޅެފައިވާ ކޯޑޯސް، މާޒިޔާ އަށް ސޮއިކުރީ އެއް އަހަރަށެވެ. 

ރޫމޭނިއާ ފަދަ ވަރުގަދަ ލީގަކުން ރާއްޖެ އަންނަން ބޭނުންވި ސަބަބާ ގުޅޭ ގޮތުން އެގައުމުގެ ނޫސްވެރިންކުރި ސުވާލަކަށް ޖަވާބު ދެމުން ކޯޑޯސް ބުނެފައިވަނީ އޭނާ ރޫމޭނިއާގެ ލީގު ދޫކޮށްލީ ކްލަބްގެ މާލީ ހާލަތު ދަށްވެ ޔަގީންކަން ކުޑަވުމުން ކަމަށެވެ. ރޫމޭނިއާ ލީގަށްވުރެ ބޮޑު އާމްދަނީއެއް މާޒިޔާއިން އޭނާއަށް ލިބޭނެ ކަމަށް ވެސް ކޯޑޯސް ބުންޏެވެ.

އުމުރުން 28 އަހަރުގެ ކޯޑޯސް ބުނީ އޭނާ ބޭނުންވަނީ މާޒިޔާގައި ވަރުގަދަ ކުޅުމެއް ކުޅުމަށްފަހު ދެން އަންނަ އަހަރެއްގައި އޭޝިއާގެ ބޮޑު ކްލަބަކުން ފުރުސަތު ހޯދުން ކަމަށެވެ.

ކޯޑޯސް ބުނީ ރާއްޖޭގައި އޮތީ އަށް ޓީމު ކުޅޭ މެދު ފަންތީގެ ލީގެއް ކަމަށާއި އަދި ހުރިހާ ޓީމެއް ވެސް ކުޅެނީ އެންމެ ސްޓޭޑިއަމެއްގައި ކަން އެނގޭނެ ކަމަށެވެ. ރާއްޖެ އައީ އެ ހުރިހާ ކަމެއް އެނގި ހުރެ ރަނގަޅު ކާމިޔާބެއް ހޯދަން ކަމަށާއި ރާއްޖެ ފަދަ ރީތި ތަނަކަށް އައީ މޫދަށް އެރި ރީތިކަމުން ހިތްހަމަޖެހުން ހޯދަން ނޫން ކަމަށް ވެސް ބުންޏެވެ.

ރޫމޭނިއާގެ ދެ ވަނަ ޑިވިޝަންގެ ބައެއް ކްލަބްތަކުގެ އޮފާތައް ދޫކޮށްލުމަށް ފަހު މާޒިޔާއާ ގުޅުނު ކޯޑޯސް ބުނީ ކޮންޓްރެކްޓުގައި ބާކީ ހަ މަސް އޮއްވާ ޓާގޫ މުރޭސް އިން އޭނާ ރިލީޒްކޮށް ދިނީތީ އެ ކްލަބަށް ޝުކުރުއަދާކުރާ ކަމަށެވެ.

ދެހާސް ފަސް ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި ކޯޑޯސް ވަނީ ޔުނިވާސިޓޭޓް ކްލޫޖްއާއެކު ރޮމީނިއާ ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަންވެސް ކުޅެފައެވެ. 2009 ވަނަ އަހަރުން 2011 ވަނަ އަހަރާއި ދެމެދު ކޯޑޯސް ކުޅެފައިވަނީ އިޓަލީގެ ދެވަނަ ޑިވިޝަންގެ ފޮރޮސިނޯނޭ އަށެވެ.

އިޓަލީ އަށް ފަހު ކޯޑޯސް އެނބުރި ރޫމޭނިއާ އަށް ގޮސް، އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޓާގޫ މުރޭސް އަށް 2010 އިން 2012 އަށް ކުޅުނެވެ. އެއަށް ފަހު 2012 ވަނަ އަހަރު އެގައުމުގެ ވަސްލުއިޖް އަށް ބަދަލުވެ، ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި އިޓަލީގެ ގަދަބާރު، އިންޓަ މިލާނަށް އެ ޓީމުގެ ދަނޑުގައި ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ކުޅުނެވެ.

އެއަށްފަހު އަނެއްކާވެސް ރޫމޭނިއާގެ އެންމެ ކާމިޔާބު އެއް ކްލަބް ޑައިނަމޯ ބުކަރެސްޓާގެ އިތުރުން އޭނާވަނީ ޔޫރޮޕްގެ ޓޮޕް ލެވެލްގައި 144 މެޗު ކުޅެފައެވެ.

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި މާޒިޔާއިން ވަނީ ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ބަދަލުގައި، އެ ޓީމަށް ކުރިން ވެސް ކުޅުނު ކިރްގިސްތާން ގޯލްކީޕަރު ޕަވެލް މަޓިއާޝް ގެނެސްފަ އެވެ.

މީގެ އިތުރުން ސާބިއާ ފޯވާޑެއް ކަމަށްވާ އަލެކްސަންޑަ ރަކިޗް ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް