17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ބޮލީވުޑް

އަނުޝްކާ އާއި ވިރާޓް އެކުގައި ޖިމްގައި!

  • ކާޑިއޯ އެކްސަސައިޒް ކުރަމުންދާ ވީޑިއޯއެއް
  • އޭނާއަށް ވުރެ ގިނައިރު އަނުޝްކާއަށް ކާޑިއޯ ހެދޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ޖޫން 2018 | ބުރާސްފަތި 12:26 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  3. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  4. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  5. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި
  8. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް


ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރުމާ -- ފޮޓޯ : އަޒުމޫން އަހުމަދު

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އާ އޭނާގެ ފިރިމީހާ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ޖިމްގައި ކާޑިއޯ އެކްސަސައިޒް ކުރަމުންދާ ވީޑިއޯއެއް ވިރާޓް ޝެއާ ކޮށްފިއެވެ.

މި ވީޑިއޯގައި ވިރާޓް ވަނީ އަނުޝްކާ ދައްކާލުމަށް ފަހު އޭނާއާއި އެކު ޖިމްގައި ވަނީ ކާކުތޯ އަހާފައެވެ. އަދި ޖިމްގައި ދެމީހުންއެކުގައި  ކަސްރަތު ކުރުމުގައި މަޖާ ވަގުތުކޮޅެއް ހޭދަ ކުރަމުންދާ ކަމަށެވެ. ކުޑަކޮށް މަޖާވެލަފައި ހުރެ ވިރާޓް ބުނެފައިވަނީ އޭނާއަށް ވުރެ ގިނައިރު އަނުޝްކާއަށް ކާޑިއޯ ހެދޭ ކަމަށާއި ކުޅަދާނަ ކަމަށެވެ.

 ވީޑިއޯގައި އަނުޝްކާ ފެނިގެންދަނީ ފަރުވާތެރި ކަމާއި އެކު ހުއްޓާނުލާ ކާޑިއޯ އެކްސަސައިޒް ކުރަމުންދާ މަންޒަރެވެ. .ނަމަވެސް ވިރާޓް ވީޑިއޯ ކުރަމުން ދިއުމުން ހިނި އައިސް " ވަޓް ރަބިޝް" އޭ ބުނެފައިވެއެވެ.

ވިރާޓް އާއި އަނުޝްކާ ކައިވެނި ކުރި ފަހުން އެދެމީހުންގެ ދަނީ އެކުގައި ފޮޓޯތައް ޕޯސްޓް ކުރަމުން ނެވެ. ނަމަވެސް ވީޑިއޯ ޕޯސް ކުރަނީ ވަރަށް މަދުންނެވެ.

މިދެމީހުން ކައިވެނީގެ ސިއްރު ހަފްލާ ބާއްވަފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ 11 ވަނަ ދުވަހު އިޓަލީގައެވެ.

އެއަށް ފަހު އިންޑިއާގެ ދިއްލީ އަދި މުމްބާއީގައި ވަނީ އެމީހުންގެ އާއިލާއަށާއި ރައްޓެހިންނާއި އެކުގައި މަސައްކަތް ކުރާމީހުންނަށް ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި އިނޑިއާގެ ޕްރައިމް މިނިސްޓްރ ނަރެންދްރަ މޯދީ އާއި ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ ބައިވެރި ވެފައެވެ.

އަނުޝްކާ މިހާރު މަސައްކަތްކުރަމުން ދަނީ ވަރުން ދަވަން އާއި އެކު "ސުއި ދާގަ" އަދި ޝާހުރުކްޚާން އާއި އެކު "ޒީރޯ" ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް