17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

 • ކޮފީ ކޮންސެޕްޓްގައި ސްޓާރބަކްސް
 • ފާސްޓްފުޑް ކޮންސެޕްޓްގައި މެކްޑޮނަލްޑްސް ނުވަތަ ކޭއެފްސީ
 • ޕިއްޒާ ކޮންސެޕްޓްގައި ޕިއްޒާ ހަޓް ނުވަތަ ޑޮމިނޯސް
މުހައްމަދު ފަޒީން | phaxyn

| 14 ޖެނުއަރީ 2017 | ހޮނިހިރު 19:36 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
 8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

މެކް ޑޮނަލްޑްސް އާއި ކޭއެފްސީ އަދި ސްޓާބަކްސް ފަދަ ވަރުގަދަ ބްރޭންޑްތައް ރާއްޖެ ގެނައުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވޯޓާ ފްރަންޓް ރެސްޓޯރަންޓްތަކެއްގެ ހިދްމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެކުންފުނިން ހިންގަމުންދާ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައިވާ ޖެޓީ ސަރަހައްދުގައި ކުރާ އިމާރާތުގައި އިންޓަރނޭޝަނަލް ބްރޭންޑްތަކުގެ ތެރެއިން ހަ ބްރޭންޑެއްގެ ރެސްޓޯރަންޓެއް ހިންގަން ނިންމާފައި ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓަރީކުރުމަށް [email protected] އަށް އީމެއިލް ނުވަތަ ސިޓީ ފޮނުއްވުން އެދޭ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ރެސްޓޯރެންޓްތައް ހިންގުމަށް އެދޭ ސުންގަޑިއަކީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ 15:00 ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އޭމްއޭސީއެލްއިން ވޯޓާ ފްރަންޓް ރެސްޓޯރަންޓްގެ ގޮތުގައި ތަރައްގީ ކުރުމަށް އިއުލާންކޮށްފައި ވަނީ 231.00 އަކަމީޓާރުގެ ޖާގަ އެވެ.ކޮފީ ކޮންސެޕްޓްގެ ގޮތުގައި ސްޓާބަކްސް އާއި 80.00 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި ޑޯނަޓް ނުވަތަ ޕޭސްޓްރީ ކޮންސެޕްޓްގައި ޑަންކިން ޑޯނަޓްސް ނުވަތަ ކްރިސްޕީ ކްރީމް އާއި 302.00 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި ކެޒުއަލް ޑައިނިންގ ކޮންސެޕްޓްގައި ނަންޑޯސް ނުވަތަ ހާރޑް ރޮކް ކެފޭ އާއި 171.00 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި ފާސްޓްފުޑް ކޮންސެޕްޓްގައި ކޭއެފްސީ ނުވަތަ މެކް ޑޮނަލްޑްސްގެ އިތުރުން 99.00 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި ޕިއްޒާ ކޮންސެޕްޓްގައި ޑޮމިނޯސް ނުވަތަ ޕިއްޒާ ހަޓް އަދި 14 އަކަމީޓަރުގެ ޖާގައިގެ ބޮޑުމިނުގައި އައިސްކްރީމް ކޮންސެޕްޓްގައި ހާގެންޑަޒްސް ނުވަތަ ބާސްކިން ރޮބިންސް އެވެ.

އެ ބީލަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ބީލަން ފޮތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް