21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރާއްޖެ ސަލާމަތީ މަޖިލީހަށް

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

  • އިންޑޮނީޝިއާއިން މީގެ ކުރިން 3 ފަހަރު މެމްބަރުކަން ކުރި، އެހެންކަމުން މިފަހަރު ރާއްޖެއަށް ފުރުސަތު ދޭނެ
  • ނަސީމްއާއި ޑރ. ޖަމީލް ކުރެއްވި ކެމްޕޭންގެ އަސަރުކުރާނެ
  • އިންޑިއާއަށް ފައިދާ ބޮޑީ ރާއްޖެއަށް ވޯޓު ދީގެން
މިއުވާން މުހައްމަދު | Miuvaan

| 7 ޖޫން 2018 | ބުރާސްފަތި 01:37 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


އދގެ ސަލާމަތީ މަޖިލިސް -- ޔޫއެން ފޮޓޯ

ހުކުރު ދުވަހު ބާއްވާ އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ އިންތިޚާބުގެ ވޯޓު ރާއްޖެއިން ކާމިޔާބު ކުރާނެކަމަށާއި، އިންޑިއާގެ ވޯޓުވެސް ރާއްޖެއަށް ލިބޭނެކަމަށް ރާއްޖެއަށް މިގޮނޑި ކާމިޔާބުކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ކެމްޕޭން ކުރެއްވުމަށް ނިއުޔޯކްގައި މިވަގުތު ހުންނެވި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަވައިގެން ރާއްޖެ.އެމްވީ އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވީ ގޮނޑިއަށް ރާއްޖެއިން ވަރަށް ބޮޑު ކެމްޕޭނެއް ކޮށްފައިވާކަމަށެވެ. އަދި ރާއްޖެއިން މިކެމްޕޭންގައި ދެއްކި ވާހަކަތަކާއި ހުށަހެޅި ކަންކަން ޤައުމުތަކުން ބަަލައިގެންފައިވާކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ހުރިހާ ބައްރަކުންވެސް ތާޢީދު އެބައޮތްކަމަށް ޝައިނީ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކުރިމަތިލާފައިވާ އޭޝިއާ ޕެސިފިކް ގޮނޑިއަށް އިންޑޮނީޝިއާވެސް ކުރިމަތިލާފައިވާތީ ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ޝައިނީ ވިދާޅުވީ ރާއްޖެއާއި އިންޑޮނީޝިއާއަކީ ގާތް ރަހުމަތްތެރި ދެޤައުމުކަމަށެވެ. އަދި އިންޑޮނީޝިއާއަކީ ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމުކަން ފާހަގަކުރައްވަމުން ޝައިނީ ވިދާޅުވީ ކެމްޕޭން ވާދަވެރިކޮށް ދިޔަނަމަވެސް ދެޤައުމުގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާކަމަށެވެ. 

ޝައިނީ ވިދާޅުވީ އދއަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ބައިވެރިވުން އޮންނަ، އެންމެ ޑިމޮކްރެޓިކް ޖަމާޢަތްކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަމަށެވެ. އެހެންކަމުން ރާއްޖެފަދަ ކުޑަ ޤައުމަކަށްވެސް ފުރުސަތު ލިބެން ޖެހޭނެކަމަށް އދގެ މެމްބަރު ޤައުމުތަކުން ޤަބޫލުކުރާކަމަށާއި، އިންޑޮނީޝިއާއިން މީގެ ކުރިން 3 ދައުރެއްގައި އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން އަދާކޮށްފައިވާތީ، މިފަހަރު ރާއްޖެއަށް ފުރުސަތު ދިނުމަށް ޤައުމުތަކުން ވިސްނާނެކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ސަޕޯޓް ދިނުމަށް ވަރަށް ގިނަ ޤައުމުތަކުން ވިސްނާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

ޝައިނީ ނިއުޔޯކަށް ވަޑައިގެން އދގެ އާއްމު މަޖިލީހުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވާ މިރޮސްލާވް ލައިޔެކްއާއި ބައްދަލުކުރެއްވި

ހުކުރު ދުވަހު ބާއްވާ އިންތިޚާބުގައި މިއަހަރުގެ ނިޔަލަށް މުއްދަތު ހަމަވާ 5 ގޮނޑިއަށް މެމްބަރު ޤައުމުތައް އިންތިޚާބުކުރާނެއެވެ. އެއީ އެފްރިކާ، އޭޝިއާ ޕެސިފިކް، ލެޓިން އެމެރިކާ އެންޑް ކެރީބިއަން އަދި ވެސްޓަރން ޔޫރަޕް އެންޑް އަދަރ ގްރޫޕްސްގެ 5 ގޮނޑިއެވެ. އދގެ ސަލާމަތީ މަޖިލިސް އެކުލެވިފައިވާ ގޮތުން ދާއިމީ 5 މެމްބަރު ނޫން އަނެއް 10 މެމްބަރު ޤައުމުތައް ހޮވުމަށް ކޮންމެ އަހަރަކު އިންތިޚާބެއް ބާއްވާއިރު، ކޮންމެ އަހަރަކު 5 ގޮނޑީގެ އިންތިޚާބު ބާއްވައެވެ. ޤައުމުތައް ހޮވަނީ 2 އަހަރުގެ ދައުރަކަށެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ރާއްޖޭގެ އިތުރުން ކުރިމަތިލާފައިވަނީ ރާއްޖޭގެ އިތުރުން އިންޑޮނީޝިއާއެވެ. އަނެއް 4 ގޮނޑިއަށް ކުރިމަތިލާފައިވަނީ ކޮންމެ ގޮނޑިއަކަށް 1 ޤައުމުކަމުން، އެޤައުމުތައް ހޮވިގެންދާނީ ވާދަވެރިކަމެއް ނެތިއެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް އދގެ މެމްބަރު ޤައުމުތަކުގެ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތާޢީދު ބޭނުންވެއެވެ.

ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އެންމެ ފަހުގެ ކެމްޕޭނުގައި ނިއުޔޯކްގައި ތިއްބަވާ ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވަނީ

އޭޝިއާ ޕެސިފިކް ސަރަހައްދު ފިޔަވައި އެހެން ގޮނޑިތަކަށް މެމްބަރުން ކުރިމަތިލާފައިވަނީ އެ މެމްބަރު ޤައުމުތައް ހިމެނޭ ސަރަހައްދުތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު، އެދާއިރާތަކަށް އެހެން ޤައުމުތަކުން ކުރިމަތި ނުލާ ގޮތަށެވެ. ރާއްޖެއިން އޭޝިއާ ޕެސިފިކް ސަރަހައްދަށް ކުރިމަތިލީވެސް ގޮނޑިއަށް މިސަރަހައްދުން ކުރިމަތިލާ ހަމައެކަނި ޤައުމުގެ ގޮތުގައެވެ. އެހެން ނަމަވެސް، ފަހުން އިންޑޮނީޝިއާއިން ޝައުޤުވެރިކަން ފާޅުކުރީއެވެ.

ޝައިނީ ވިދާޅުވީ ގޮނޑިއަށް އެންމެ ފުރަތަމަ ކުރިމަތިލީ ރާއްޖެއިންކަމަށްވީތީވެސް ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. 

"ރާއްޖެ މީގެ 10 އަހަރުކުރިން ވަނީ އެހެން އެއްވެސް ބަޔަކު ކުރިމަތިނުލައި އޮއްވައި ކުރިމަތިލާފައި. އޭގެ 2 އަހަރު ފަހުން އިންޑޮނީޝިއާއިން މިކަމަށް ކުރިމަތިލީ. އެހެންވީމަ އެވެސް ވަރަށް ގިނަ ޤައުމުތަކަކުން ބަލާ ބެލުމެއް. އެހެންވީމަ އަޅުގަނޑުމެންނަށް ބައެއް ފަހަރަށް ކުދި، ބޮޑު، މިގޮތަށް ހިތަށް އެރިކަމުގައި ވިޔަސް، ޔޫއެން ތެރޭގައި އޮންނަ އަންޑަސްޓޭޑިންގ އަކީ ހުރިހާ އެންމެންނަށްވެސް އެއްވަރަކަށް ފުރުސަތު އޮންނަން ޖެހޭނެއޭ. އަނެއްކާ ރޮޓޭޝަން ބޭސިސްގައި ހުރިހާ އެންމެންނަށްވެސް ފުރުސަތު ދޭން ޖެހޭނެއޭ،" ޝައިނީ ވިދާޅުވިއެވެ. 

ރާއްޖެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށްކުރާ މަސައްކަތުގައި ކުރިމަތިލާން ޖެހެނީ ހަމައެކަނި އިންޑޮނީޝިއާއާއި ނޫންކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. އެމަނިކުފާނު އިޝާރާތްކުރެއްވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށެވެ. ޚާއްސަކޮށް ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމްއާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ނަންފުޅު ޝައިނީ ފާހަގަކުރެއްވިއެވެ. 

"އެނގިލައްވާނެ މިދޭތެރެއިން ނަސީމްއާއި ޑރ. ޖަމީލްއާއި މިހެން ގޮސް ބަޔަކު އައިސް މިތަނުގައި ރާއްޖެއާއި ބެހޭ ގޮތުން ކެމްޕޭންތަކެއް ކޮށްފި. އެހެންކަމުން އޭގެ ސަބަބުން އަސަރުތަކެއް ކޮންމެވެސް ވަރަކަށް ކުރާނެ."

ގިނަ ހުރަސް ތަކަކާއިއެކު މަސައްކަތްކުރިނަމަވެސް ވޯޓު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށް ޝައިނީ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކެނޑިނޭޅި އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައިވީނަމަވެސް، އދގެ އެހެން ގުނަވަންތަކުގެ އަމުރުތަކާއި އެންގުންތަކާއި ކަންބޮޑުވުންތަކަށް ދިވެހި ސަރުކާރުން އަޅާނުލައި ތިބުމަކީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް ހުރަހަކަށް ވާނެކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ. އެހެން ނަމަވެސް ޑރ. ޝައިނީ ވިދާޅުވީ އެއީ މައްސަލައެއް ނޫންކަމަށާއި، އެއީ ރާއްޖެއަށް ހުރަހަކަށް ނުވާނެކަމަށެވެ. ޝައިނީ ވިދާޅުވީ ރާއްޖެއަކީ އދއިން އަންގާ އެންގުންތައް އަކުރުން އަކުރަށް ބަލައިނުގަންނަ ފުރަތަމަ ޤައުމު ނޫންކަމަށެވެ. 

"ބަލައިގަންނަން ޖެހޭ ރިޒޮއުލިއުޝަނެއްވިއްޔާ އެކަން ނިންމާނީ ސެކިއުރިޓީ ކައުންސިލުން. އެތަނުން ފާސްކުރާ ޤަރާރަކުން. އެކަހަލަ އެއްވެސް އެއްޗެއް އަޅުގަނޑުމެންގެ މައްޗަކަށް ނެތް. އެހެންވީމަ އެއީކީއެއް އެއްވެސް އިޝޫއެއްކަމަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން،" ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިވަގުތު ނިއުޔޯކްގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ޝައިނީ ވިދާޅުވިއެވެ.

ޔޫއެން ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބައެއް ޤައިދީންގެ މައްސަލައިގައި ނިންމި ނިންމުންތަކާއި، ޔޫއެން ހިއުމަން ރައިޓްސް ކޮމިޓީއިން ރައީސް ނަޝީދުގެ މައްސަލައިގައި ނިންމި ނިންމުންތަކަށް އިޝާރާތްކުރައްވަމުން ޝައިނީ ވިދާޅުވީ ތަރައްޤީވެގެން އަންނައިރު ޤައުމުތަކަށް ކަންކަން ދިމާވާނެކަމަށާއި، މިއުޅެނީ ޤައުމީ ބޮޑު މައްސަލައެއް ދިމާވެގެން ނޫންކަމަށެވެ. އަދި އެއީ ވަކި ފަރުދެއްގެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ގިނަ ބަޔަކު މިހާރު ސުވާލު އުފައްދަނީ އިންޑިއާއިން ވޯޓު ދޭނެ ގޮތަކާއި މެދުއެވެ. އިންޑިއާއިން ރާއްޖެއަށް ވޯޓުދޭނެކަމަށް ކުރިން ބުނެފައިވީނަމަވެސް ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާއި ދެެމެދު ގުޅުން ގޯސްވެފައިވުމާއި، އިންޑިއާއާއި އިރުމަތީ އޭޝިއާގެ ޤައުމުތަކާއި އެކު އޮންނަ ގުޅުން ރަނގަޅުވެފައިވާތީ، އިންޑިއާގެ ވޯޓު އިންޑޮނީޝިއާއަށް ދީފާނެކަމަށް އިންޑިއާގެ ބައެއް މުހައްލިލުން ދެކެއެވެ. 

ރާއްޖެއަށް ވޯޓު ހޯދުމަށް ބޭރުގައި ތިއްބެވި ސަފީރުން މަސައްކަތްކުރެއްވި

އެހެން ނަމަވެސް ޝައިނީ ދެކެވަޑައިގަންނަވާ ގޮތުގައި މި އިންތިޚާބުގައި އިންޑިއާއިން ރާއްޖެއަށް ވޯޓުދޭނެއެވެ. ޝައިނީ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ އަވަށްޓެރިކަން ދުވަހަކުވެސް ނައްތާނުލެވޭނެކަމަށާއި، އިންޑިއާއިން ވެފައިވާ ވައުދާއި ޚިލާފްވާނެކަމަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރައްވާކަމަށެވެ. 

"އިންޑިއާގެ ފޮރިން މިނިސްޓަރ ވިދާޅުވިގޮތަށް އަޅުގަނޑުމެންގެ ތެރޭގައި މިހެން ހުންނަ ކުދިކުދި މައްސަލަ ހުރިކަމުގައިވިޔަސް ދުވަހަކުވެސް އަޅުގަނޑުމެން ދެޤައުމަކީ ވަކިވެވޭނެ ދެޤައުމެއް ނޫން. ރާއްޖެއާއި އިންޑިއާގެ ގުޅުން އެގޮތަށް އަދި ދިމާވާ ކަމެއްގެ ސަބަބުން ދުރުމުސްތަޤްބަލަށް ބަލާލާއިރުގައި އަސަރެއް ނުކުރާނެ،" ދާދިފަހުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ދެއްކެވި ވާހަކަފުޅަށާއި، ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސެން މަނިކަށް ހޯމަ ދުވަހުގެރޭ އިންޑިއާގެ ޗެންނާއީގެ އެއަރޕޯޓުން ދިމާވި ކަންތައްތަކަށް އިޝާރާތްކުރައްވައި ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ރާއްޖެ އދގެ ސަލާމަތީ މަޖިލީހުގައި އޮވެގެން އިންޑިއާއަށް ކުރާނީ ފައިދާކަމަށެވެ. ސަބަބަކީ އަވަށްޓެރި ޤައުމަކަށް އެޤައުމެއްގެ އިހްސާސްތައް މާރަނގަޅަށް އެނގޭނެތީއާއި، އިންޑިއާއަކީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ޤައުމަކަށް ހެދުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމަކީ ރާއްޖެކަމަށް ވުމެވެ. ޝައިނީ ވިދާޅުވީ އިންޑިއާގެ ވޯޓު އެހެން ގޮތަކަށް ހިނގައިދާނެކަމަށް އެއްވެސް ވަރެއްގެ އިޝާރާތެއް ނެތްކަމަށެވެ. 

އިންޑިއާގެ ވޯޓު ޔަޤީންކަމަށް ސަރުކާރުން ބުނިނަމަވެސް، ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއަށް ވަޑައިގެން އެޤައުމުގެ ރައީސް ޖޮކޯ ވިޑޯޑޯ އާއި ބައްދަލުކުރެއްވުމުން، ޖަކާޓާއިން ވަނީ ވަރަށް ބޮޑަށް އިންޑިއާގެ ވެރިންގެ އަރިހުގައި ލޮބީކޮށްފައެވެ. އެހެންނަމަވެސް އިންޑިއާއިން ރަސްމީކޮށް މިކަމުގައި މިފަހުން އެއްޗެއް ބުނެފައެއް ނުވެއެވެ. 

މޯދީ (ވ) އެންމެ ފަހުން އިންޑޮނީޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޖޮކޯ ވިޑޯޑޯ (ކ) އާއިއެކު ޖަކާޓާގައި

ސަލާމަތީ މަޖިލީހުގެ އިންތިޚާބުގައި ވިލާތުގެ ބައެއް ޤައުމުތަކުގެ ވޯޓުވެސް ރާއްޖެއަށް ލިބޭނެކަމަށް ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ވިލާތުގެ އިއްތިޙާދަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން ބުދަ ދުވަހުގެރޭ ވިދާޅުވިއެވެ. ޝިޔާން ވިދާޅުވީ ވިލާތުގެ ބައެއް ޤައުމުތަކުން އިންޑޮނީޝިއާއަށް ވޯޓުދޭނެކަމަށް ބުނެފައިވީނަމަވެސް، ރާއްޖެއިންވެސް ވިލާތުގެ ބައެއް ވޯޓު ކަށަވަރުކޮށްފައިވާކަމަށެވެ. 

އެހެންނަމަވެސް އިންޑޮނީޝިއާއަށް ވޯޓުދޭނެކަމަށް ބުނެފައިވާ ބައެއް ޤައުމުތަކުގެ ވޯޓުވެސް ރާއްޖެއަށް ލިބިދާނެކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު) ދެކެވަޑައިގަނެއެވެ. ބުދަ ދުވަހުގެރޭ ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ލަންކާއިންވެސް ވޯޓުދޭނީ އިންޑިއާއާއި އެއްގޮތަށް ކަމަށް ޤަބޫލުކުރެވޭކަމަށާއި، ސަލާމަތީ މަޖިލީހުގެ ގޮނޑީގެ ވޯޓަކީ ޤައުމުތަކުން އެންމެ ފަހު ވަގުތު ގޮތް ނިންމާ ކަމެއްކަމަށެވެ. މުންދު ވިދާޅުވީ މިއިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވާނެކަމަށާއި، ހަނިގޮތަކަށް ނަމަވެސް ރާއްޖެ ގޮނޑި ކާމިޔާބުކުރާނެކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ސަބަބުން ވޯޓަށް އަސަރުކުރާނެކަމަށާއި، ކުރަނީ ކިހާ ވަރެއްގެ އަސަރެއްކަމެއް އެނގިގެންދާނީ ހުކުރު ދުވަހު ކަމަށް މުންދު ވިދާޅުވިއެވެ. 

ވޯޓާއި ދިމާކޮށް އެފްރިކާގެ ބައެއް ޤައުމުތަކާއިއެކު ރާއްޖެއިން ގުޅުން ޤާއިމްކުރި

މުންދު ވިދާޅުވީ ސަރަހައްދީ ޤައުމުތަކުން އެސަރަހައްދެއްގެ ޤައުމުތަކަށް ވޯޓުދޭނެކަމަށެވެ. އާސިއާން ޤައުމުތަކުން އިންޑޮނީޝިއާއަށް ވޯޓުދޭނެފަދައިން ސާކް ޤަައުމުތަކުން ރާއްޖެއަށް ވޯޓުދޭނެކަަމަށްވެސް މުންދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެފްރިކާ، މެދުތެރޭ އޭޝިއާ އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ގިނަ ވޯޓު ރާއްޖެއަށް ކަށަވަރުވާނެކަމަށާއި، ވިލާތާއި، މެދުއިރުމަތި އަދި ދެކުނު އެމެރިކާގެ ވޯޓުތައް ބެހިގެންދާނެކަމަށް މުންދު ލަފާކުރެއްވިއެވެ.

ދިގުދެމިގެންދިޔަ ކެމްޕޭނަކަށްފަހު ހުކުރު ދުވަހު ސަލާމަތީ މަޖިލީހުގެ ވޯޓާއި ކުރިމަތިލާއިރު، ދިވެހި ސަރުކާރުން ވަނީ ވޯޓާއި ގާތްކޮށް އެފްރިކާގެ ބައެއް ޤައުމުތަކާއި ސިޔާސީ ގުޅުން ޤާއިމްކޮށްފައެވެ. މީގެ އިތުރުން ފަޤީރު އަދި ކުރިއަރަމުން އަންނަ ބައެއް ޤައުމުތަކުގެ ސަފީރުން ރާއްޖެ ގެނެސްގެން އެބޭފުޅުންނަށް ވޯކްޝޮޕްތަކެއް ހިންގާފައިވާއިރު، ސަލާމަތީ މަޖިލީހުގެ ގޮނޑީގެ ކެމްޕޭނަށް ރާއްޖެއިން ގޮތް ނޭނގޭ 5 ލައްކަ އެމެރިކާ ޑޮލަރު ޚަރަދުކުރިކަމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޑިޕްލޮމެޓުން ތުހުމަތުކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް