19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފީފާ ވޯލްޑް ކަޕް 2018

ފެވަރިޓުންނަކީ ބްރެޒިލް، ތަރިއަކަށް ވާނީ ނޭމާ

  • މިއަހަރުގެ އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ ބްރެޒިލް
  • ނޭމާއަށް ޕްރެޝަރު އޮތުމަކީ ރަނގަޅު ކަމެއް
  • ތަށި ހޯދަން ބޭނުންވާނަމަ ނޭމާ ފެންވަރުގައި ސްކޮޑްގެ ހުރިހާ ކުޅުންތެރިން ވެސް ކުޅެން ޖެހޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ޖޫން 2018 | ބުރާސްފަތި 01:20 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ބްރެޒިލްގެ ޖާޒީގައި ނޭމާ -- ގެޓީ އިމޭޖާސް

އަންނަ ހަފްތާގެ ހުކުރު ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ ބްރެޒިލް ކަމަށާއި އަދި ވޯލްޑް ކަޕްގައި އެންމެ ވިދުން ގަދަ ތަރިޔަކަށް ވެގެންދާނީ ނޭމާ ކަމަށް އެގައުމުގެ ފުޓްބޯޅަ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.

ރިވާލްޑޯއަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން 2-0 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެ ވޯލްޑް ކަޕްގެ ތަށި ފަސްވަނަ ފަހަރަށް އުފުލާލިއިރު އެޓީމުގެ ހިމެނުނު މުހިންމު ކުޅުންތެރިޔެކެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ނުކުންނާނީ މީގެ ހަތަރު އަހަރު ކުރިން 7-1 އިން ޖަރުމަނު އަތުން ސެމީ ފައިނަލުގައި ބަލިވި ހަނދާންތައް ނައްތާލުމަށެވެ. ބާސެލޯނާ އަދި އޭސީ މިލާންގެ ކުރީގެ ފޯވާޑް ގަބޫލުކުރާ ގޮތުގައި މިފަހަރުގެ ފެވަރިޓުންނަކީ ބްރެޒިލްއެވެ.

އޮމްނިސްޕޯޓާއި ވާހަކަ ދައްކަމުން ރިވާލްޑޯ ބުނީ މިއަހަރުގެ އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ ބްރެޒިލް ކަމަށާއި އެހެންކަމުން އެޓީމަކީ ފެވަރިޓުންގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ބްރެޒިލްއަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ބްރެޒިލްގެ ޓީމުގައި ފުރިހަމަ ވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ރިވާލްޑޯ ބުނެފައިވެއެވެ. އޭނާ ބުނީ ބްރެޒިލްގެ އިތުރުން ފްރާންސާއި އާޖެންޓީނާ އަދި ސްޕެއިންގެ އިތުރުން ޖަރުމަނު ވެސް އޭގެތެރޭގައި ގުނަން ޖެހޭ ކަމަށެވެ.

ރިވާލްޑޯ ބުނީ ނޭމާއަށް ޕްރެޝަރު އޮތުމަކީ ރަނގަޅު ކަމެއް ކަމަށާއި އެކަމުން ދައްކުވައިދެނީ އޭނާއަށް ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ ކަން ކަމަށެވެ. ހަމައެކަނި ނޭމާ ކުޅެގެން ތަށި ނުލިބޭނެ ކަމަށާއި ތަށި ހޯދަން ބޭނުންވާނަމަ ނޭމާ ފެންވަރުގައި ސްކޮޑްގެ ހުރިހާ ކުޅުންތެރިން ވެސް ކުޅެން ޖެހޭ ކަމަށް ރިވާލްޑޯ ބުނެފައިވެއެވެ. ޕްރެޝަރު އޮތުމަކީ ރަނގަޅަށް ކުޅުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ތަޖުރިބާގެ އަލީގައި ރިވާލްޑޯ ބުނެފައިވެއެވެ.

އަނިޔާއެއްގެ ސަބަބުން ވޯލްޑް ކަޕް ގެއްލުމުގެ ބިރު ނޭމާއަށް އޮތް ނަމަވެސް އޭނާ ވަނީ ކްރޮއޭޝިއާ އާއި ދެކޮޅަށް ބްރެޒިލް އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅެފައެވެ. ރިވާލްޑޯ ބުނީ އުމުރުން 26 އަހަރުވުމާއެކު ދަށް ކުޅުމެއް ކުޅެން ބޭނުންނުވާނެ ކަމަށާއި ސަޕޯޓަރުންގެ ސަޕޯޓާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ނޭމާ ތަފާތު ދައްކާނެ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމުގެ ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ސްވިޓްޒަލޭންޑާއި ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން 22 ވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ސާބިއާ އާއި ދެކޮޅަށެވެ.

ބްރެޒިލް މިހާރު ރޭންކް ކުރެވިފައި އޮތީ ޖަރުމަނުގެ ފަހަތުން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައެވެ. ބްރެޒިލްއަކީ ފަސް ތަށްޓާއެކު ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބް ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް