19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެމިރޭޓްސް

އެމިރޭޓްސްއިން ކުޑަދޮރު ނެތް މަތިންދާ ބޯޓާ ދިމާލަށް

  • އަމާޒަކީ ކުޑަދޮރު ނެތް ބޯޓްތަކަށް ބަދަލުވުން: ޓިމް ކްލާކް
  • ވަރޗުއަލް ވިންޑޯއާއިއެކު މިވަގުތު ދައްކާލާފައިވަނީ ފަސްޓް ކްލާސް ކެބިން
އަބުދުﷲ މުހައްމަދު | 8Abbo

| 6 ޖޫން 2018 | ބުދަ 22:54 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އެމިރޭޓްސްގެ އަމާޒަކީ މުސްތަގުބަލުގައި ކުޑަ ދޮރު ނެތް ބޯޓް ބޭނުންކުރުން -- ބީބީސީ

އެމިރޭޓްސް އެއަރލައިންގެ ފްލައިޓް ތަކުގައި ކުޑަދޮރުގެ ބަދަލުގައި ވަރޗުއަލް ވިންޑޯ ހަރުކޮށް ފަސްޓް ކްލާހުގެ އާ ސުއިޓްތައް ދައްކާލައިފިއެވެ.

ސީދާކޮށް ބޭރު ބެލުމުގެ ބަދަލުގައި ފަސިންޖަރަށް ބޭރު ފެންނާނީ ބޯޓުގައި ހަރުކޮށްފައި ހުންނަ ފައިބަރ އޮޕްޓިކް ކެމެރާއަކުން ޕްރޮޖެކްޓް ކުރާ މަންޒަރެވެ.

އެ އެއަރލައިނުން ބުނީ މި ބަދަލާއިއެކު، މުސްތަގުބަލުގައި އުފައްދާ ފްލައިޓްތަކުގައި ކުޑަދޮރު ހަރުނުކޮށް ވާއިރު އޭގެ ސަބަބުން ބޯޓް ލުއިވެ ހަލުވި ވާނެކަމަށެވެ.

އެމިރޭޓްސްގެ ރައީސް ސަރ ޓިމް ކްލާކް ވިދާޅުވީ މަންޒަރުތައް" ވަރަށް ރަނގަޅު"ވާނެ ކަމަށާއި ހަމަ ލޮލަށް ފެންނަ ވަރަށް ވުރެ މަންޒަރުތައް މާ ސާފުވާނެ ކަމަށެވެ.

ވަރޗުއަލް ވިންޑޯތައް މިވަގުތު ފެންނާނީ އެމިރޭޓްސްގެ އާ ބޯޓްތައް ކަމަށްވާ ބޯއިންގ 777-300ER ގެ ބޯޓްތަކުގެ ފަސްޓް ކްލާސް ކެބިންއިންނެވެ.

ސަރ ޓިމް ބީބީސީގައި ވިދާޅުވެފައިވަނީ މީގެ އަމާޒަކީ މުސްތަގުބަލުގައި ބޭނުން ކުރާ ބޯޓް ތަކަކީ ކުޑަދޮރު ނެތް ބޯޓްތަކަށް ހެދުން ކަމަށެވެ.

ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ކްރޭން ފީލްޑް ޔުނިވާސިޓީގެ ޕްރޮފެސަރ ގްރަހަމް ބްރެއިތުވެއިޓް ވިދާޅުވީ ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ކެބިން ކްރޫއިން ބޭރު ބަލަން ބޭނުންވާނެ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގައި ބޯޓުގެ ބޭރު ބެލޭނެ ގޮތަށް ހުރުމަކީ މުހިއްމުކަމެއް، ވަކިން ޚާއްސަކޮށް ކުއްލި ހާލަތެއްގައި ބޯޓް ދޫކޮށްލަން ޖެހިއްޖެނަމަ" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީން ބުނީ ކެބިން ވިންޑޯ ހުރި ބޯޓެއްގައި ސަލާމަތީ ކަންކަންކަމުގައި ދިމާ ނުވާ ގޮންޖެހުމެއް ވަކި ކެބިން ވިންޑޯ ނެތިގެން ދިމާވާނެ ކަމަށް ގަބޫލު ނުކުރާކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް