16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

މާފުށީ ޖަލު

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

 • މަސްތުވާތަކެތި ވައްދަން އުޅުނީ ބޭބެ ކައިރިއަށް ޒިޔާރަތް ކުރި މީހަކު
 • ޖަލަށް ވެއްދުން މަނާ ތަކެތި ވައްދަން މަސައްކަތް ކުރާ މިންވަރު ވަނީ އިތުރުވެފަ
 • މިފަދަ ކަންކަމުގެ ސަބަބުން ގައިދީން އިސްލާހުވުމަށް ހުރަސް އެޅޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 14 ޖެނުއަރީ 2017 | ހޮނިހިރު 18:25 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 3. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 4. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
 7. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
 8. ޓްރާންސްޕޯޓް އޮތޯރިޓީގައި މީދާ ކޮށިތަކެއް!


ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި، ޖަލަށް ވެއްދުން މަނާ ތަކެތި ވައްދަން މަސައްކަތް ކުރާ މިންވަރު ވަނީ އިތުުރުވެފަ -- ރާއްޖެއެމްވީ

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި އެވެ.

 

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެމީހާ މާފުށިޖަލަށް ޒިޔާރަތްކުރީ ގައިދީންނަށް ދެވޭ އާއިލީ ބައްދަލުވުމުގެ ފުރުސަތުގައި ޖަލުގައި ހުކުމް ތަންފީޒްކުރަމުންދާ އޭނާގެ ބޭބެއާ ބައްދަލުކުރުމަށް ކަމަށެވެ.

 

ކަރެކްޝަނުން މައުލޫމާތުދޭ ގޮތުގައި އެ މީހާ އަތުން އަތުލައިގަނެވުނު ތަކެތި ހުރީ ކޭކެއްގެ ތެރެއަށްލާ ފޮރުވާފަ އެވެ.

 

އެ އިދާރާ އިން ބުނީ ފަހަކަށް އައިސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ޖަލަށް ވެއްދުން މަނާ ތަކެތި ވައްދަން މަސައްކަތްކުރަނިކޮށް އަތުލައިގަނެވޭލެއް އިތުރުކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

 

އެގޮތުން މިދިޔަ ޑިސެންބަރު މަހުވެސް އާއިލީ ބައްދަލުވުމަށް އައި މީހެއްގެ އަތުން ސްމާޓް ފޯނަކާއި ޗާޖަރެއް އަދި ބައްތި ފޯނެއްގެ ބެޓެރިއާ ސިމްކާޑެއް އަތުލައިގަނެފައިވެ އެވެ. އެ ތަކެތިވެސް ހުރީ އެމީހާ ގެނައި ބައެއް ސާމާނުގެ ތެރެއަށްލާ ފޮރުވާފައެވެ.

 

ކަރެކްޝަނުން ބުނީ އެ ފަދައިން މަނާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރުމަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. ގައިދީންނަށާއި މުޖްތަމައުއަށް ގެއްލުންހުރި އެފަދަ ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް އެމްސީއެސް އިން އިލްތިމާސްކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް