16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ފިލިޕީންސްގެ ރައީސް

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

 • އަންހެނެއްގެ ތުންފަތަށް ރައީސް ޑުޓާޓެ ވަނީ ދޮން ދީފައި
 • އަންހެނުންގެ ޖަމިއްޔާތަކުން ވަނީ އެ އަމަލު ކުށްވެރި ކޮށްފައި
 • އާންމުންގެ ތެރޭގައި ޑުޓާޓެ ދަނީ މަގުބޫލު ވަމުން
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 6 ޖޫން 2018 | ބުދަ 18:57 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
 7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓެ -- ރޮއިޓަރސް

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް ރަގަނޅު އަދަދެއްގެ އަންހެނުން މުޒާހަރާއަށް ނިކުމެއްޖެނަމަ އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓެ ވިދާޅުވެއްޖެއެވެ.

ރައީސް ޑުޓާޓެ މިހެން ވިދާޅުވީ ސައުތު ކޮރެއާއަށް ކުރެއްވި ދަތުރުގައި ކައިވެނި ކޮށްގެން ހުރި ފިލިޕީނޯ އަންހެނެއްގެ ތުންފަތަށް ދޮން ދިނުމާ ގުޅިގެން ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުވެފައި ވަނިކޮށެވެ. ރައީސް ޑުޓާޓެ ވަނީ އެ އަމަލު ވަރަށް ބޮޑަށް ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި ވަނީ ގިނަ އަދަދެއްގެ އަންހެނުން މި ކަން ކުށްވެރިކޮށް ޕެޓިޝަނެއް ހުށަހަޅައި ފިއްޔާ ވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ. ރައީސް ޑުޓާޓެ ވިދާޅުވީ އާދިއްތަ ދުވަހު ސައުތު ކޮރެއާގައި މިކަން ކުރީ އެތާ ތިބި ފިލިޕީނޯ ރައްޔިތުންގެ ޖޯޝު ނެރެލަން ކަމަށެވެ.

އެހެން ނަމަވެސް އަންހެނުންގެ ހައްގުތައް ދިފާއު ކުރާ ޖަމިއްޔާތަކުން ވަނީ ރައީސް ޑުޓާޓޭގެ އަމަލު ކުށްވެރި ކޮށްފައެވެ. އެ މީހުން ރައީސް ޑުޓާޓޭގެ އަމަލު ސިފަ ކޮށްފައި ވަނީ އެ މީހުން ކުރާ މަސައްކަތަށް ޖެއްސުމަށް ކުރި ކަމެއްގެ ގޮތުގައެވެ. އެ މީހުން ބުނީ ޑުޓާޓެ މީގެ ކުރިން ވެސް އަންހެނުންނާއި ދިމާލަށް ބުނަން ނުޖެހޭ ކަހަލަ އެއްޗެހި ބުނާ ކަމަށެވެ.

އިރުމަތީ އޭޝިއާއި އެހެނިހެން ބައްރުތަކުގެ މީސް މީޑިއާގައި ވެސް ސައުތް ކޮރެއާގައި ޑުޓާޓެ ދިން ދޮން މަންޒަރުތަކުގެ ފޮޓޯއާއި ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ  އުފަލުން ރައީސް ޑުޓާޓޭއަށް ދޮން ދިނީ އެ ބޭފުޅާ ބަހަމުން ދިޔަ ފޮތެއް ލިބޭނީ ދޮނެއް ދިނުމުން ކަމަށް ވިދާޅުވުމުންނެވެ.

ރައީސް ޑޫޓާޓޭ ވިދާޅުވީ 22 އަހަރު ޑާވޯ ސިޓީގެ މޭޔަރުކަން ކުރެއްވި އިރުވެސް "ދޮން" ދިނުމަކީ އެ ބޭފުޅާގެ ސްޓައިލެއް ކަމަށެވެ. އަދި ފާހަގަ ކޮށްލެވޭ ކަމަކީ ޑުޓާޓޭގެ ސްޓާއިލްތަކަކީ އެގައުމުގެ ގިނަބަޔަކަށް ވަރަށް ކަމުދާ ސްޓާއިލްތަކެއް ކަމެވެ. އަންހެނުންނަށް އަމާޒުކޮށް ބުނާ ޖޯކްތަކާއި ތުންފަތަށް ދޮން ދިނުން ފަދަ ކަންކަން ކިތަންމެ ބަޔަކު ރުޅިއައިސް ކުށްވެރި ކުރި ކަމުގައި ވީނަމަވެސް ފިލިޕީންސްގެ އާންމުންގެ ތެރޭގައި އެ ބޭފުޅާ ދުވަހަކަށް ވުރެ ދުވަހެއް ދަނީ މަގުބޫލު ވަމުންނެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެއެވެ.

އަންހެނުން ހައްގުތައް ދިފާއު ކުރާ ޖަމާއަށް ތަކުން ވަނީ ޑުޓާޓެ އަންހެނުންނާއި ދިމާލަށް ބުނާ ބަސްތަކައް ނޫނެކޭ ބުނުމުގެ ގޮތުން އޮންލައިން ކެމްޕޭނެއް ވެސް ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލަރ ސަލްވަޑޯރް ޕަނެލޯ ވިދާޅުވީ ޑުޓާޓޭގެ ދޮން ދިނުމުގެ އަމަލުން ދޭހަވީ އެ ބޭފުޅާގެ ގައުމުގެ މީހުންނަށް ލޯތްބާއި އަޅާލުންދޭ މިންވަރު ކަމަށެވެ. އަދި ދޮންދިން އަންހެން މީހާ އެކަން ކުރީ ބޭނުން ވެގެން ކަމަށް ވެސް ސަލްވަޑޯރް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަޖައިބެއް

7 މަސް ކުރިން

މި ދެން ކިހާ ބޮޑު މުސީބާތެއް.. ކާފަރުން ކުރާ މިކަހަލަ ކަންތަށްތަށް ޕްރޮމޯޓް ނުކޮށްބަލަ.. މާދަން ދިވެހިރާއްޖޭގެ ރައީސްވެސް މިކަން ކުރަންފަށާ ފާނެ..

0
1