18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ލޯކަލް މާރުކޭޓުގެ އަގުތައް

ކަރާގެ އަގު އަނެއްކާ ވެސް އުފުލިއްޖެ

  • ކަރާ ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާ އަށް އުފުލިފައި
  • ކުރިއަށް އޮތް ދުވަސްތަކުގައި ކަރާ އާއި ފަތުގެ ބާވަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 6 ޖޫން 2018 | ބުދަ 15:51 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ތޮއްޑޫ ކަރާ -- ސަން އޮންލައިން

ބާޒާރުގައި ކަރާގެ އަގު އަނެއްކާ ވެސް އުފުލިއްޖެއެވެ.

ލޯކަލް މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާ އަށް އުފުލިފައެވެ.

ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކަރާގެ އަގު އުފުލުނީ ކަރާ ލިބުން ދަތިވުމާ ގުޅިގެން ކަމަށާއި ރަށްރަށުން ކަރާ ލިބުން މަދުވުމުން ކަރާ ސަޕްލައި ކުރަމުންދާ ފަރާތްތަކުން ވެސް ކަރާ އަގު ބޮޑުކޮށް ވިއްކާ ކަމަށެވެ.

"ތޮއްޑޫން އެކަނި ކަރާ މި އަންނަނީ. އެހެންވީމަ އަގު ބޮޑު ވެސް ވާނެތާ ދޯ؟" މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތަކުން ބުންޏެވެ.

މާރުކޭޓުގެ ބައެއް ގޮޅިތަކުން 38-35 ރުފިޔާއާ ދެމެދުގެ އަގަކަށް ކަރާ ވިއްކަން ހުރުމާ ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެމުން މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތަކުން ބުނީ އަގުގެ ތަފާތު އުޅެނީ އަންގާރަ ދުވަހު ނުވިކި ބައެއް ކަރާ ހުރުމުން އެ ދުވަހު ހުރި އަގުގައި ކަރާ ވިއްކަން ހުރުމުން ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ދަނޑިއަލުވި ކިލޯއެއް 35ރ. އަށް ވިއްކަން ހުރިއިރު އެވަކާޑޯ ލިބެން ހުރީ 65ރ އަށް ކިލޯއެކެވެ. އަދި ލެޓިއުސް 150ރ އަށް ކިލޯ ލިބެން ހުރިއިރު ކޮޕީ ފަތް ވިއްކަން ހުރީ 7ރ އަށް ފަތެކެވެ.

މީގެ އިތުރުން ފަޅޯ ކިލޯއެއް 30ރ އަށް ވިއްކަން ހުރިއިރު އަންނާރު ކިލޯއެއް ލިބެން ހުރީ 85ރ އަށެވެ.   

ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރާ އާއި ފަތުގެ ބާވަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް