19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ނިއުރޭޭޑިއަންޓް

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

 • ޒިޔަޒަން ވަނީ މީގެ ކުރިން ވެސް ނިއުއަށް ކުޅެފަ
 • މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އޭދަފުން ހޯދިއިރު މުހިންމު ދައުރެއް އަދާކުރި
 • ޒިޔަޒަން ވަނީ ރާއްޖޭގެ ގިނަ ކްލަބުތަކަށް ކުޅެފަ
ނާފިއު ރަޝީދު | NaphiuR

| 14 ޖެނުއަރީ 2017 | ހޮނިހިރު 17:31 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
 5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
 7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


އޭދަފުއްޓަށް ފާއިތުވި ސީޒަންގައި ކުޅުނު އަބްދުﷲ ޒިޔަޒަން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބ. އޭދަފުއްޓަށް ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެ ޓީމުގެ ކީޕަރު އަބްދުﷲ ޒިޔަޒަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.

 

ޒިއަޒަން ވަނީ މީގެ ކުރިން ވެސް ނިއުއަށް ކުޅެފަ އެވެ. އެ ގޮތުން ޒިޔަޒަން ވަނީ މިނިވަން ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ކުރީގެ ޗެމްޕިއަން ސ. ފޭދޫ އަތުން ޕެނަލްޓީ ޖަހައިގެން އޭދަފުށި މޮޅުވި މެޗުގައި ފޭދޫގެ ތިން ޕެނަލްޓީ ވެސް މަތަކޮށްފަ އެވެ.

 

ތ. ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ގިނަ ބަޔަކު ވަނީ ޒިޔަޒަންގެ ހުނަރަށް ތައުރީފްކޮށް ވާހަކަ ދައްކާފަ އެވެ.

 

ޒިޔަޒަން ނިއުއަށް ސޮއިކުރި އިރު، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު މުހައްމަދު ވެސް މި ސީޒަންގައި އެކްލަބަށް ކުޅެން ނިންމާފަ އެވެ. އެހެން ކަމުން ޒިއަޒަން ފެނިގެންދާނީ އެ ކްލަބުގެ ބެންޗުން އިމްރާންގެ ބަދަލުގައި ކުޅޭނެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

 

ކްލަބް ވިޔަންސާއިން 2007 ވަނަ އަހަރު ފުޓުބޯޅަ ކެރިއަރު ފެށި ޒިއަޒަންއަކީ މީގެ ކުރިން އެތަށް ކްލަބެއްގެ ޖޯޒީގައި ގަލޮޅު ދަނޑުން ފެނިފައިވާ ފަރިތަ މޫނެކެވެ.

 

އެގޮތުން އޭނާ ވަނީ ވިޔަންސާ އަށް ތިން އަހަރު ކުޅުމަށް ފަހު 2010 ވަނަ އަހަރު ނިއުއަށް ބަދަލުވެފަ އެވެ. އަދި 2 އަހަރު ނިއުގައި ހޭދަކުރުމަށްފަހު 2012 އަދި 2013 ވަނަ އަހަރު އޭނާ ކުޅެފައި ވަނީ ވީބީ އައްޑޫ އެފްސީ އަށެވެ. އަދި ޖެހިގެން އައި 2014 ވަނަ އަހަރު އޭވައިއެލްއަށް ކުޅެ، 2015 ވަނަ އަހަރު ޒިޔަޒަން ފެނުނީ އޭރު ދެވަނަ ޑިވިޝަނުގައި ވާދަކުރި ގްރީން ސްޓްރީޓުންނެވެ.

 

އެއަށްފަހު މިދިޔަ އަހަރު އޭނޭ ބެލެހެއްޓީ އޭދަފުށީ ޓީމުގެ ގޯލެވެ.

 

ޒިޔަޒަން ނިއު އަށް ބަދަލުވުމާއެކު އޭނާ އަށް ފުޓުބޯޅައިން ކުރިއަށް ދިއުމަށް ވަނީ އާ ދޮރެއް ހުޅުވިގެން ގޮސްފަ އެވެ. އެގޮތުން ތަޖުރިބާކާރު ކީޕަރު އިމްރާންއާ އެކު އޭނާއަށް މި ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް ބެލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް