23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

މޭކަޕް

މޭކަޕް ނުފިލުވާ ނިދަންޏާ ވާނީ މިހެން!

  • ލޯ ރަތްވެ އިންފެކްޝަން އުފެދުން
  • ހަންގަނޑުގައި ރޫޖެހި އަވަހަށް މުސްކުޅިވުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 6 ޖޫން 2018 | ބުދަ 11:18 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


ނިދުމުގެ ކުރިން މޭކަޕް ފިލުވުމަކީ ވަރަށް މުހިއްމު ކަމެއް -- ގޫގުލް

މީގެ ދިހަ ވަރަކަށް އަހަރު ފަހަތަށް ޖެހިލާއިރު ރާއްޖޭގައި މޭކަޕްކޮށްފައި ތިބޭތީ ފެންނަނީ ހަމައެކަނި ފިލްމުތަކުގައި މޭކަޕްކޮށްފައި ތިބޭ ތަރިން އެކަންޏެވެ. މީގެ އިތުރުން ކައިވެނި ޕާޓީއެއް ނުވަތަ އެފަދަ ޚާއްސަ ހަފްލާއަކާ ގުޅިގެން ނޫނީ މޭކަޕްކޮށްފައި ތިބޭ މީހުން މަދުން ނޫނީ ނުފެއެވެ. ނަމަވެސް ފަހަކަށް އައިސް މޭކަޕް ނުކޮށް މަގުމައްޗަށް ނުކުތުމަކީ ގިނަ މީހުން ދެކޭ ގޮތުގައި ހުތުރު ކަމެކެވެ. އެންމެ ތުއްތު ކުއްޖާ އިން ފެށިގެން އެކުއްޖާގެ މާމަ ވެސް މަގުމައްޗަށް ނުކުންނަނީ މޭކަޕް ކޮށްގެންނެވެ. ކޮށްފައި ހުންނަ މޭކަޕުން މޫނުގެ ކުލަ އާއި ފައިތިލައިގެ ކުލަ ދިމާ ނުވެއެވެ. އެއްކޮށް ހިނގާފައިދާއިރު ދަރިފުޅާ މަންމަ ވަކި ނުވާ ވަރަށް ފައުންޑޭޝަން އުނގުޅާ ހުދުކޮށްގެންނެވެ.

މޭކަޕް ކުރުމަށް އެހާ މުހިއްމު ކަމެއް ދޭއިރު އެ މޭކަޕް ނުފިލުވާ ނިދުން ވަނީ އަހަރުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކަށް ވެފައެވެ.

މޭކަޕް ނުފިލުވައި ނިދުން އާންމު ކަމަކަށް ހެދުމުން ދެން ވާނެ ގޮތް އެނގޭ ހެއްޔެވެ؟

މޭކަޕް ނުފިލުވައި ނިދުމުން ދިމާވެދާނެ ތަފާތު މައްސަލަތަކަށް ބަލައިލާނަމެވެ.

އައިލައިނާ ނުފިލުވައި ނިދުމުގެ ސަބަބުން ލޯ ކެހުމާއި ރަތްވެ އަދި އިންފެކްޝަން އުފެދޭ ގޮތް ދިމާވެއެވެ.

ފައުންޑޭޝަން ނުފިލުވައި ނިދުމުން ހަންގަނޑު ކުރަކިވެ ހަންގަޑުގައި ބިހިނެގުން އިތުރުވެގެން ދެއެވެ. އަދި ހަންގަނޑު ޑްރައިވެ ހަންގަނޑުގައި ރޫޖެހުމުގެ ސަބަބުން ހަންގނޑު އަވަހަށް މުސްކުޅިވާ ގޮތް ވެއެވެ.

އައި ޝެޑޯ ނުފިލުވައި ނިދުމުގެ ސަބަބުން ލޮލުގެ ބޮނޑިމަތީ ހަންގަނޑު ދުޅަވެ ބައެއް ފަހަރު އިންފެކްޝަން އުފެދެއެވެ.

މަސްކަރާ ނުފިލުވައި ނިދުމުން އެސްޕިޔަތައް ހަލާކުވުން އެސްފިޔަ ވެރޭލެއް އަވަސްވެއެވެ.

މީގެ އިތުރުން ލިޕްސްޓިކް ނުފިލުވައި ނިދުމުން ތުންފަތް ހިކުމާއި ތުންފަތް ފަޅައިގެން ދާގޮތް މެދުވެރި ވެއެވެ

މޭކަޕް ކުރަން ސަމާލުކަން ދޭ ގޮތަށް މޭކަޕް ރިމޫވާއެއް ބޭނުންކޮށްގެން މޭކަޕް ފިލުމަށް ވެސް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް