25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ބޮލީވުޑް

ރާނީގެ ހިޗްކީ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ

  • މިއީ ބޮޑު ފަހުރެއް ކަމަށް
  • މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 6 ޖޫން 2018 | ބުދަ 09:46 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ރާނީ މުކަރުޖީ -- އިންޑިއަން އެކްސްޕްރެސް

ރާނީ މުކަރްޖީގެ އެންމެ ފަހު ފިލްމް "ހިޗްކީ" ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ޕްރިމިއަރ ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ފަށާ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި "ދަ ބެލްޓް އެންޑް ރޯޑް ވީކް" ގެ ދަށުން މި ފިލްމް ދައްކަން ހިމެނުމާއި ގުޅިގެން ފިލްމްގެ ޑައިރެކްޓަރ ސިދާތު ޕީ މަލްއުތުރާ ބުނެފައި ވަނީ މިއީ ބޮޑު ފަހުރެއް ކަމަށާއި މި ފިލްމް ހިމަނާފައި ވުމުން އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މި ފެސްޓިވަލްގައި ފިލްމް ޕްރެޒެންޓްކޮށް ދޭން ލިބުމަކީ "ހިޗްކީ"ގެ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މާރޗް މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމުގައި ރާނީ ފެނިގެންދަނީ ދިރިއުޅުމުގައި ދިމާވާ އެތަކެއް އުނދަގޫތަކެއް ކަޑައްތުކޮށް އޭނާ ބޭނުންވާ ކާމިޔާބު ހޯދާ ހިތްވަރުގަދަ އަންހެނެއްގެ ރޯލުންނެވެ. ފިލްމުގައި ރާނީގެ އިތުރުން ހަރަކާތްތެރިވާނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމްއެވެ.

"ހިޗްކީ" އަކީ ރާނީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް އިން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ރާނީ އެނބުރި އައި ފިލްމެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 އާހަމައަށެވެ. މި ފެސްޓިވަލްގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވާދަ ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް