23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ގއ. އަތޮޅު

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

  • އަތޮޅު ގެއިން ނެރެފައިވަނީ މިމަހުގެ 10ގައި
  • ނެރެފައިވަނީ ފުލުހުން އައިސް
މުހައްމަދު ފަޒީން | phaxyn

| 14 ޖެނުއަރީ 2017 | ހޮނިހިރު 17:11 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި
  8. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!


ގއ. އަތޮޅުގެ ހުންނަ ގއ. ވިލިނގިލި -- ގޫގުލް

ގއ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން އާދަމް އަތޮޅުގެއިން ބޭރުކޮށްލައިފި އެވެ.

 

ހުސައިން އާދަމް ވިދާޅުވީ ގއ. އަތޮޅު ގޭގައި އޭނާ ދިރިއުޅެނީ ދާންދޫ ދާއިރާއިން އިންތިހާބުވި އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ރަށުން ބޭރުގައި ދިރިއުޅެން ޖެހިފައިވާތީ ކަމަށެވެ. އަދި އަތޮޅު ކައުންސިލް ހުންނަ ރަށް ކަމަށްވާ ގއ. ވިލިނގިލީގައި ރިއިއުޅޭއިރު އަތޮޅު ގެއަކީ މީގެ ކުރިން ވެސް އަދި މިހާރު ވެސް ބައެއް އަތޮޅު ކައުންސިލަރުން ދިރިއުޅޭތަން ކަމަށް ވާތީ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

 

ހުސައިން ވިދާޅުވީ އަތޮޅު ގޭގައި ދިރިއުޅެނީ ކައުންސިލްގެ ނިންމެއްގެ ދަށުން ކުލި ވެސް ދައްކައިގެން ކަމަށާއި ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ އަތޮޅު ކައުންސިލަރުން އާއްމުންގެ ގޭގޭގައި ދިރިއުޅުމަކީ ރަށުގެ ނުވަތަ އަތޮޅުގެ ކަންކަން ނިންމަން ތިބޭ ބައެއްގެ ހައިސިއްޔަތުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަފާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސެކިއުރިޓީ އާއި އެހެނިހެން ކަންކަމަށް ބަލާއިރު ވެސް އަތޮޅު ކައުންސިލަރުން ދިރިއުޅެން އެންމެ އެކަށޭނަ ތަނަކަށް އަތޮޅުތަކުގައި ހުންނާނީ އަތޮޅުގެ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

 

ހުސައިން ވިދާޅުވީ ރަށުން ބޭރު ކައުންސިލަރުން އަތޮޅު ގޭގައި ދިރިއުޅުނަސް އެރަށަށް ވަޑަގަންނަވާ ދައުލަތުގެ އިއްޒަތްތެރިންނަށް އެއްވެސް އުނދަގުލެއް ދަތިކަމެއް މެދުވެރި ނުވާނެ ކަމަށާއި އެރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިންނަނާއި ދައުލަތުގެ އެކިއެކި ބޭނުންތަނަށް އަތޮޅުގެ މިހާރު ވެސް ބޭނުން ކުރަމުންދާ ކަމަށެވެ.

 

ހުސައިން ވިދާޅުވީ އޭނާ އަތޮޅުގެއިން ނެރެފައިވަނީ ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލެއްގެ ދަށުން ކަމަށާއި އެ އުސޫލުގެ ދަށުން ދައުލަތުގެ އިއްޒަތްތެރިންނަށް އަތޮޅުގެ ބޭނުން ކުރެވޭއިރު އަތޮޅު ކައުންސިލަރުންނަށް ބޭނުން ނުކުރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

 

ހުސައިން ވިދާޅުވީ ބައެއް އަތޮޅުތަކުގެ އަތޮޅުގެ ބައެއް އަތޮޅު ކައުންސިލަރުން މިހާރު ވެސް ބޭނުން ކުރަމުންދާ ކަމަށާއި ސަރުކާރުން ތަފާތު ކުރުން ގެންގުޅޭތީ ހިތާމަ ކުރާ ކަމަށެވެ.

 

އަތޮޅުގެއިން ހުސައިން ނެރެފައިވަނީ ހޯމް މިނިސްޓްރީން އަންގައިގެން ވިލިނގިލީގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ފުލުހުން ގޮސް މިމަހުގެ 10 ވަނަ ދުވަހު އެވެ.

 

މިކަމާ ގުޅޭ ގޮތުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބަހެއް ހޯދުމަށް އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ޝަފީގު މަހުމޫދުއަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އެލްޖީއޭގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް