21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕްގެ ސްކޮޑުން ބާކީކުރުމާއި ވިދިގެން ސާނޭގެ ބަސް

  • އޭނާ ސްކޮޑުން ބާކީކުރީ އޮސްޓްރިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު
  • އޭނާ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މެޗެއްގައި 14 ލަނޑު ޖަހާފައި
  • މިއީ ޖަރުމަނުގެ ޓީމުގެ މިޑްފީލްޑުގައި ހިމެނޭ އެހެން ކުޅުންތެރިންނަށްވުރެ ގިނަ އަދަދެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 6 ޖޫން 2018 | ބުދަ 03:24 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


ސާނޭ ޖަރުމަނުގެ ގައުމީ ޓީމުގެ ޖާޒީގައި -- ގެޓީ އިމޭޖާސް

މިއަހަރު ރަޝިއާގައި އޮންނަ ވާރލްޑް ކަޕަށްދާ ޖަރުމަނުގެ ގައުމީ ޓީމުގެ ސްކޮޑުން މެންޗެސްޓާ ސިޓީގެ ވިންގަރ ލެރޯއި ސާނޭ ބާކީކުރުމާއ ވިދިގެން ފުރަތަމަ ފަހަރަށް އެކަމާއި ގުޅިގެން އޭނާ އެއްޗެއް ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ސާނޭއަށް ވާރލްޑް ކަޕްގެ ކުރިން ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ ނެގި 27 ކުޅުންތެރިން ޕްރެލިމިނަރީ ސްކޮޑުން ފުރުސަތު ދިނެވެ. އެހެން ނަމަވެސް އޮސްޓްރިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ނެރުނު 23 ކުޅުންތެރިންގެ ސްކޮޑްއިން އޭނާ ވަނީ ބާކީކޮށްފައެވެ.

މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީއިން ޕްރިމިއަރ ލީގުގެ ތަށި ހޯދިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މެޗެއްގައި 14 ލަނޑު ޖަހާ 19 ފުރުސަތެއް ތަނަވަސްކޮށްދީފައެވެ. މިއީ ޖަރުމަނުގެ ޓީމުގެ މިޑްފީލްޑުގައި ހިމެނޭ އެހެން ކުޅުންތެރިންނަށްވުރެ ގިނަ އަދަދެކެވެ. މިދިޔަ ސީޒަނުގައި އިނގިރޭސިވިލާތުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ވެސް ގިނަ ބަޔެއްގެ ވޯޓާއެކު ހޮވުނީ ސާނޭއެވެ.

ޖުމްލަ 12 ފަހަރެއްގެ މަތިން ޖަރުމަނުގެ ގައުމީ ޓީމަށް ސާނޭ ކުޅެފައިވާއިރު އޭނާ ޓީމަށް ނުގެމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. މިކަމާއި ގުޅިގެން އޭނާ ވަނީ ޖަރުމަނު ބަހާއި އިނގިރޭސި ބަހުން އޭނާގެ ޓްވިޓަރ އެކައުންޓްގައި އޭނާގެ ހިޔާލު ފާޅުކޮށްފައެވެ.

އޭނާ ކުރި ޓްވީޓުގައި ވަނީ މީހުންގެ ފަރާތުން ލިބެމުންދިޔަ ސަޕޯޓްގެ މެސެޖުތަކަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. ވާރލްޑް ކަޕްގެ ސްކޮޑުން ފުރުސަތު ނުލިބުމުން ވަރަށް ދެރަވި ކަމަށާއި އެހެން ނަމަވެސް އެކަން ގަބޫލުކޮށް ކުރިޔަށްވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް ސާނޭ ލިޔެފައިވެއެވެ. އޭނާ ބުނީ ހަމައެކަނި އެދެނީ ޖަރުމަނުގެ ޓީމަށް ކާމިޔާބަށް ކަމަށާއި ތަށި ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ސްކޮޑުން ބާކީކޮށްފައިވަނީ ސާނޭގެ އިތުރުން ބަޔާ ލެވަކޫސެންގެ ދެ ކުޅުންތެރިން ކަމަށްވާ ބަނާޑް ލީނޯ އަދި ޖޮނަތަން ޓާރ ގެ އިތުރުން ފްރެއިބާގްގެ ނިލްސް ޕެޓާސަންއެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި ޖަރުމަނު ހިމެނިފައިވަނީ މެކްސިކޯ އަދި ސްވިޑެންގެ އިތުރުން ދެކުނު ކޮރެއާ އާއެކު ގްރޫޕް އެފްގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު ގްރޫޕްގެ ދެވަނަ މެޗުގައި ޖޫން މަހުގެ 23 ވަނަ ދުވަހު އެ ގައުމު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ.

ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައި މި މުބާރާތާ ކުރިމަތިލާ ޖަރުމަނު މިފަހަރުގެ ތަށި ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ ބްރެޒިލްއާއެކު ވާރލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމަށެވެ. މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ ޖަރުމަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް