17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕަށް ފަހުވެސް އިނިއެސްޓާ ސްޕެއިންގެ ޖާޒީއިން ފެންނާނެ

  • މިފަހަރުގެ ވާރލްޑް ކަޕަކީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕަށް ވުމަކީ އެކަށީގެންވާ ކަމެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 6 ޖޫން 2018 | ބުދަ 03:02 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


2010 ވަނަ އަހަރުގެ ވާރލްޑް ކަޕް ފައިނަލުގައި ނެދަލޭންޑްސް ކޮޅަށް އިނިއެސްޓާ ލަނޑު ޖަހަނީ -- ގެޓީ އިމޭޖާސް

މިއަހަރު ރަޝިއާގައި އޮންނަ ވާރލްޑް ކަޕަށްފަހު ވެސް ގައުމީ ޓީމުގެ ޖާޒީއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޕެއިންގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ބުނެފިއެވެ.

ޔޫރަޕުގެ ފުޓްބޯޅައިގައި ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކުރުމަށްފަހު އިނިއެސްޓާ ވަނީ ބާސެލޯނާ ދޫކޮށް ޖަޕާންގެ ވިސެލް ކޯބޭއަށް ދާދިފަހުން ބަދަލުވެފައެވެ. ގިނަ ކުޅުންތެރިންނަށް ޔޫރަޕު ދޫކޮށްލުމާއެކު ގައުމީ ޓީމުން ފުރުސަތު ހޯދުން ވެގެންގޮސްފައިވަނީ އުނދަގޫ ކަމަކަށެވެ. މިފަހަރުގެ ވާރލްޑް ކަޕަށްދާ ސްޕެއިންގެ ގައުމީ ޓީމުން ވެސް އިނިއެސްޓާއަށް ފުރުސަތު ދީފައިވާއިރު ތަޖުރިބާކާރު މިޑްފީލްޑަރު ވަނީ އޭގެފަހުން ވެސް ސްޕެއިންގެ ޖާޒީއިން ފެނިދާނެ ފަދަ އިޝާރާތެއް ދީފައެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މިފަހަރުގެ ވާރލްޑް ކަޕަކީ އޭނާ ކުޅޭނެ އެންމެ ފަހު ވާރލްޑް ކަޕަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ވާރލްޑް ކަޕް ނިމުމުން ހުރިހާ ކަމެއް ވަރަށް ގާތުން ބަލާނެ ކަމަށެވެ. އަދި އެޔަށްފަހު ޖަޕާނުގައި އޭނާގެ ކެރިއަރު ފަށާނެ ކަމަށާއި އޭގެފަހުން ގައުމީ ޓީމަށް ކުޅެވޭނެ ކަމާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ ދޫކޮށްލުމުން ގައުމީ ޓީމުން ފުރުސަތު ހޯދަން އުނދަގޫވާނެކަން އެނގޭ ކަމަށާއި އެހެން ނަމަވެސް ޓީމުން ފުރުސަތު ލިބުމަކީ މުސްތަގުބަލުގައި ވެސް ވެދާނެ ކަމެއް ކަމަށެވެ.

އޭނާގެ އުމުރުން ދުވަސްވެފައިވުމާއެކު އިނިއެސްޓާ ވަނީ އިތުރު ވާރލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ބުނެފައެވެ. އޭނާ ބުނީ މިފަހަރުގެ ވާެރލްޑް ކަޕް ވެގެންދާނީ ވަރަށް ތަފާތު އަދި އެހާމެ ހާއްސަ ވާރލްޑް ކަޕަކަށް ކަމަށާއި މި ވާރލްޑް ކަޕް ވެސް ދެކެނީ ޗެލެންޖެއްގެ ގޮތުގައި ކަމަށެވެ.

ސްޕެއިންގެ އައު ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އެ ގައުމުގެ ކުޅިވަރުގައި އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ "ގްރޭންޑް ކްރޮސް އޮފް ދަ ރޯޔަލް އޯޑަރ އޮފް ސްޕޯޓްސް މެރިޓް" އިނިއެސްޓާއަށް ދެއްވާފައެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި ސްޕެއިން ހިމެނިފައިވަނީ އީރާން އަދި މޮރޮކޯ އަދި ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލްއާއެކު ގްރޫޕް ބީ ގައެވެ.

އިނިއެސްޓާއަކީ 2010 ވަނަ އަހަރުގެ ވާރލްޑް ކަޕް ފައިނަލުން ސްޕެއިން މޮޅުވި މެޗުގައި ނެދަލޭންޑްސް ކޮޅަށް އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 124 މެޗު ކުޅެދީ 13 ލަނޑު ޖަހައިދީފައެވެ. ސްޕެއިންގެ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރަށް އޭނާވަނީ އެ ޓީމާއެކު 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފައެވެ.

އިނިއެސްޓާއަކީ ސްޕެއިންގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް