19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް އަދި ގާޑިއޯލާއަށް އަދަބު ދީފި

  • ގާޑިއޯލާ ދެ މެޗަށް ސަސްޕެންޑްކޮށްފައިވޭ
  • ް ޔުއެފާއިން ވަނީ ލިވަޕޫލް 30000 ޔޫރޯއިން ޖޫރިމަނާކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 5 ޖޫން 2018 | އަންގާރަ 18:15 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ގާޑިއޯލާ ރެފްރީއާ ޒުވާބުކުރަނީ -- ގެޓީ އިމޭޖާސް

މިނިމުނު ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ހިނގި ބައެއް ކަންތައްތަކާއި ގުޅިގެން ލިވަޕޫލް އަދި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާއިން އަދަބު ދީފިއެވެ.

އުމުރުން 47 އަހަރުގެ ގާޑިއޯލާ ސަސްޕެންޑްކޮށްފައިވަނީ މިނިމުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީކަން ކުރި ސްޕެއިންގެ މަޓެއޯ ލާހޯޒްއާ ޒުވާބު ކުރުމާއި ގުޅިގެންނެވެ.

ދެވަނަ ލެގުގެ މެޗުގައި 1-0 އިން ސިޓީ ކުރީގައި އޮތްއިރު ލެރޯއި ސާނޭ ޖެހި ލަނޑެއް އޮފްސައިޑް ލަނޑެއްގެ ގޮތުގައި ބެލުމުގެ ސަބަބުން ގާޑިއޯލާ ވަނީ ނުރުހުން ފާޅުކޮށްފައެވެ. ރިޕްލޭތަކުން ފެންނަ ގޮތުގައި ސާނޭ ހުރީ އޮފްސައިޑް މަގާމެއްގައެއް ނޫނެވެ. ގާޑިއޯލާ ސިޓީ އެ މެޗުން ވެސް ބަލިވިއިރު އެ ޓީމަށް ސެމީގެ ޖާގައެއް ގެއްލުނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވުމާއެކުއެވެ.

އަންނަ ސީޒަނުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި އޭނާ ހުންނާނީ ސަސްޕެންޝަނުގައެވެ. ދެވަނަ މެޗަކަށް އޭނާ ސަސްޕެންޑް ކުރާނީ އަންނަ ސީޒަނުގައި އޭނާގެ އަމަލުތައް ހުންނަ ގޮތަކަށް ބެލުމަށްފަހުއެވެ.

ޔުއެފާއިން ވަނީ ލިވަޕޫލާއި ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ. ލިވަޕޫލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމާފައިވަނީ ސިޓީއާ ދެކޮޅަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި އެޕްރީލް މަހުގެ ފަސްވަނަ ދުވަހު ކުޅުނު މެޗުގައި ސިޓީގެ ކުޅުންތެރިން ދަތުރުކުރި ބަހަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ. ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ސިޓީގެ ކުޅުންތެރިން ދަތުރު ކުރި ބަހަށް އަމާޒުކޮށް ފުޅިއާއި ފްލެއަރ ފަދަ އެއްޗެހި އުކާފައެވެ. މި ހަމަލާގެ ސަބަބުން ސިޓީގެ ކުޅުންތެރިން ދަތުރުކުރި ބަހުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އެ ކުޅުންތެރިން އެހެން ބަހަކަށް ބަދަލުވާން ވެސް މަޖުބޫރުވިއެވެ. މި ހަމަލާގައި އެއްވެސް ކުޅުންތެރިޔަކަށް އަނިޔާ ނުވި ނަމަވެސް ސެކިއުރިޓީ ބެލެހެއްޓުމަށް ހަރަކާތްތެރިވި ދެ ފުލުސް އޮފިސަރަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ހަމަ އެހެންމެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިޓަލީގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޑިބޭސް ބޭނުން ކުރުމާއި ގުޅިގެން ވެސް ލިވަޕޫލަށް ވަނީ އަދަބު ދީފައެވެ.

ސެމީ ފައިނަލާއި ކުއާޓާ ފައިނަލުގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ޔުއެފާއިން ވަނީ ލިވަޕޫލް 30000 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ.

މި ނިމުނު ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ސިޓީ ކެޓީ ލިވަޕޫލް އަތުން ބަލިވެގެން ކަމަށްވާއިރު ލިވަޕޫލް ފައިނަލާ ހިސާބަށް ދަތުރުކުރިއެވެ. ލިވަޕޫލް ފައިނަލުގައި ބަލިވީ ސްޕެއިންގެ ރެއާލް މެޑްރިޑް އަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް