15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ލިއޮނެލް މެސީ

އަހަރެންނަކީ ތަފާތު ކުޅުންތެރިޔެއް ނޫން: މެސީ

 • އާޖެންޓީނާގެ ގައުމީ ޓީމާއެކު އޭނާއަށް މާ އެދެވޭ ކާމިޔާބެއް ހޯދިފައެއް ނުވޭ
 • ު މެސި ބުނެފައިވަނީ މުބާރާތަށް ކުރީބައިގައި ތައްޔާރުވުމުގެ ފުރުސަތު ހޯދަން ޖެހޭ ކަމަށް
 • ކޮންމެ ގޮތަކަށް މުބާރާތަށް ކޮލިފައިވި ނަމަވެސް އާޖެންޓީނާއަކީ އަބަދުވެސް ފެވަރިޓުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 5 ޖޫން 2018 | އަންގާރަ 16:17 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ލިއޮނެލް މެސީ -- ޕޭޕަރ މެގަޒިން

އޭނާއަކީ ތަފާތު ކުޅުންތެރިޔެއް ނޫން ކަމަށާއި އޭނާއަކީ ހަމަ އާދައިގެ ކުޅުންތެރިޔެއް ކަމަށް ބާސެލޯނާ އަދި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.  

އުމުރުން 30 އަހަރުގެ މެސީއަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ. އޭނާ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ފަސް ފަހަރެއްގެ މަތިން ގެންގޮސްފައެވެ. އެހެން ނަމަވެސް މެސީ ގަބޫލުކުރާ ގޮތުގައި އޭނާއަކީ ހަމަ އެހެން ކުޅުންތެރިންނެކޭ އެއްވެސް ތަފާތެއް ނެތް ކުޅުންތެރިޔެކެވެ.

ޕޭޕަރ މެގަޒިންއާއި ވާހަކަ ދައްކަމުން މެސީ ބުނީ އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އޭނާއަކީ ހަމަ އެހެން ކުޅުންތެރިންނެކޭ އެއްފަދަ ކުޅުންތެރިޔެއް ކަމަށެވެ. މެޗު ފެށުމުން ކޮންމެ ކުޅުންތެރިޔަކީ ވެސް ހަމަ އެއް ފެންވަރެއްގެ ކުޅުންތެރިން ކަމަށް މެސީ ބުނެފައިވެއެވެ.

ބާސާއާއެކު އޭނާ ނުވަ ސްޕެނިޝް ލަލީގާއާއި ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު އާޖެންޓީނާގެ ގައުމީ ޓީމާއެކު އޭނާއަށް މާ އެދެވޭ ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. ގައުމީ ޓީމާއެކު މެސީ 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕާއި އޮލިމްޕިކް ރަން މެޑަލް ހޯދިއިރު އޭނާގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގެ ފައިނަލުން ބަލިވެފައެވެ.

އެންމެފަހުން ބޭއްވި މުބާރާތުގެ ދެވަނަ އާޖެންޓީނާއިން ހޯދިއިރު މެސި ބުނެފައިވަނީ މުބާރާތަށް ކުރީބައިގައި ތައްޔާރުވުމުގެ ފުރުސަތު ހޯދަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ކޮލިފައިންގައި ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން އެންމެ އެދެވޭ ގޮތުގައި މުބާރާތަށް ތައްޔާރުވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. އޭނާ ބުނީ ޓީމެއްގެ ގޮތުގައި އަދިވެސް ކުރިޔަށްދާން ޖެހޭ ކަމަށާއި ފްރާންސާއި ޖަރުމަނާއި ބްރެޒިލް ނުވަތަ ސްޕެއިންއާ އެއް ފެންވަރަކަށް ދިޔުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މިވަގުތު ޓީމުގައި ތިބީ ވަރަށް މޮޅު ކުޅުންތެރިން ކަމަށާއި ކޮންމެ ގޮތަކަށް މުބާރާތަށް ކޮލިފައިވި ނަމަވެސް އާޖެންޓީނާއަކީ އަބަދުވެސް ފެވަރިޓުންގެ ތެރޭގައި ގުނާ ޓީމެއް ކަމަށް މެސީ ބުނެފައިވެއެވެ. އޭނާ ބުނީ އަބަދު ވެސް އަމާޒުކުރަނީ މުބާރާތް ކާމިޔާބުކުރަން ކަމަށާއި ހުރިހާ ކަމެއް ވެސް ކުރާނީ ވަރަށް އުއްމީދާއި ވިސްނުންތެރިކަމާއެކު ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާ އަދި ނައިޖީރިއާއެކު ގްރޫޕް ޑީ ގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 16 ވަނަ ދުވަހު އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން މަހުގެ 21 ވަނަ ދުވަހު ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން 26 ވަނަ ދުވަހު ނައިޖީރިއާ އާއި ދެކޮޅަށެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ ވަނީ ފައިނަލްގައި ކުޅެފައެވެ. އެފަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ. މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ މެސީއަށް ގައުމީ ޓީމާއެކު ތަށްޓެއް ކާމިޔާބުކުރަން ލިބޭ ބޮޑު ފުރުސަތަކަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް