17 ނޮވެންބަރު 2018 | ހޮނިހިރު | 05 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރަޝިއާ-އުތުރު ކޮރެއާ

ކިމް ޖޮން އުންގެ ހިނިތުންވުން ދައްކަން ރަޝިއާގެ ދައުލަތުގެ ޓީވީއިން ފޮޓޯޝޮޕް ހެދީތަ

  • ކިމްއާއި ލަވްރޯވް ބައްދަލުކުރެއްވީ ބުރާސްފަތިދުވަހު
  • ރަޝިއާއިން އުޅުނީ ދެގައުމުގެ ގާތްކަން ދައްކަންކަމަށް ވަނީ ތުހުމަތު ކޮށްފަ
އަބުދުﷲ މުހައްމަދު | 8Abbo

| 5 ޖޫން 2018 | އަންގާރަ 13:00 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ކިމްއާއި ލަވްރޯވްގެ ބައްދަލުވުމުގެ އަސްލުފޮޓޯ(ކ) އަދި ރަޝިއާގެ ދައުލަތުގެ ޓީވީ، ރަޝިއާ-1 ން ގެނެސްދިން ޕްރޮގްރާމްގައި ދެއްކި ފޮޓޯ -- ގިޒްމޯޑޯ

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުކުރައްވައި ސަލާމް ކުރެއްވި ވަގުތުގެ ފޮޓޯ ރަޝިއާގެ ދައުލަތުގެ ޓީވީއިން ދެއްކިއިރު ފޮޓޯޝޮޕުން އެޑިޓްކޮށް ކިމްގެ މޫނުފުޅަށް ހިނިތުންވުން ގެނުވާފައިވާ ކަމަށް ތުހުމަތު ކުރެވިއްޖެއެވެ.

ރަޝިއާއިން މިކަން ކޮށްފައި ވަނީ އެގައުމާއި ރަޝިއާއި އޮތް ގާތްކަން ދައްކުވައިދިނުމަށް ކަމަށްވަނީ ތުހުމަތު ކޮށްފައެވެ.

ލަވްރޯވްގެ ދަތުރުފުޅުގައި ރަޝިއާއިން ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ރަޝިއާއަށް ވަޑައިގަތުމަށް، ރައީސް ވްލެޑްމިއަރ ޕޫޓިން ފޮނުއްވި ދައުވަތު ބުރާސްފަތި ދުވަހު އަރުވާފައެވެ.

ކިމްވަނީ އެމެރިކާގެ އަތްގަދަކުރުމާއި ދެކޮޅަށް މޮސްކޯއިން ދެކޮޅު ހަދާތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ޕޫޓިންގެ ހާލުކޮޅު އޮޅުންފިލުއްވާފައެވެ.

ނަމަވެސް ލަވްރޯވްއާއި  ސަލާމް ކުރައްވައި ކެމެރާއަށް އެބުރިވަޑައިގެންނެވިއިރު ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ރުޅިމޫނުފުޅެއްގައެވެ.

ހަފްތާ ނިންމުމަށް ފަހު ހަފްތާގެ ޚަބަރުތަކަށް ބަލާލައި ރަޝިއާގެ ދައުލަތުގެ ޓީވީ، ރަޝިއާ-1 ން ގެނެސްދިން ޕްރޮގްރާމްގައި ކިމްގެ މޫނުފުޅަށް ވަނީ ބަދަލުގެނެސް ހިނިތުންވުން ގެނުވާފައިފައި ކަމަށް ދުނިޔޭގެ މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން އެ ޕްރޮގްރާމް ހުށަހަޅައިދެމުންގެން ދިޔަ ޕްރެޒެންޓަރުވެސް ވަނީ  އުތުރު ކޮރެއާއާއި ރަޝިއާގެ ގުޅުން އެމެރިކާއަށް ފެންނާނެ ކަމަށް ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް