19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ރައީސް ޔާމީންގެ ކެމްޕެއިން

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

 • މެޑަމް ފާތުން ކަހަލަ އަނބިކަނބަލަކު ހުރުން އެއީ ޝަރުތެއް
 • އިދިކޮޅު ފަރާތްތަކުންވެސް ބުނަމުންދަނީ 2018ގަ އިންތިހާބު ކުރާނީ ރައީސް ޔާމީން ކަމަށް
 • 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން
މުހައްމަދު ފަޒީން | phaxyn

| 14 ޖެނުއަރީ 2017 | ހޮނިހިރު 15:47 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
 5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
 7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
 8. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި


ރައީސް ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން -- ޓްވިޓަރ

ދެހާސް ތޭވީސް ވަނަ އަހަރުގެ ފަހުން ނުވަތަ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ބޭފުޅުން، އެއީ ފިރިހެން ބޭފުޅެއް ނަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ފަދަ އަނބިކަނބަލަކު ހުންނެވުމަކީ ޝަރުތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވެއްޖެ އެވެ.

 

ނިހާނު އެގޮތަށް ވިދާޅުވީ ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނިހާނު ވިދާޅުވީ 2018 ވަނަ އަހަރު އެއީ ރައީސް ޔާމީންގެ އަހަރެއް ކަމަށާއި ދިއިކޮޅު ފަރާތްތަކުން ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ދެމުންދާ ކަމަށެވެ. އެހެންކަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު ޝައްކު ނުކުރައްވާ ކަމަށް ނިހާނު ވިދާޅުވި އެވެ.

 

ނިހާނު ވިދާޅުވީ 2018 ގެ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.

 

"2023ގެ ފަހުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ޝަރުތެއް ދަންނަވާލާނަން... 2023ގަ ކުރިމަތިލާ ކެންޑިޑޭޓަކު، އެއީ ފިރިހެން ބޭފުޅެއް ކަމަށް ވެއްޖިއްޔާ މެޑަމް ފާތުން ފަދަ އަނބިކަނބަލަކު ގެންގުޅުއްވަން ހަނދުމަފުޅު ކުރައްވައްޗޭ، އެއީ ޝަރުތެކޭ ދަންނަވާލަން،" އެޖަލްސާގައި ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް