20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރަމަޟާން 1439

ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ޓިއުނީޝިއާގެ ކީޕަރު އަނިޔާގެ ފޭކް ޖައްސައިފި

  • ދެމެޗެއްގައި ވަނީ މިގޮތަށް އަމަލުކޮށްފައި
  • ދެމެޗުން ވެސް ޓިއުނީޝިއާ ވަނީ އެއްވަރުވެފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 5 ޖޫން 2018 | އަންގާރަ 10:26 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ޓިއުނީޝިއާގެ ކުޅުންތެރިއެއް -- ރޮއިޓަރސް

ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ޓިއުނީޝިއާގެ ކީޕަރު މަކަރު ހަދައިފިއެވެ.

ޓިއުނީޝިއާގެ ފުޓްބޯޅަ ޓީމުގެ ކީޕަރު ވަނީ ރަމަޟާން މަހުގައި ކުޅޭ މެޗްތަކުގައި އެ ޓީމުގައި ހިމެނޭ މުސްލިމު ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ތަނަވަސްކޮށްދިނުމަށް މޮޅު އުކުޅެއް ބޭނުންކޮށްފައެވެ.

މިދުވަސްވަރު ކުރިއަށްދާ ވަރލްޑް ކަޕް ޕްރެންޑްލީ މެޗުތަކުގެ ތެރެއިން ޓީއުނީޝިއާ ކުޅުނު ދެ މެޗުގައި ވެސް އެޓީމުގެ ކީޕަރު މޮއެޒް ހަސަން ވަނީ މަޣްރިބް ނަމާދު ވަގުތު ޖެހުމާ އެކު އަނިޔާވެފައިވާކަން ދައްކައި ދަނޑުމައްޗަށް ވެއްޓިފައެވެ.

މިކަން ފުރަތަމަ ހިނގާފައި ވަނީ ޕޯޗުގަލްއާ އެކު ކުޅުނު މެޗުގައެވެ. އެމެޗުގެ 58 ވަނަ މިނެޓްގެ ތެރޭގައި އޭނާއަށް އަނިޔާވުމުން މެޑިކަލް ސްޓާފުން ދަނޑު މައްޗަށް އެރިއެވެ. އެވަގުތުގެ ބޭނުންކޮށް އެހެން ކުޅުން ތެރިން ވަނީ ފެނާއި ކަދުރުން ރޯދަ ވީއްލާފައެވެ.

ދެން މިކަން ހިނގާފައި ވަނީ ޓިއުނީޝިއާ އިން ތުރުކީއާ އެކު ކުޅުނު މެޗުގައެވެ. އެމެޗުގައި ވެސް ހަސަން އަނިޔާވި ކަމަށް ދެއްކުމުން އެގައުމުގެ ގިނަ ކުޅުންތެރިވަނީ ރޯދަވީއްލާފައެވެ. މިކަން ހިނގާފައި ވަނީ އެމެޗުގެ 49 ވަނަ މިނެޓް ތެރޭގައެވެ. މިކަން ދެމެޗުގައި ވެސް ހިނގާފައި ވަނީ ރޯދާ ވީއްލަންޖެހޭ ގަނޑިއާ ދިމާކޮށްފައެވެ. ދެމެޗުން ވެސް ޓިއުނީޝިއާ ވަނީ 2-2 އިން އެއްވަރުވެފައެވެ.

ޓިއުނޭޝިއާގެ ކީޕަރު އަނިޔާގެ ފޭކު ޖައްސާފައިވާ އިރު ވަރލްޑް ކަޕްގައި ޓިއުނީޝިއާ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ނުކުންނާނީ އިނގިރޭސިވިލާތާ ދެކޮޅަށެވެ.

ގާތްގަނޑަކަށް 12 އަހަރަށް ފަހު ޓިއުނޭޝިއާ ވަރލްޑް ކަޕަށް އެ ޓީމު ކުއަލިފައިވާ އެއްވެސް ޓީމެއް އަތުން ބަލިނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް