19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ބޭރުގެ ބޯޓުފަހަރު

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

  • ފީ ނުދައްކައި ފުރައިފި ނަމަ އެ އުޅަނދެއްގެ ރާއްޖޭގެ ލޯކަލް އެޖެންޓް 5،000ރ. އިން ޖޫރިމަނާކުރެވޭ
އަލީ ޔޫސުފް | AliYooosuf

| 14 ޖެނުއަރީ 2017 | ހޮނިހިރު 15:23 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


މާލޭ ބަނދަރުގައި އޮތް ފަސިންޖަރު ލައިނާއެއް: ބޭރުގެ އުޅަނދުފަހަރު ނަގާ ޓެކްސް ބޮޑުކޮށްފައިވާ އިރު އިތުރު ފީއެއް ވަނީ ނަގަން ފަށާފައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރާއްޖެ އަށް އަންނަ ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނެގުމަށް ނިންމައި ގަވައިދު ގެޒެޓްކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ "ލައިޓް ޑިއުސް ނެގުމާ ބެހޭ ގަވައިދު"ގައި ވާގޮތުން މިއީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ބޮކި ފަދަ ނިޝާންތައް ހަރުކުރުމާއި އެ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ނަގާ ފީއެކެވެ.

ހުކުރު ދުވަހު ގެޒެޓްކުރި މި ގަވައިދުގައިވާ ގޮތުން މި ފީ ނަގަން ފަށާނީ ގެޒެޓްކުރާތާ 30 ދުވަސް ފަހުންނެވެ. އެހެން ކަމުން އަންނަ މަހުގެ 13 ވަނަ ދުވަހު މި ޓެކްސް ނަގާނެއެވެ.

މި ފީ ނެގުމަށް ހަމަޖައްސާފައި ވަނީ ޓަނޭޖްގެ މައްޗަށް ބަލައިގެންނެވެ. އެ ގޮތުން 350 ގްރޮސް ޓަނަށް ވުރެ ދަށް ކޮންމެ އުޅަނދަކުން ދަތުރަކަށް 100ރ. ނަގާއިރު 350-20،000 ޓަނާ ދެމެދުގެ އުޅަނދުފަހަރުން ކޮންމެ ގްރޮސް ޓަނަކުން 40 ލާރި ނެގުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އެއަށް ވުރެ މަތީ ޓަނޭޖްގެ އުޅަނދުފަހަރުން ކޮންމެ ދަތުރަކަށް 13،000ރ. ނެގުމަށް މި ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން މި ފީ ނުދައްކައި ފުރައިފި ނަމަ އެ އުޅަނދެއްގެ ރާއްޖޭގެ ލޯކަލް އެޖެންޓް 5،000ރ. އިން ޖޫރިމަނާކުރެވޭނެއެވެ. ޖޫރިމަނާ ނަގަނީ ފީގެ އިތުރުންނެވެ. ބޯޓު ފުރުމުގެ ހުއްދަ ދޭން ވާނީ ލައިޓް ޑިއުސް ދެއްކިކަމުގެ ލިޔުން ޓްރާންސްޕޯޓްގެ ތައްގަނޑާއެކު ހުށަހެޅުމުން ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

މި ގަވައިދުގައިވާ ގޮތުން ބައެއް އުޅަނދުފަހަރު އިސްތިސްނާވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭރުގެ އަސްކަރީ އުޅަނދުފަހަރާއި ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިގެން ރާއްޖެ ޒިޔާރަތްކުރާ އުޅަނދުފަހަރާއި މޫސުމް ގޯސްވެ ނުވަތަ އެ ނޫން ވެސް ކަމަކާ ގުޅިގެން ހާލުގައި ޖެހިގެން ރާއްޖޭގައި ބަނދަރުކުރާ އުޅަނދުފަހަރެވެ. ފައިސާ ނުދައްކައިފި ނަމަ އެޖެންޓެއްގެ ގޮތުގައި ދެން އަލުން ބަލައި ނުގަތުމާއި ކޯޓަށް މައްސަލަ ފޮނުވުން ވެސް ހިމެނެއެވެ.

ލައިޓް ޑިއުސްގެ ނަމުގައި އާ ފީއެއް ތައާރަފްކޮށްފައިވާ އިރު ބަނދަރުތަކުން ނަގާ ޓެކްސް ވެސް ބޮޑުކުރަން މިދިޔަ އަހަރުގެ ފަހުކޮޅު މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސްފައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް