
| 5 ޖޫން 2018 | އަންގާރަ 03:34 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އެމެރިކާގެ ސިޓީއެއް ކަމަށްވާ ކޮލޮރާޑޯގައި އެއްޖިންސުގެ ބައިވެރިންނަށް ކައިވެނީގެ ކޭކެއް އަޅައިދިނުމަށް ދެކޮޅު ހެދި މީހާގެ އަމަލުތައް އެ ގައުމުގެ ސުޕްރީމް ކޯޓުން ދިފާއު ކޮށްފިއެވެ.
ކައިވެނި ޕާޓީއަށް ކޭކެއް އަޅައިނުދިނުމާ ގުޅިގެން ފުރަތަމަ މައްސަލަ ބެލި، ކޮލޮރާޑޯ ސްޓޭޓް ކޯޓުން ވަނީ ޖެކް ފިލިޕްއާ ދެކޮޅަށް މައްސަލަ ނިންމާފައެވެ. އެ ކޯޓުން ބުނީ 2012 ވަނަ އަހަރު ހިނގި މި ހާދިސާއަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. ކޭކު އަޅަން ދެކޮޅު ހެދި ފިލިޕް މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފިލިޕް ގާނޫނާ ޚިލާފްވެފައިވާ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެހެންނަމަވެސް ސުޕްރީމް ކޯޓުން ވަނީ ކޮލޮރާޑޯ ސްޓޭޓް ކޯޓުގެ ނިންމުމުގެ ސަބަބުން ފިލިޕްގެ ހައްގުތަށް ގެއްލިފައިވާ ކަމަށް ނިންމާފައެވެ. މިކަން ވަނީ 7-2 ގެ ފަޑިޔާރުންގެ ވޯޓަކުން ފާސްވެފައެވެ.
ނަސާރާ ދީނުގެ މީހާ ބުނީ ކޭކު އަޅައިދޭން ދެކޮޅު ހެދީ އޭނާގެ އަގީދާއާ ދެކޮޅު ކަމެއް ކަމަށް ވާތީ ކަމަށެވެ.
އެއްޖިންސުގެ ބައިވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ބުނެފައެވެ. އެ ޖަމާއަތްތަކުން ބުނަމުން ދަނީ އެ ނިންމުމުގެ ސަބަބުން އެއްޖިންސުންގެ ބައިވެރިންނަށް ތަފާތުކޮށް މީހުން އަމަލު ކުރަން ފެށުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުން ނިންމާފައި ވަނީ ހަމައެކަނި ފިލިޕްސްގެ މައްސަލައަށް އަމާޒު ކޮށްފައި ކަމަށް ނޫސްތަކުން ބުނެއެވެ.
އިޖްތިމާއީ ޚިދުމަތް ދޭ ފަރާތްތަކުންނާއި އެހެނިހެން ޚިދުމަތް ދޭ ފަރާތްތަކުން އެއްޖިންސުގެ ބައިވެރިންނަށް ޚިދުމަށް ދިނުމަށް ދެކޮޅު ހެދޭނެ ވާހަކައެއް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ނުވާ ކަމަށް ވެސް އެ ގައުމުގެ ނޫސް އިދާރާތަކުން ދަނީ ބުނަމުންނެވެ.
ސުޕްރީމް ކޯޓުން ހޯމަ ދުވަހު މި އަމުރު ނެރުނުއިރު، މީގެ ތިން އަހަރު ކުރިން ސުޕްރީމް ކޯޓުން ވަނީ އެއްޖިންސުން ކައިވެނި ކުރުމުގެ ހުއްދަ ދީފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް