18 ޖެނުއަރީ 2019 | ހުކުރު | 01 ހުވަން
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

އެލްސަލްވަޑޯގެ ގޭންގް މާރާމާރީ

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

  • ކުށްކުރާ ގޭންގްތައް ފުރަތަމަ އުފެދިފައިވަނީ 1980ގެ ތެރޭގައި
އަބުދުﷲ މުހައްމަދު | 8Abbo

| 14 ޖެނުއަރީ 2017 | ހޮނިހިރު 13:02 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
  8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


މިއަހަރު އެވްރެޖްކޮށް ދުވާލަކަށް 10 މީހުން މަރާފައިވޭ -- ގޫގުލް

ގޭންގްތަކުގެ ހަނގުރާމައިގެ ހާއްޔަކަށް ވެފައިވާ އެލްސަލްވަޑޯގައި އެއްވެސް މީހަކު ނުމަރާ 24 ގަޑިއިރު ފާއިތުވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

 

މިއީ އެގައުމުގައި ވަރަށް މަދުން ނޫނީ ނާންނަ ހާލަތެކެވެ. އދ. ގެ ހިސާބުތަކަށް ބަލާއިރު އެ ގައުމަކީ ދުނިޔޭގެ ނިސްބަތުން މީހުން މެރުން އެންމެ ގިނަ އެއްގައުމެވެ. މިދިޔަ ބުދަ ދުވަހާ ޖެހެންދެން މި އަހަރު ވެސް ކޮންމެ ދުވަހަކަށް އެވްރެޖްކޮށް 10 މީހުން މަރާފައި ވެއެވެ.

 

ގިނަ ހަމަނުޖެހުންތަކަކީ ސެންޓްރަލް އެމެރިކާގެ ތެރޭގައި އޮޕަރޭޓްކުރާ ގޭންގްތަކުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތަކެވެ. ހަމަނުޖެހުން މަދުވާން މެދުވެރިވި ވަކި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ގޭންގްތަކުގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުށް އޮތް އެއްބަސްވުން އަލުން އިޔާދަކުރި ކަމަށް ދެކެވޭ ވާހަކަތައް އިދާރާތަކުން ދޮގުކުރެއެވެ.

 

ކުށްކުރާ ގޭންގްތައް ފުރަތަމަ އުފެދިފައިވަނީ 1980ގެ ތެރޭގައި ލޮސްއެންޖެލިސްގައެވެ. އެއީ ސެލްވަޑޯގެ ކުޑަކުދިން އެގައުމުގެ އަނިޔާވެރި ދާޚިލީ ހަނގުރާމައިން ފިލުމަށް ގޮސްއުޅުމުގެ ތެރެއިންނެވެ. އޭގެ ފަހުން 1992 ވަނަ އަހަރު އެ ހަނގުރާމަ ނިމުމުން އެމީހުން އަނބުރާ ސެލްވަޑޯއަށް ގޮސްފައިވަނީ ގޭންގް މާރާމާރީގެ ސަގާފަތާ އެކުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް