18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިޚާބު 2018

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

  • ރައީސް ޔާމީނުގެ ވެރިކަމުގައި މިވީހާ ތަނަށް އެމަނިކުފާނަށް އެންމެ ބޮޑެތި ސިޔާސީ ދުއްތުރާތަކާއި ކުރިމަތިކުރީ އަމިއްލަ ޕާޓީތެރެއިން
  • އިންތިޚާބު ކައިރިވަމުން އަންނައިރު އަދިވެސް އެމަނިކުފާނުގެ އަރިސްބޭފުޅުންގެ ފަރާތުން ލިބޭ ސިޔާސީ ގެއްލުން ބޮޑު
މިއުވާން މުހައްމަދު | Miuvaan

| 4 ޖޫން 2018 | ހޯމަ 20:00 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ރައީސް ޔާމީން ބައްދަލުކުރައްވަނީ -- ޓްވިޓަރ

ރައީސް އަބްދުﷲ ޔާމީން އެވަނީ ނެންގެވުނު ގޮތަކުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ބާރު އެމަނިކުފާނުގެ އަތްޕުޅު މައްޗަށް ނަންގަވާފައެވެ. އެމަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ޕާޓީގެ ކައުންސިލް ގެންގޮސް، އެކައުންސިލުން އެމަނިކުފާނަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް ނިންމަވާފައެވެ.

ޕާޓީގެ ކޮންޓްރޯލް ރައީސް ޔާމީންގެ އަތްޕުޅަށް ނެންގެވިޔަސް، ސުވާލަކީ ރައީސް ޔާމީނަށް އެޕާޓީއަށް އިތުބާރު ކުރެވޭނެތޯއެވެ؟ ރައީސް ޔާމީން ސިޔާސީ މައިދާނަށް ނިކުންނެވީއްސުރެ، އެމަނިކުފާނަށް 'ލަނޑު ދެނީ' މުޅިން ވެސް އެމަނިކުފާނުގެ ޕާޓީއާއި، އެމަނިކުފާނުގެ އަރިހުގައި ތިއްބަވާ ބޭފުޅުންނެވެ. މިހާ ގިނައިން މިކަން ވަންޏާ، ރައީސް ޔާމީންގެ މައްސަލައެއް އެބަ އުޅޭނޫންތޯއެވެ؟ ތާއަބަދު ބާކީ ތިބި އެންމެން ގޯހެއް ނުވާނެ ނޫންތޯއެވެ؟

ސިޔާސީ ޕާޓީތައް އުފައްދަން ފެށުނީއްސުރެ ރައީސް ޔާމީން އެއުޅުއްވަނީ އެހާލެއްގައެވެ. ޑީއާރްޕީ ތެރެއިން ޕީޕަލްސް އެލަޔަންސް އުފަންކުރުވިއެވެ. މާގިނަ ބަޔަކު ތާޢީދު ނުކުރުމުން އެންމެ ފަހުން އެޕާޓީގެ ދުވަސްދިޔައީއެވެ. ޕީޕިއެމް އުފައްދައިގެން ވެސް ކަންތައްވީ އެހެންނެވެ. ޕީޕީއެމްގެ ތެރެއިންވެސް ރައީސް ޔާމީނާއި ވާދައަށް 2013ގައި ޕްރައިމަރީއަށް ނިކުތް އުމަރު ނަސީރު ޕްރައިމަރީގައި ރައީސް ޔާމީން އެއްކޮށް ފަޟީޙަތް ކޮށްލިއެވެ.

ހެދުނު އެއްޗެއް ހައްދަވައިގެން ރައީސް ޔާމީން 2013ގެ ރިޔާސީ އިންތީޚާބުން މޮޅުވިކަމަށް ނިންމައި، އެމަނިކުފާނާއި ވެރިކަން ހަވާލުކުރިއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ރައީސް ޔާމީނަށް ހަމަ ނިދި ލިބިވަޑައިގެންނެވިކަމާއި މެދު ޝައްކެވެ. އެއީ ކޮންމެހެން އެމްޑީޕީ މީހުން މުޒާހަރާ ކުރާތީއެއް ނޫނެވެ. އަމިއްލަ ޕާޓީ މެމްބަރުންނަށް އިތުބާރު ނުކުރެވޭތީއެވެ.

ރައީސް ޔާމީންގެ ވެރިކަމަށް ސިޔާސީ ގޮތުން އައި ކޮންމެ ހަމަލާއެއް އައީ އަމިއްލަފުޅު ޕާޓީގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ސަރުކާރު ތެރެއަށް ގުޑުން އައީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސާތާއި މެދު ކޯލިޝަންތެރޭގައި އުފެދުނު ދެބަސްވުމުގެ ތެރެއިންނެވެ. ކޯލިޝަން ރޫޅި، ވެރިކަމުގެ ފުރަތަމަ އަހަރު ސަރުކާރަށް އައި ހީނަރުކަން އައި އިރު، އެމްޑީޕީއިން ކުރި އެއްކަމެއް ވެސް ނެތެވެ.

ނައިބު ރައީސުންގެ މައްސަލައިގައި ޕީޕީއެމްގެ އެތެރޭގައި ޖެހުނުހާ މައްސަލަތަކާއި، ކޮންމެ ނައިބު ރައީސަކާއިއެކު ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ނިންމީ ޕީޕީއެމްގައި ރައީސް ޔާމީނާއި އެންމެ އަރިސްކޮށް ތިއްބެވި ބައެއް މެމްބަރުންގެ މަސައްކަތުންނެވެ.

މިހުރިހާކަމެއް ނިމި، ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ރައީސް ޔާމީނަށް ހަމަޖެހިވަޑައިގެން ހުންނެވިދާނެކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. ރައީސް ޔާމީނަށް އިތުބާރު ކުރެވޭ ބޭފުޅަކު ޕީޕީއެމްގައި ހުންނެވިހެނެއް ހިއެއް ނުވެއެވެ. 1 ފެބްރުއަރީގެ އަމުރަށް ފަހު ކުއްލިއަކަށް އަޑު މަޑުވި މެމްބަރުންނާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވެގެން ދޫނިދޫއިން މާލެ ވަޑައިގަންނަވާތީ ޖެޓީއަށް ކައިރިއަށް ވަޑައިގެންނެވި މެމްބަރުން އަދިވެސް ޕީޕީއެމްގައި އެބަތިއްބެވިއެވެ. އެހެންކަމުން ރައީސް ޔާމީނަށް އެބޭފުޅުންނަކަށް އިތުބާރެއް ނެތެވެ.

ރައީސް ޔާމީންގެ ކެބިނެޓްވެސް އޮތީކީ އެމަނިކުފާނަށް ވަފާތެރިކޮށޭ ދެންނެވޭކަށް ނެތެވެ. 'މެޑަމް ޓީމް'އަކާއި 'ރައީސް ޓީމް'އެއް އުފެދި، ދެބައިގެ މެދުގައި އުފެދުނު ހަމަނުޖެހުން ފެނިގެންދިޔައީ މިދިޔަ އަހަރު ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިންނެވެ. މިއަދުވެސް 'މެޑަމް' ޓީމްގެ ކަމަކީ ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ތެރެއަށް އަތް ބާނައި، ކޮންމެ ކަމެއްގައި ވެސް ނުސީދާ ކޮންމެވެސް ކަމެއް ހިމެނުމެވެ. އިމާރާތެއް އަޅާއިރު، މެޑަމް ޓީމްގެ އަތެއް އެކަމުގެ ތެރެއަށް ނުލެވެންޏާ، އެއިމާރާތެއް އެޅުމާއި ހަވާލުވެތިބޭ ބަޔަކެއްގެ 'މަސް ރޮލާ ކާލައެވެ."

ރައީސް ޔާމީންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލަނީ އެމްޑީޕީއަކުން ނޫނެވެ. ސީދާ 'މެޑަމް ޓީމުން'ނެވެ. 'ރައީސް ޓީމް'ގެ ގިނަ މީހުންގެ ސިޔާސީ ހަޔާތް ނިންމަން އެޖެހެނީ ޖަލު ގޮޅިންނެވެ. އެކަމުގެ ވެސް ކްރެޑިޓް ނަގާތަން ފެންނަނީ މެޑަމް ޓީމުންނެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި މިއަދު ތިބި މީހުން ނިކުމެ، މިއަދު މިނިވަންކަމާއިއެކު ތިއްބެވި ބޭބޭފުޅުން ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރިޔާސީ އިންތިޚާބު އޮތީ ބޯމަތީގައެވެ. ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުވޭތޯ ވަރަށް މަސައްކަތް އެކުރައްވާ ގޮތަކަށް ކުރައްވައެވެ. އެހެން ނަމަވެސް އެމަނިކުފާނު އެންމެ ފުރަތަމަ މަސައްކަތް ކުރައްވަންވީ އިދިކޮޅު ކެންޑިޑޭޓުންގެ ކެންޑިޑެސީ ދުއްވާލާކަށް ނޫނެވެ. އެންމެ ފުރަތަމަ އަމިއްލަފުޅު ޕާޓީތެރޭގައި ތިއްބެވި އެމަނިކުފާނަށް ލަނޑުދޭނެ ބޭފުޅުން ދުރަށްލުން ބުއްދިވެރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް